ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން މުޅިން އަލަށް ފަށާ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕް ރޭ ފަށައިފިއެވެ.
ސީއޭއެމް އިން ބުނީ، މި ފަހަރުގެ މުބާރާތުގައި ޖުމްލަ 24 އެއްހާ ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ.
މި ޖޫން މަހުގެ 11 އިން 16 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލްގައެވެ. މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އޯޕަން ސިންގަލްސް އަދި އޯޕަން ޑަބަލްސް އިވެންޓެވެ.
40 އަހަރުން މަތީ މީހުންނަށް ހާއްސަކޮށްގެން މިއަހަރު މުޅިން އަލަށް ފެށި މުބާރާތުގައި ރޭ ކުޅެފައިވަނީ އޯޕަން ޑަބަލްސް މެޗުތަކެވެ.
މި މުބާރާތުގައި މިރޭ ކުރިއަށްދާނީ އޯޕަން ޑަބަލްސްގެ ސެމީ ފައިނަލް މެޗުތަކާއި، އޯޕަން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ.
