އއ. ރަސްދޫގެ އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށް އިތުރު 100 ޓަނުގެ އާރް.އޯ ޕްލާންޓެއް ސްޓެލްކޯ އިން އެ ރަށުގައި ބަހައްޓައިފިއެވެ.
ސްޓެލްކޯ އިން ބުނީ، ރަސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި އެ ރަށުގައި މި ބެހެއްޓުނު އައު އާރްއޯ ޕްލާންޓާއެކު ފެން އުފެއްދުމުގެ ކެޕޭސިޓީ ވެސް 160 ޓަނަށް އިތުރުކުރެވިފައިވާ ކަމަށެވެ.
މި އާރްއޯ ޕްލާންޓަކީ ސްޓެލްކޯގެ މުވައްޒަފުން އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓްކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވަނީ އެ މަސައްކަތުގައި އުޅުއްވި އެ ކުންފުނީގެ ވޯޓާރ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ބައްދަލުކުރައްވާ އެ މުވައްޒަފުންގެ މަސައްކަތަށް ތަރުހީބުދެއްވާފައެވެ.
މިީގެއިތުރުން، ސްޓެލްކޯ އިން އަލަށް އެފަދަ ކަމެއް ކޮށް، އެ ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި އެމްޑީ އަހުމަދު ޝަރީފް ވަނީ އެ މުވައްޒަފުންނަށް ޝުކުރާއި، މަރުހަބާ ދަންނަވާފައެވެ.
