ފަހަރެއްގައި އެކަކު އަނެކަކާ ބައްދަލުވުމުގެ އެންމެ އާދަޔާ ހިލާފު އެއް ގޮތް ކަމަށްވާ މަނޯޖް ބަޖްޕާއީ އާއި ޝަބާނާއާ ބައްދަލުވީ އެދެމީހުންގެ ފިލްމުތައް ބޮކްސް އޮފީހުގައި ރިލީޒް ކުރިތާ އެއް މަސް ދުވަސް ތެރޭގައެވެ. 1998 ވަނަ އަހަރު މަނޯޖް، އޭނާގެ ބްލޮކްބަސްޓާ ޕާފޯމަންސް ފިލްމު "ސަތުޔާ" އިން ދެއްކިއިރު ޝަބާނާ ވަނީ ބޮބީ ޑިއޯލް އާއި އެކު ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ ރޮމޭންޓިކް ފިލްމު "ކަރީބް" ކުޅެފަ އެވެ. މި ދެ ފިލްމަށް ވެސް އިންތިހާއަށް ތައުރީފު ލިބި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިލީޒް ކުރެވުނު ނަމަވެސް، އެކަމުގެ ސަބަބުން ޝަބާނާ އާއި މަނޯޖް އަށް އެމީހުންގެ ޕާފޯމަންސް އަށް ހުރިހާ ސަމާލުކަމެއްލިބުނެވެ.
ނަމަވެސް އެމީހުންގެ ފުރަތަމަ މުއާމަލާތް ހިނގާފައިވަނީ މަނޯޖް އާއި ޝަބާނާ އާންމު ޕާޓީއެއްގެ ތެރެއިން ދިމާވުމުންނެވެ. ފުރަތމަ ނަޒަރުން މަނޯޖްގެ ސަމާލުކަން ހޯދި ސަބަބަކީ ޝަބާނާ ޕާޓީއަށް ހާޒިރުވީ ތެޔޮ އިސްތަށިގަނޑަކާއި އެކު، ރީތިކޮށް ޒީނަތްތެރިވެގެން އެހެން ހުރިހާ މީހުންނާ ޚިލާފަށް ކަމުގައިވާތިީއެވެ. ދާދި ފަހުން ހިއުމަންސް އޮފް ބޮމްބޭއަށް ދިން އިންޓަވިއުއެއްގައި މަނޯޖް ވަނީ އެމީހުންގެ ފުރަތަމަ ބައްދަލުވުން ހަނދާންކޮށްދީ ފާހަގަކޮށްފައެވެ.
“އަހަރެން މުޅިން އާޝޯޚްވި. ހަމައެކަނި އޭނާގެ ރީތިކަމާ އެކު ނޫން ނަމަވެސް ތެޔޮ ލާފައި ހުރި އިސްތަށިގަނޑުފެނި، އެހާ ބޮޑު ޕާޓީއެއްގައި ހުރެގެން އެހެން މީހުން ބުނާނެ އެއްޗަކާ މެދު ފަރުވާލެއް ނުބަހައްޓާތީ! އޭނަގެ އެތެރޭގައި ހުރި އަސްލު މީހާ އަހަރެންނަށް އޭނަގެ ރީތިކަމަށްވުރެ ބޮޑަށް އިންޕްރެސް ކުރުވި." މަނޯޖް ބުންޏެވެ.
ޕާޓީގައި ބައްދަލުވުމަށްފަހު ޝަބާނާ އާއި މަނޯޖްގެ ހިތުގައި ވެސް އެކަކު އަނެކަކަށް ކަމުދާ ކަމުގެ އިހުސާސް ކުރެވުނެވެ. މި ދެމީހުން ލޯބިވެގެން، ގާތްގަނޑަކަށް އަށް އަހަރު ވަންދެން ރައްޓެހިވެގެން އުޅުނެވެ. އެކަކު އަނެކަކު ގެ ހިޔާލުތައް ވިސްނި، އަދި އެކަކު އަނެކަކު ރަނގަޅަށް ދެނެގަތުމަށްފަހު، މާގިނަދުވަސްތަކެއް ނުވެ އެދެމީހުންގެ ގުޅުން ދެން އޮތް ލެވެލްއަށް ގެންގޮސް ކައިވެނި ކުރަން ނިންމިއެވެ.
8 އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު އެންމެ ފަހުން އެދެމީހުން ކައިވެނި ކުރީ 2006 ވަނަ އަހަރު އެވެ. މިއީ މަނޯޖްގެ ފުރަތަމަ ކައިވެންޏެއް ނޫނެވެ. މީގެކުރިން މަނޯޖް ވަނީ ދިއްލޯ ކުއްޖަކާ ކައިވެނިކޮށް، ކައިވެނި ކުރިއަށް ނުދިއުމުން ދެމީހުން ވާހަކަ ދައްކައިގެން ވަކިވެފައެވެ.
