ހެނދުނުގެ އިރުގެ އަލިކަމުން އަހަރެމެންގެ ޖުމްލަ ދުޅަހެޔޮކަމަށް ފާހަގަކޮށްލެވޭ އަސަރެއް ކުރެއެވެ. ހެނދުނުގެ ހިތްގައިމު ރީތިކަމުގެ އިތުރުން، ހެނދުނު އިރުގެ އަލި ލިބުމުން އަހަރެމެންގެ ޖިސްމާނީ، ނަފްސާނީ އަދި ޖަޒުބާތީ ހާލަތު އިތުރުކޮށްދޭ ސިއްހީ އެތައް ފައިދާތަކެއް ލިބިގެންދެއެވެ. ހެނދުނު އިރުގެ އަލިން އިންސާނުންނަށް ދޭ މުހިންމުކަން ހޯދައި، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދުވަހުގެ ދިރިއުޅުމަށް ކުރާ ބަދަލު ގެނައުމުގެ އަސަރުތަކަށް އަލިއަޅުވާލާނަމެވެ.

ވިޓަމިން ޑީ ސިންތެސިސް: ހެނދުނު އިރުގެ އަލިން ކެލްސިއަމް ހަށުގަނޑަށް ފޯރުކޮށްދިނުމުން ، ކަށިތައް ވަރުގަދަކޮށް، ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ މުހިއްމު ނިއުޓްރިއެންޓެއް ކަމަށްވާ ވިޓަމިން ޑީގެ މޮޅު ގުދުރަތީ މަސްދަރެކެވެ. ހެނދުނު އިރުގެ އަލިން އަހަރެމެންގެ ހަށިގަނޑުގައި ވިޓަމިން ޑީ އުފެއްދުމަށް ބާރުއަޅައި، ރިކެޓްސް، އޮސްޓިއޯޕޮރޮސިސް، ފަދަ ކަށީގެ ބަލިތަކާއި އަދި ވަކި ވައްތަރެއްގެ ކެންސަރު ފަދަ ސިއްހީ އެކިއެކި ހާލަތްތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

ސާރކެޑިއަން ރިތްމް ރެގިއުލޭޝަން: އަހަރެމެންގެ ހަށިގަނޑުގައި ސާރކެޑިއަން ރިތްމްގެ ނަމުން މަޝްހޫރު ހަސިގަނޑަށް ވަގުތު ނުވަތަ ގަޑި އަންގައިދޭ ނިޒާމެއް ވާއިރު ،  މިއީ ނިދުމާއި ހޭލުމުގެ ސައިކަލްތަކާއި، ހޯރމޯން އުފެއްދުމާއި، ހަށިގަނޑުގެ ޖުމްލަ މަސައްކަތްތައް އެހީތެރިވެދޭ ކަމެކެވެ. ހެނދުނު އިރުގެ އައްޔަށް ހުށަހެޅުމަކީ އަހަރެމެންގެ ސާރކެޑިއަން ރިތްމް ސިންކްރޮނައިޒްކޮށް، ސަމާލުކަން އިތުރުކޮށްދީ، ރޭގަނޑު ނިދުމުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ހަކަތައިގެ މިންވަރު ރަނގަޅުވެ، ކޮގްނިޓިވް ޕާފޯމަންސް އިތުރުވެ، މުޅި ދުވަހު ހަމަހަމަ މޫޑެއްގައި ހުރުމަސް މަގުފަހިކޮށްދެއެވެ.

ހެނދުނު އިރުގެ އަލިން ހުށަހެޅުމަކީ އަހަރެމެންގެ ސިކުނޑިއަށް ހޭލައިގެން ދުވަސް ފެށޭ ވަގުތު ޖެހިއްޖެ ކަމުގެ އިޝާރާތެއް ލިބޭ ކަމެކެވެ. މިއާދައިގެ ސަބަބުން ހޭލުންތެރިވުމާއި، ކަންކަމަށް ސަމާލްކަންދިނުމާއި، ޕޮޒިޓިވް މޫޑެއް އުފެއްދުމަށް ބާރުއަޅާ ނިއުރޯޓްރާންސްމިޓަރެއް ކަމަށްވާ ސެރޮޓޮނިން އުފެއްދުމަށް ބާރުއަޅައެވެ.

ހެނދުނުގެ އުޖާލާކަން ފެނުމުން އިންސާނާގެ ރޫޙު އުފުލިގެން ދާގޮތް ދުވަހަކުވެސް ފާހަގަ ކުރެވުނު ހެއްޔެވެ؟ ހެނދުނު އިރުގެ އަލިން އަޅުގަނޑުމެންގެ މޫޑާއި ނަފްސާނީ ދުޅަހެޔޮކަމަށް ސީދާ އަސަރު ކުރެއެވެ. އިރުގެ އަލިން "ފީލް-ގުޑް" ހޯރމޯންތަކުގެ ނަމުން ނަންދެވިފައިވާ އެންޑޯފިންސް ލިބެއެވެ. މި އެންޑޯފިންތަކުގެ އެހީގައި ސްޓްރެސް، ހާސްކަން، އަދި ޑިޕްރެޝަން ކުޑަވެ، އުފާވެރިކަމުގެ އިހުސާސާއި ޖުމްލަ ގޮތެއްގައި ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ އެވެ. ހެނދުނު އިރުގެ އަލިން ގަވާއިދުން ހުރުމަކީ އާންމުކޮށް އަލި މަދު ދުވަސްވަރު ދިމާވާ ޑިޕްރެޝަންގެ ވައްތަރެއް ކަމަށްވާ ސީޒަނަލް އެފެކްޓިވް ޑިސްއޯޑާ (އެސްއޭޑީ) ގެ ރޭޓް ދަށްވުމާ ގުޅުން ހުރި ކަމެއް ކަމަށް ވެސް ދިރާސާތަކުނެ އެނގެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ޚާއްސަކޮށް ހެނދުނު ގުދުރަތީ އައްޔަށް ހުށަހެޅުމަކީ މުޅި ދުވަހު އުފެއްދުންތެރިކަމާއި ކޮގްނިޓިވް ފަންކްޝަން ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމެކެވެ. ހެނދުނު އިރުގެ އަލިން ސިކުނޑި ސްޓިމިއުލޭޓްކޮށް، ފޯކަސް އިތުރުކޮށް، ސަމާލުކަން އިތުރުކޮށްދީ، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ގުދުރަތީ އަލިން ހުށަހެޅުމަކީ ހަނދާނާއި ސަމާލުކަން ރަނގަޅުކުރުމާއި ގުޅިފައިވާ ކަމެއް ކަމަށާއި، މިއީ ދަރިވަރުންނާއި ޕްރޮފެޝަނަލުންނާއި ކޮގްނިޓިވް ޤާބިލުކަން އެންމެ ރަނގަޅަށް ބޭނުންކުރަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް އަގުހުރި އެސެޓަކަށް ވެފައިވެއެވެ.

ހެނދުނުގެ އިރުގެ އައްޔަކީ ހަމައެކަނި ރީތިކަމާއި ހިތްގައިމުކަމުގެ ވަގުތެއްގެ އިތުރުން އެއީ އަޅުގަނޑުމެންގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންވާ ވަގުތުކޮޅެކެވެ. އަހަރެމެންގެ އެތެރޭގެ ގަޑިތައް ރެގިއުލޭޓް ކުރުމުން ފެށިގެން އަހަރެމެންގެ މޫޑު ހަމަޖައްސާލުމާއި، ދުޅަހެޔޮ ނިދުމުގެ އުސޫލުތައް ކުރިއެރުވުމާއި، ކޮގްނިޓިވް ފަންކްޝަން އިތުރުކުރުން ހިމެނޭގޮތަށް ހެނދުނުގެ އިރުގެ އަލިން ގިނަ ފައިދާތަކެއް ލިބެއެވެ. އެހެންކަމުން، ހެންދުނު ހޭލައިގެން ހަމައެކަނި މަދު މިނިޓަކަށް ވިޔަސް، އިރާއި ސަލާމް ކުރުމަކީ އާދައަކަށް ހަދާށެވެ. ހެނދުނުގެ އިރުގެ އަލިން ދިރުމެއް ލިބިގެންދާ އިރު ތިބާގެ ހަށިގަނޑާއި ސިކުނޑިއާއި ރޫޙު ޝުކުރުވެރިވާނެއެވެ.