ސޯޝަލް މީޑިއާ އިން ބްރޭކެއް ނަގާކަން ހުކުރު ދުވަހުގެ މެންދުރު ފަހު އިއުލާން ކުރުމުން ކާޖޮލް ވަނީ އޭނާގެ ފޭނުންނަށް ހައިރާންކަމެއް ގެނެސްދީފަ އެވެ.
މި ޚަބަރު އާންމު ކުރުމަށް ކާޖޮލް ވަނީ އޭނާގެ އިންސްޓަގްރާމް އަދި ޓްވިޓަރ ގައި މިކަން ހާމަކޮށްފައެވެ. "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭ" ފެނިގެންދިޔަ މަޝްހޫރު އެކްޓަރު ވަނީ އިންސްޓަގްރާމްގައި އޭނާގެ ހުރިހާ ޕޯސްޓެއް ޑިލީޓްކޮށްފަ އެވެ.
ކާޖޮލް ހިއްސާކުރި ޕޯސްޓްގައި ލިޔެފައިވަނީ "އަހަރެންގެ ހަޔާތުގެ އެންމެ އުނދަގޫ އެއް އިމްތިހާނާ ކުރިމަތިލާން" ކަމަށެވެ. އެކްޓަރު އޭގެ ކެޕްޝަންގައި ލިޔެފައިވަނީ "ސޯޝަލް މީޑިއާ އިން ބްރޭކެއް ނަގައިގެން" ކަމަށެވެ.
މި ނިންމުމުގެ ފަހަތުގައިވާ ސަބަބު ކާޖޮލް ނުބުނި ނަމަވެސް، މިއީ އޭނާގެ ކުރިއަށް އޮތް ވެބް ޝޯ "ދަ ގުޑް ވައިފް" ގެ ޕްރޮމޯޝަންގެ ބައެއްތޯ ގިނަ ބަޔަކު ސުވާލުކުރި އެވެ. ޑައިރެކްޓަރު ޕީ މަލްހޯތުރާ ވެސް ކޮމެންޓްގައި ލިޔެފައިވަނީ "ކޮން އިރަކު ގުޑްވައިފްގެ ޓްރެއިލާ ނެރެނީ" މިހެންނެވެ.
ހަމަޔަގީނުންވެސް ކާޖޮލްގެ ފޭނުންނަށް އޭނާ މިސްވާނެ އެވެ. ކާޖޮލް ދިޔައީ އޭނާގެ އިންސްޓަގްރާމް ގައި އެތައް ފޮޓޯއެއް ހިއްސާ ކުރަމުންނެވެ. ކާޖޮލް ގިނައިން ސޯޝަލް މީޑިއާގައި ސެލްފީތަކާއި ފޮޓޯޝޫޓްތަކާއި ހަމައެކަނި ރެންޑަމް ޚިޔާލުތައް ހިއްސާކޮށް، ފޭނުންނަށް އޭނާގެ އަމިއްލަ ދިރިއުޅުމަށް ނަޒަރު ހިންގާލެވުނެވެ.
