ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގަށް އަނެއްކާ ވެސް ބަދަލު ގެނެސްފިއެވެ.
އެގޮތުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 14 ލާރި އަދި ޑީސަލް ލިޓަރަކުން 63 ލާރި ހެޔޮކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ގެނައި ބަދަލާއެކު ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރުހުރީ 14.73 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 15.07 ރުފިޔާއެވެ.
މި ބަދަލު ގެނައުމުގެ ކުރިން އެ ކުންފުނިން ޕެޓްރޯލް ޕެޓްރޯލް ލީޓަރެއް ވިއްކީ 15.14 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކީ 15.70 ރުފިޔާއަށެވެ.
އެސްޓީއޯ އިން ބުނީ އަބަދު ވެސް މަސައްކަތް ކުރަމުންދަނީ އެކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ.
މިއީ މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރި 2 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ތެލުގެ އަގު ހެޔޮކުރީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.
