ކެންދޫ ފުޓްބޯލް ޗެލެންޖް 2023 ގެ ގްރޫޕް ސްޓޭޖުގައި މިއަދު ކުޅެވުނު މެޗުގައި ހޭޅި އަތުން ޑީ.އެސް.އާރް.ސީ އިން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ. މި މެޗުން ޑީ.އެސް.އާރް.ސީ މޮޅުވީ 6-1 އިންނެވެ.

މިއަދުގެ މެޗުން ޑީ.އެސް.އާރު.ސީ މޮޅުވި ނަމަވެސް، އެ ޓީމަށް އަދި ސެމީ ފައިނަލްގެ ޖާގަ ކަށަވަރެއް ނުކުރެވެއެވެ. މި ގުރޫޕުގައި އަދި ބާކީ އެއް މެޗު އޮތް އިރު، ޑީ.އެސް.އާރު.ސީ ގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަދުގެ މެޗާއި އެކު ނިމުނީއެވެ. ގްރޫޕް ސްޓޭޖުގައި ހޭޅި ޓީމަށް އަދި ބާކީ އެއް މެޗު އޮތް އިރު، ސެމީފައިނަލް ގެ ޖާގަ އަދި ހޭޅި ޓީމަކަށް ނުގެއްލެއެވެ.

ޑީ.އެސް.އާރު.ސީ ގެ ގޯލުތައް ޖަހައިދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރ 19 މުސްޠަފާ، ޖާޒީ ނަންބަރ 10 އުނައިޝް ޒުބައިރާއި، ޖާޒީ ނަންބަރ 7 އިބްރާހިމް، ޖާޒީ ނަންބަރ 8 އަލީ ނިޒާރު އާއި  ޖާޒީ ނަންބަރ 23 ސާމީ އަދި ޖާޒީ ނަންބަރ 27 އިބްރާހިމް ޝަރީފެވެ.

ޑި.އެސް.އާރް.ސީއާ ހޭޅި ބައްދަލުކުރި މެޗުގެ ތެރެއިން. --

މި މެޗުގައި ހޭޅި ޓީމުގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާ، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް، ހޭޅި ޓީމަށް އެ ފުރުސަތު ތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭގޮތެއްނުވިއެވެ. މި މެޗުގައި ހޭޅި ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ 35 ވަނަ މިނެޓުގައި، އެ ޓީމުގެ ޖާޒީ ނަންބަރ 20، ހުސެން އެވެ. މި މެޗުގައި އެ ޓީމުގެ ޖާޒީ ނަންބަރ 10، މާހުގެ ފަރާތުން މޮޅު ކުޅުމެއްފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ހޭޅި ޓީމުގެ ގޯލްކީޕަރަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެ ޓީމުގެ ކީޕަރު ވަނީ ބަދަލުކޮށްފައެވެ.  ގިނަ ފައުލުތަކެއް ފެނުނު މި މެޗުގައި، ޑީ.އެސް.އާރު.ސީ ގެ ދެ ކުޅުންތެރިއަކަށާއި ހޭޅި ޓީމުގެ އެއް ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ޑީ.އެސް.އާރު.ސީ ގެ ޖާޒީ ނަންބަރ 10، އުނައިޝް ޒުބައިރު (އުނޭ) އެވެ

މި މުބާރާތުގެ ޓީމު ތަކަށް ބަލާއިރު، ޑީ.އެސް.އާރު.ސީ އަކީ ކެންދޫ ފުޓުބޯޅައިގައި އެންމެ ތަޖުރިބާ ބޮޑު ޓީމެވެ. ނަމަވެސް ހޭޅި އަކީ މި މުބާރާތަށް އަލަށް ބައިވެރިވި، އަދި މި މުބާރާތުގެ އެންމެ ހަގު ޓީމެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑީ.އެސް.އާރް.ސީގެ  އުނައިޝް ޒުބައިރު (ކ) ޓްރޮފީއާއެކު. --

މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ. 

ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ.  މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި އެފް.ސީ ރައިވަލްސް ނިކުންނާނީ ބީ.އެލް.ޓީއާ ދެކޮޅަށެވެ.