އުރީދޫ މޯލްޑިވްސް އިން ހޮލިޑޭ ފިއެސްޓާ ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. 

ޗުއްޓީ އާއި ދިމާކޮށް އެމް-ފައިސާ ކަސްޓަމަރުންނަށް ފެށި މި ޕްރޮމޯޝަން ގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާއިރު، އެކި އައުޓްލެޓްތަކުން 10 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މި ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮމޯޝަން، ހޮލިޑޭ ފިއެސްޓާގެ މުއްދަތުގައި ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭ އައުޓްލެޓް ތަކަކީ:

ވީއާރް ކެފޭ – 10 ޕަސެންޓް ޑިސްކައުންޓް
ޖާޒިއާ – %5 ޑިސްކައުންޓް
ގޭމްރޫމް – %5 ޑިސްކައުންޓް
މީޓް ސްޓްރީޓް – %5 ޑިސްކައުންޓް
ހޮޓް ޑިޝް ކްލަބް – %5 ޑިސްކައުންޓް
ޕިއްޒާ ކިޗަން – %7 ޑިސްކައުންޓް
ސޮލައިޓް ރެސްޓޯރެންޓް – %5 ޑިސްކައުންޓް
ވައިޓަލް ކެއާ – %10 ޑިސްކައުންޓް
ހޯމްލޭންޑް – %5 ޑިސްކައުންޓް
ލެ ޗީޒް – %10 ޕަސެންޓް ޑިސްކައުންޓް

އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފަރ ކުރުމާއި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ރައްކާތެރިކަމާއެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން، އެމްފައިސާ ޕްލެޓްފޯމުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ޚިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ޚިދުމަތްތަކަށް ބިލް ދެއްކޭނެއެވެ. އަދި އެކި ފައުންޑޭޝަންތަކާއި ގުޅިގެން ސަދަގާތް ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

އެމް-ފައިސާ ގެ ޚިދުމަތް ބޭނުންކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އުރީދޫ އެޕް ޑައުންލޯޑް ކޮށް ފަސޭހަކަމާއެކު ރެޖިސްޓަރ ކޮށްލެވޭނެއެވެ. އަދި ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ގިނަ ބޭންކްތަކާއި ގުޅިގެން އެމް-ފައިސާ އިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޑިޖިޓަލް ވޮލެޓް ޓޮޕްއަޕް ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.