ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން، އެޗްޑީސީގެ ޗެއަރމަންގެ މަގާމަށް ހަމަޖައްސާފައިވަނީ މުހައްމަދު ޖައިޝް އިބްރާހިމް އެވެ.
ޖައިޝް މި މަގާމަށް ހަމަޖެއްސުމުން އެޗްޑީސީގެ ބޯޑުގައި 6 ބޭފުޅަކު ތިއްބަވާނެއެވެ.
އެއީ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދާއި ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާ މުހައްމަދު އަރްފާތާއި އަބްދުﷲ ރަމީޒާއި އަހުމަދު އާތިފް އަދި ހަސަން މުނީޒެވެ.
ޖައިޝް އެ މަގާމަށް ހަމަޖައްސާފައިވާއިރު، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)، އެޗްޑީސީ އާ އެއްކޮށްލަން ސަރުކާރުން ނިންމައި، އެކަމުގެ މަޝްވަރާތައް އަންނަނީ ކުރެވެމުންނެވެ.
އެޗްޑީސީ އަކީ ހަމައެކަނި ހުޅުމާލެ މެނޭޖްކުރާ ކުންފުންޏެކެވެ.
