22 އަހަރުގެ ބްރެޒިލިއަން ޔޫޓިއުބާއެއް ކަމުގައިވާ އެމެންޑާ އަންޑްރޭޑް މަޓުރާނާ ބާރުސްޕީޑް ގައި ސައިކަލުދުއްވަނިކޮށް އެކްސިޑެންޓްވެ މަރުވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ ގަވައިދާ ހިލާފަ ސައިކަލް ރޭހެއް ހިނގަމުންދާތީ އޭތި ރޫޅާލަން ޕޮލިހުން ދިއުމުން ޕޮލިހުންނައް ފިލަން ވެގެން ބާރު ސްޕީޑް ގައި ސައިކަލް ދުއްވަނިކޮށް ކޮންޓްރޯލުން ނެއްޓިގެން ދިއުމުންނެވެ. އެމެންޓާ އެކްސިޑެންޓްވީ އޭނާ އެންމެ ފަހުން ގަތް އަދި ހުކުރު ދުވަހު އެކްސިޑެންޓް ވި ޔަމަހާ އެކްސް ޖޭ 6 ގަތްތާ އަދި މާ ގިނަދުވަހެއް ނުވެއެވެ. 

22 އަހަރުގެ އެމެންޑާ އަށް ޔޫޓިޔުބްގައި 70000 އަށް ވުރެން ގިނަ މީހުން ފޮލޯ ކުރާ އިރު އިންސްޓާގްރާމް ގައި 120000 އަށް ވުރެން ގިނަމީހުން ފޮލޯ ކުރޭއެވެ. އެމެންޓާ ގެ ވީޑިޔޯތައް އާންމު ކޮށް ހަދާފައި ހުންނަނީ އޭނާ ދުއްވާފައި ހުރި ސައިކަލްތަކާއި ތަޖުރިބާތަކާއި ބެހޭ ގޮތުން ނެވެ.

ފުލުހުން ދަނީ މިއެކްސިޑެންޓް ވަރަށް ގާތުން ތަހުގީގު ކުރަމުންނެވެ. ފުލުހުން އިތުރަށް ބުނި ގޮތުގައި މިހާރު ބަލަމުން ދަނީ އެމެންޑާ ސައިކަލް ދުއްވާފައިވަނީ މަސްތުގެ ހާލުގައިތޯ އެވެ.

އެމެންޑާ ގެ ޔޫޓިޔުބް ވީޑިޔޯ ތަކަށް 2 މިލިއަން އަށް ވުރެން ގިނަ ވިއުސް ލިބިފައިވާއިރު އެމެންޑާ ނިންމައިގެން ހުރީ ކުރިޔަށް އޮތްތާނގައިވެސް މިކަހަލަ ވީޑިޔޯތަކެއް ހަދާށެވެ.