ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން( އެސްޓީއޯ) ގެ "އީދު އޮފަރ ޕްރޮމޯޝަން 2023" ފަށައިފިއެވެ.

އަގުހުރި އިނާމުތަކަކާއެކު މިއަހަރުގެ ޕްރޮމޯޝަން ކުރިއަށްދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެ ކުންފުނީގެ ސަރަހައްދީ އައުޓްލެޓްތަކުގައެވެ.

މި ޖޫން މަހުގެ 15 ން ފެށިގެން ޖޫން 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ކުރާ  500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކަސްޓަމަރުންނަށް ޑިޖިޓަލް ކޫޕަނެއް ދޫކުރާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިއަހަރުގެ ޕްރޮމޯޝަންގައި 1 ވަނައަށްދާ ފަރާތަކަށް ހިޓާޗީ ފްރިޖެއް، 2 ވަނައަށްދާ ފަރާތަކަށް އެލްޖީ ޑިޝްވަރޝަރެއް ދޭއިރު، 3 ވަނައަށްދާ ފަރާތަކަށް 2000 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކްސް އައިޓެމްސް ދޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ "އީދު އޮފާ 2023" އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހުޅުމާލެ ފިހާރަ، އަދި އެސްޓީއޯ ރީޖަނަލް 10 ސަރަހައްދެއްގައި ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.