މޯލްޑިވްސް ބްލަޑް ސަރވިސް އާއި އެމް.ޑަބްލިޔު.އެސް.ސީ ގުޅިގެން އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ހިންގައިފިއެވެ.

މިހަރަކާތުގެ އެންމެ މުހިއްމު މަޤްސަދަކީ ތެލެސީމިއާ ޕޭޝަންޓުންނަށް އިޚުލާސްތެރި ޚިދުމަތެއް ކޮށްދެއްވާ ފަރާތެއްކަމަށްވާ މޯލްޑިވްސް ބްލަޑް ސަރވިސް އަށް، ކޮވިޑް 19 ގެ މި ޙާލަތުގައި ދިމާވެފައިވާ ލޭގެ ދަތިކަމުގެ ޙާލަތައް އެހީތެރިކަން ފޯރުވައި،  ބޭނުންވާ ލޭގެ އެހީ، އެމް.ޑަބްލިޔު.އެސ.ސީގެ  މުވައްޒަފުންގެ ފަރާތުން ފޯރުކޮށްދިނުމެވެ.

  އަދި އެއާކު މިކުންފުނީގައި މަސައްކަތްކުރާ މުވައައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން އަންގައިދިނުމާއި އެކަމަށް މުވައްޒަފުން ހޭލުންތެެރިކުރުވުމެވެ. އަދި ހަމަ އެހެންމެ، ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅުއްވަމުންވެސް، ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާޢީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ.

ކުންފުނީގެ ކަސްޓަމަރ ސާރވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެމް.ޑަބްލިޔު.އެސް.ސީ ގެ  ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.