"ޑަމް ލަގާ ކޭ ހައިޝާ" އިން 2015 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފްވި ބޫމީ ޕެޑްނޭކަރް ވަނީ އޭގެފަހުން، ރިލީޒްވި ފިލްމުތައް ކަމަށްވާ "ޓޮއިލެޓް: އެކް ޕްރެމް ކަތާ"، "ބަދާއީ ދޯ"، "ޕަތީ ޕަތްނީ އޮރް ވޯ"، "ގޯވިންދާ ނަމް މެރާ" ގެ އިތުރުން އެތައް ފިލްމުތަކުން ބެލުންތެރިންގެ މަޤްބޫލްކަން ހޯދާފައެވެ.
އެކްޓިންގެ އިތުރުން ބޫމީ ވަނީ އޭނާގެ ބަރުދަން ބަދަލުވިގޮތުން ސުރުޚީތަކަށް އަރާފައެވެ. މިބަތަލާ ވަނީ މަދު މަސްކޮޅެއްގެ ތެރޭގައި އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމުގެ ސަބަބުން އެންމެން ސިއްސައިގެން ގޮސްފަ އެވެ. ބޫމީގެ ބަރުދަން ލުއިކުރުމުގެ ދަތުރަކީ އިންސްޕިރޭޝަނަލް ދަތުރެކެވެ.
މަޝްހޫރުކަމާއި ކާމިޔާބް ބަތަލާއަކަށް ވުމުގެ ހުވަފެން ބޫމީ ކުޑައިރުއްސުރެ ދެކެމުން އައެވެ. ނަމަވެސް ތަންކޮޅެއް ބަރުދަން އިތުރުވުމަކީ މުޅި އުމުރަށް ދެކެމުން އައި ހުވަފެން ހާސިލް ކުރުމަށް އޭނައަށް ކުރިމަތިވި ހުރަހެކެވެ. ނަސީބަކުން ޔާޝް ރާޖް ފިލްމުތަކުގެ އެސިސްޓެންޓް ކާސްޓިން ޑައިރެކްޓަރެއްގެ ވަޒީފާއެއް ލިބުމުން ފިލްމީ ދާއިރާއަށް ވަނުމުގެ ފުރުސަތު ލިބުނެވެ. އަދި ވަރަށް އަވަހަށް ބޫމީއަށް ފިލްމު "ޑަމް ލަގާ ކޭ ހައިޝާ" ގެ އޮފާއެއް ލިބުނު ނަމަވެސް އަޔޫޝްމާން ކުރާނާގެ ފަލަ އަނބިމީހާގެ ރޯލު ކުޅެން ޖެހުމުން އިތުރަށް ބަރުދަން އިތުރު ކުރަން ބޫމީ އަށް ޖެހުނެވެ.
އޭރު ގާތްގަނޑަކަށް 70 ކިލޯގެ ބަރުދަނުގައި ހުރި ބޫމީއަށް ޖެހުނީ އެ ރޯލަށް ތައްޔާރުވުމަށް އިތުރު 15 ކިލޯގެ ބަރުދަން އިތުރުކުރުމަށެވެ. ފުރަތަމަ ފިލްމަށްވުމާއެކު، ބަރުދަން އިތުރުކުރުމަށް ހަ މަސް ދުވަހުގެ ތެރޭގައި އޭނާ އެންމެ ގަޔާވާ ކާނާ ކެއުމުގެ އެންމެ ރަނގަޅު ފުރުސަތު ލިބުނެވެ. ދުވާލަކު 800 ކެލޮރީ ބޭނުން ކުރަމުން ދިޔަ އިރު، އޭގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ބަރުދަނުގައި 85 ކިލޯ އަަށްވަނީ އިތުރުވެފަ އެވެ.
މާގިދުވަސްތަކެއް ނުވެ ބޮލީވުޑް އިންޑަސްޓްރީގައި ފާހަގަކޮށްލެވުމަށްފަހު ބޫމީއަށް ވަރަށް ގިނަ ފިލްމީ އޮފާތައް ލިބެން ފެށިއެވެ. ނަމަވެސް އޭނާއަށް އެންމެ ގޮންޖެހުން ބޮޑު މަސައްކަތަކީ ފިލްމަށް ބަރުދަން ލުއިކުރުމެވެ. ސަބަބަކީ އިންޑަސްޓްރީން ޑިމާންޑް ކުރަމުން ދިޔައީ ރީތި ބޮޑީއެއް ފެންނަން ކަމަށް ވެއެވެ. އެހެންކަމުން، ހަޤީޤީ ދިރިއުޅުމުގައި އޭނާގެ ބަރުދަން 32 ކިލޯ ލުއިކޮށް، އޭނާގެ ފާހަގަކޮށްލެވޭ ބަދަލަކުން ގިނަ ސަޕޯޓަރުން ސިއްސައިގެން ދިޔަ އެވެ. އޭނާގެ ސްލިމް އަދި ޓޯންޑް ފިޒިކްސް އެންމެންގެ ސަމާލުކަން ހޯދިއިރު، ސާޖަރީއެއް ނުވަތަ ފެޑް ޑައިޓެއް ނެތި، އަހަރެއް ނުވަނީސް 89 ކިލޯއިން 57 ކިލޯއަށް ދިޔައީ ކިހިނެއްކަން އެނގޭތޯ އެންމެން ޝައުގުވެރިވި އެވެ. އެހެންކަމުން، އިތުރު ވާހަކައެއް ނުދައްކައި، ބޫމީގެ ބަރުދަން ލުއިކުރުމުގެ ސިއްރުތަކަށް ބަލާލަމާ ހިނގާށެވެ.
ވިޔަފާރީގެ ޑައެޓަކަށް ނުގޮސް ބޫމީގެ ބަރުދަން ލުއިކުރީ، އޭގެ ބަދަލުގައި އޭނާ ބޭނުން ހުރިހާ އެއްޗެއް ކައިގެންނެވެ. އޭނާއަކީ ކާބޯތަކެއްޗަށް ލޯބިކުރާ މީހެއް ކަމުން ދުވަހަކުވެސް މީރު އެއްވެސް އެއްޗެއް ރަހަ ބެލުމަށް މަޙްރޫމްވެފައެއް ނުވެއެވެ. އޭނާގެ ކެއުމުގައި ގީ، ބަޓަރ، އަދި ބަޓަރމިލްކް ހުރި ނަމަވެސް އޭނާގެ ކެއުމުން ނައްތާލި ހަމައެކަނި އެއްޗަކީ ހަކުރު އެވެ. މީގެ އިތުރުން ގަވާއިދުން ކެއުމަށް ސަމާލުކަންދީ ކާބޯހައިޑްރޭޓް ކެއުން ކޮންޓްރޯލް ކުރި އެވެ. ބޫމީ ޕޯޝަން ކޮންޓްރޯލް ކުރިއިރު، އިރުއިރުކޮޅާ ކެއުން ހުއްޓިއެވެ. އަދި ކޮންމެ ފަސް ދުވަހަކުން ޗީޓް މީލް އެއް ވެސް ކެއެވެ. އެހެންނަމަވެސް އެންމެ މުހިންމުކަމަކަށް ބޫމީ، ހަކުރު ބޭނުންކުރުން އެއްކޮށް ހުއްޓާލީއެވެ.
މީގެއިތުރުން މަދުވެގެން 8 ތަށި ފެން ކޮންމެދުވަހަކު ބުއިމަށް އާދަކުރިއެވެ .ހެންދުނުން ފެށިގެން ނިދަންވަންދެން އޭނާ ޑިޓޮކްސް ފެނެއް ބޭނުންކުރެއެވެ. އޭނާ ބުނެފައިވަނި ކިއުކަމްބަރ ، މިންޓުފަތް އަދި ލިނބޯ އަޅައިގެން އޭނާ ޑިޓޮކްސްފެން އަބަދު ބޭނުންކުރިއެވެ، މީގެ އިތުރުން ކޮންމެ ގަޑިއެއްގައިވެސް ކަނީ އެގަޑިއަކަށް ޚާއްސަކުރެވިފައިވާ އެއްޗެއްސެވެ.

ބޫމީގެ ހެނދުނު ނާސްތާ ފަށަނީ ހޫނު ނުވަތަ ޑިޓޮކްސް ފެން ތައްޓަކުން ކަމަށާއި، އޭގެ ތިރީސް މިނެޓް ފަހުން ސްކިމްޑް ކިރާއި ފްލެކްސް ނުވަތަ ސަންފްލާވާ ސީޑްސް އާއި އެކު މުސްލީ ކާ ކަމަށެވެ. ބަތަލާ ކިންގް ސައިޒްގެ ނާސްތާއެއް ކާއިރު އޭގެ ތެރޭގައި އާޓާ ރޮށި އާއި ދެ ބިސް ހުދު އޮމެލެޓް އާއި މޭވާ ހިމެނެ އެވެ. ބޫމީ އޭނާގެ ދުވަސް ފަށަނީ ނާސްތާއިން ކަމަށާއި، ކަސްރަތު ކުރުމުގެ ގަޑިއެއްހާއިރު ކުރިން ކާން ޖެހޭނެކަން އޭނާ ބުނެއެވެ.

މީގެ އިތުރުން ބޫމީ ވަނީ އޭނާގެ ފޭނުންނަށް ސިއްހަތަށް ފައިދާހުރި ކާނާ ތައްޔާރުކޮށް، ފަސޭހައިން ބަރުދަން ލުއިކޮށްދޭނެ ގޮތަކާ ބެހޭގޮތުން ނަސޭހަތްތެރިވެފައެވެ. އޭނާ ކާނީ އާދައިގެ، ގޭގައި ކައްކާ ދުޅަހެޔޮ ކާނާ ކަމަށާއި އޭގެ ތެރޭގައި ރޮށި، ތަރުކާރީ އަދި މުގު ހިމެނެ އެވެ. ނަމަވެސް ތަފާޓަކީ އޭނާ ރޮށި ތައްޔާރުކޮށްފައިވަނީ ފުށުން ނޫން ކަމަށާއި،ތަފާތު ވައްތަރުގެ މުގު ފުންޑައިގެން މޮޑެގެންނެވެ. ބައެއް ފަހަރު، މި ހުރިހާ ގޮވާން އެއްކޮށް އެއްކޮށްލައިގެން ވަކިވަކިން ބޭނުން ކުރުމުގެ ބަދަލުގައި ޕަވަރ ޕެކްޑް މަލްޓި ގްރޭން ރޯޓީއެއް ވެސް ހަދައެވެ. މީގެ އިތުރުން އޭނާ ކާން މުގުރިހަ ހުންނައިރުތަރުކާރީ ކައްކާފައި ހުންނަނީ ޒައިތޫނި ތެލުންނެވެ. އަދި ގޭގައި ހަދާ ކަދުރު ތެލުންނެވެ.

ބޫމީގެ ރޭގަނޑު ކެއުމުގެ ކުރިން ހަވީރު 4:30 ގައި މޭވާ ކައެވެ. އަދި 5:30 ކަން ހާއިރު ގްރީންޓީ ތައްޓަކާއި ކުޑަ ނަޓްކޯލެއް ކާލުމަސްފަހު ރޭގަނޑު 7:00 ގައި ސެލެޑެއްކެއުމަށްފަހު 8:30 ހުގައި ސިއްހަތަށް ފައިދާހުރި ބްރައުން ރައިސް އަދި މަސްކޮޅެއް ކެއުމަށްފަހު އޭގެފަހުން އިތުރު އެއްޗެއް ރޭގަނޑުނުކައެވެ.
ކެއުން ކޮންޓްރޯލް ކުރުމުގެ އިތުރުން ބޫމީ ވަނީ ކޮންމެސް ކަސްރަތެއް އާދަވެ ކުރުމަށް ބުނެފައެވެ.
