މީރުވަހުގެ ދުނިޔޭގައި ސެންޓުތަކަކީ ޖަޒުބާތުތަކާއި ހަނދާންތައް އުފެއްދުމާއި ދިގުދެމިގެންދާ ތަސައްވުރެއް ގެނެސްދިނުމުގެ ބާރު ލިބިފައިވާ އެއްޗަކަށް ވާތީ ސެންޓުތަކަށް ހާއްސަ ޖާގައެއް ވަނީ ދެވިފައެވެ.
އެކިބާވަތުގެ މީރުވަސްދުވާ ވަސްތައް ލިބެން ހުރުމުން، ސެންޓެއް ހޮވުމަކީ އުނދަގޫ މަސައްކަތަކަށް ވެދާނެ އެވެ. މިއީ މީރުވަސްދުވާ ސެންޓުތައް ހޮވުމުގެ ގޮތުން ފާޑުކިޔުންތެރިންނާއި ސެންޓު ގަންނަ ފަރާތްތަކުގެ ހިއްސުތައް އަތުލައިގަނެފައިވާ އެންމެ މީރު ވަސް ދުވާ ބައެއް ސެންޓުތަކުގެ ލިސްޓެވެ. އެތައް އަހަރުތަކެއް ވީނަމަވެސް ކޮލިޓީ އަދި ވަހަށް ބަދަލެއް ނާންނަ ކްލެސިކް ތަކުން ފެށިގެން ޒަމާނީ އުފެއްދުންތަކާ ހަމައަށް ޕަރފިއުމް ބައި ފިނެސްއިން ލިބެންހުރިއިރު ބައެއް ޙާއްސަ ސެންޓުތަކަށް ބަލާލާނަމެވެ.
އެސްޓީ ލޯޑަރ ގެ ޕްލެޝަރ އިންޓެންސް

ސެންޓު އުފެއްދުމުގެ ދުނިޔޭގައި މަޝްހޫރު ނަމެއް ކަމަށްވާ އެސްޓީ ލޯޑަރ އިން ވަނީ އުފާވެރިކަމުގެ ޖާދޫ އެކުލެވޭ ވަހެއް އުފައްދާފައެވެ. މަގުބޫލުކަން ލިބިފައިވާ ޕްލެޝަރސް ލައިންގެ އިތުރުއުފެއްދުމެއް ކަމަށްވާ ޕްލެޝަރ އިންޓެންސް ގެ ތަޖުރިބާ އާ އުސްމިންތަކަކަށް ގެންދަނީ މީރުވަސްދުވާ މަލުގެ ވަހުންނެވެ. ޓޮޕްނޯޓްގެ ގޮތުގައި ގްރީންލިލީ ، ޕިއޮނީ ، ބްލެކް ކަރަންޓް، ލޭންގްލޭންގް އަދި ކެސިސް، މިޑްލް ނޯޓް އަކަށް ލިލީ ، ޖޭޒްމިން އަދި ޓިއާރެ ފްލާވަރ އާއި މޮރޮކަން ރޯސް ، ބޭސް ނޯޓް އަކަށް މޭޕްލް، ވެނީލާ ، ސްޓައިރެކްސް އަދި ބެންޒޮއިން އެކުލެވޭ މިސެންޓުގައި މަލުގެ ވަސް އެއްވަރަކަށް ހިފަހައްޓާދެއެވެ.
ޕްލެޝަރ އިންޓެންސްގެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ސެންޓުގެވަސް ގިނައިރު ހުރުމެވެ. މި ވަސް ހަންގަނޑުގައި ގަޑިތަކެއް ވަންދެން ދިގުދެމިގެންދާއިރު، މަޑުމަޑުން ބަދަލުވެ، ގިނައިރުވާވަރަކަށް މީގައެކުލެވޭ އެކިނޯޓްތަކުގެވަސް ހާމަވެގެންދެއެވެ. މިއީފުރިހަމަ ބެލެންސެއް އެކުލެވޭ ސެންޓަކަށް ވުމުން ދުވާލު އަދި ރޭގަނޑު ވެސް ބޭނުންކުރަން އެކަށީގެންވެ އެވެ. މިއީ ފާއިތު ނުވާ ރީތިކަމުގެ އިހުސާސެއް ފާޅުކޮށްދޭ ސެންޓަކަށް ވާތީ، ރަސްމީ އިވެންޓްތަކާއި ހާއްސަ މުނާސަބަތުތަކަށް ވެސް ފުރިހަމަ ޗޮއިސްއެކެވެ.
ނާސިސޯ ރޮޑްރިގޭޒް ބްލޫ ނޯއާ

މީރުވަސް އުފެއްދުމަށް މަޝްހޫރު ނާސިސޯ ރޮޑްރިގޭޒް ހުށަހަޅަނީ ފިރިހެންވަންތަކަމާއި ފަންނުވެރިކަން ފާޅުވާ ވަހެއް ކަމަށްވާ ބްލޫ ނޯއާ އެވެ. ބްލޫ ނޯއާގެ ޚާއްޞަ އޯލްފެކްޓަރީ ތަޖުރިބާ ހޯދާބަލާލި އިރު މިއީ ގިނައިރުތަކަށް ވަސް ހިފަހައްތައިދޭ ފިރިހެންވަންތަކަން އެކުލެވިގެންވާ ސެންޓެކެވެ.
ބްލޫ ނޯއާ ގެ ވަސްފެށެނީ ވަގުތުން ހިއްސުތައް އަތުލައިގަންނަ ތާޒާ އަދި މީރުވަސްދުވާ ނޯޓްތަކކުންނެވެ. ނަޓްމެގް އާއި ކާޑަމްގެ މީރުވަސްދުވާ ޓޮޕް ނޯޓްތަކުން އުފެދެނީ ފިރިހެންވަންތަކަމާއި އެކު ވުޑީ ވަހެކެވެ. ވައިބަރންޓް އަދި ބާގަމޮޓް މިސެންޓުގައި އެކުލެވިފައިވުމުން ތާޒާކަމުގެ އަސަރު އިތުރުކޮށް، ވަހުގެމުއްސަނދިކަން ބެލެންސްކޮށް، އަރާމު ވަހުގެ ކޮންޓްރެސްޓެއް އުފެދެއެވެ.
މި ވަސް ގިނައިރުވަމުންދާ ވަރަކަށް ނާޒުކު ފްލޯރަލް ވަހެއް އުފައްދާ، ބްލޫ ނޯއާ އަށް ފުންކަމާއި ފުރިހަމަކަންގެނެސްދެއެވެ. އައިރިސް އާއި މަސްކުގެ ނޯޓްތައް ގުޅި، "އެނިގްމެޓިކް އޯރާ"އެއް އުފެދެއެވެ.ބްލޫ ނޯއާގެ ބޭސް ނޯޓްތަކަކީ އޭގެ ހަގީގީ ފަންނުވެރިކަން ވިދާލާ ނޯޓްތަކެކެވެ. ވެޓިވަރ، އިބޮނީ، އަދި ސީޑާ އެއްކޮށްލުމުން ވަރުގަދަ އަދި މީރުވަހެއް އުފެދެއެވެ.ބްލޫ ނޯއާ އަކީ ދިގު ދެމިގެންދާވަހެއް ވަސް ގެއްލިގެންނުގޮސް ގަޑިތަކެއް ވަންދެން ހުންނަ ސެންޓެކެވެ. ނާސިސޯ ރޮޑްރިގޭޒް ބްލޫ ނޯއާ އަކީ ފިރިހެންވަންތަ މީރުވަހެކެވެ.
ބުލްގަރީ މެން - ޓެރޭ އެސެންސް

ބުލްގަރީގެ މެން ޓެރޭ އެސެންސްގެނެސްދެނީ ބިމާއި ފެހި ނޯޓްތަކުން ގުދުރަތުގެ ރީތިކަން ސިފަކޮށްދޭ ފުރިހަމަ ވަހެކެވެ.ވުޑީ އަދި ވެޓިވަރުގެ މީރުވަސްދުވާ ޓޮޕް ނޯޓްތަކުން އުފެދެނީ ދިރުމާއި ތާޒާ އޯރާއެކެވެ. ޒެސްޓީ ސައިޓްރަސް ނޯޓްސް އިތުރުކުރުމުން އުޖާލާކަމުގެ އަސަރު އިތުރުވެ، ހަކަތައާއި ދިރުމެއްގެ އިހުސާސް އުފެދެއެވެ. 2021 ވަނަ އަހަރު ބާޒާރަށް ނެރެފައިވާ މިސެންޓަކީ ވަރަށް ހިތްގައިމު ވަހެއް އެކުލެވޭ ސެންޓެކެވެ.
ބުލްގަރީ ރޯޒް ގޯލްޑިއާ

އަންހެންވަންތަކަން ފުރިހަމައަށް ދައަކުވައިދޭ އަދި އަންހެން ބޭކަނބަލުންނަށް ޓްރިބިއުޓެއްގެ ގޮތުގައި ބުލްގަރީ އިން އުފައްދާފައިވާ ރޯޒް ގޯލްޑިއާ އަކީ ފިނިފެންމަލާއި މަސްކުން އުފައްދާފައިވާ މީރުވަސް ދުވާ ސެންޓެކެވެ. އަންހެން ބޭކަނބަލަކަށް ހަދިޔާއެއް ދޭން ވިސްނާނަމަ މިސެންޓަށް ވުރެ ވަކި ރަނގަޅު ހަދިޔާއެއް ނުހޯދޭނެކަން ޔަގީނެވެ.މިއީ އެހާވެސް ފުރިހަމަ މަލުގެ ވަހެއް އެކުލެވޭ ސެންޓެކެވެ.
މަންސެރާ ރެޑް ޓޮބޭކޯ

މަންސެރާ އަކީ 2008 ވަނަ އަހަރު ޕިއެރޭ މޮންޓޭލް އުފެއްދި އަދި އާޓް ޑެކޯ ޑިޒައިން އިން އިންސްޕަޔަރ ކޮށްފައިވާ ފްރާންސްގެ ލަގްޒަރީ ނިޝް ބްރޭންޑެކެވެ. މަންސެރާ ގެ ރެޑް ޓޮބޭކޯ އަކީ ގިނައިރު ވަސްހުންނަ ސެންޓުތަކަށް ލޯބިކުރާ ބޭފުޅުންނަށް ރަނގަޅު ސެންޓެކެވެ. މިސެންޓަކީ 24 ގަޑިއިރު ވަސް ހިފަހައްޓާ ލޯންގލާސްޓިންގ ވަހެއް އެކުލެވޭ ސެންޓެކެވެ. ގަދަ ވަހެއް އެކުލެވޭ މިސެންޓަކީ ހަމަގައިމުވެސް އެހެން މީހުންގެ ތައުރީފްތަކުން ފުރާލަދޭނެފަދަ ވަހެއް ހުންނަ ސެންޓެކެވެ. ވެނީލާ އަދި އޫދް ޓޮބޭކޯގެ އިތުރުން އެކި ސްޕައިސަސް ގެ ނޯޓްތައް ހިމެނޭ ސެންޓު ޖެހުމަށްފަހު ގިނައިރުވުމުން ދުވާވަސް އަދި މާހިތްގަައިމެވެ. މިސެންޓަކީ ފިނެސް އިން ލިބެން ހުރި އެންމެ ޙާއްސަ އެއްސެންޓެވެ.
މަންސެރާ ޕިންކް ރޯޒް

ޕިންކް ރޯޒްސް ބައި މަންސެރާ އަކީ އަންހެނުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ފްލޯރަލް ގްރީން ސެންޓެކެވެ. ޕިންކް ރޯޒްސް ތައާރަފްކުރީ 2017 ވަނަ އަހަރު ކަމަށްވާއިރު، ޓޮޕް ނޯޓްސް އަކީ ބަލްގޭރިއަން ރޯޒް، ގްރީން ނޯޓްސް، ބާގަމޮޓް އަދި ކެލަބްރިއަން މެންޑަރިން އެވެ؛ ހާޓް ނޯޓްތަކަކީ މޮރޮކޯ ރޯޒް، ވައިލެޓް، ޕީއާރ އަދި ޕަޗޫލީ އެވެ؛ ބޭސް ނޯޓްތަކަކީ ވައިޓް މާސްކް އަދި އެމްބަރގްރިސް އެވެ.މިއީ މަލުގެ ވަސް އެކުލެވޭ ސެންޓަަށް ލޯބިކުރައްވާ ބޭފުޅުންނަށް ޙާާއްސަ އުފެއްދުމެކެވެ. ހެންދުނު ފޮޅޭ މީރު ފިނިފެންމަލެއް ގެ ވަސް ފެތުރިގެންދާ ފަދައިން މިސެންޓުގެ ހިތްގައިމު އަންހެންވަންތަ ވަސް ފެތުރިގެންދެއެވެ.
ޕްރެޝިއަސް އޫދް ބައި މަންސެރާ

ޕްރިޝިއަސް އޫދް ބައި މަންސެރާ އަކީ އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ އަމްބަރ ވެނީލާ ސެންޓެކެވެ. ޕްރިޝިއަސް އޫދް ތައާރަފްކުރީ 2019 ވަނަ އަހަރު ކަމަށްވާއިރު، ޓޮޕް ނޯޓްތަކަކީ ލައޯޝިއަން އޫޑް، ވިސްކީ، ލެދަރ އަދި ބާގަމޮޓް؛ މެދު ނޯޓްތަކަކީ ޓިރާމިސޫ، ރޯޒް، ވައިލެޓް، މެގްނޯލިއާ އަދި ޕަޗުލީ ލީފް އެވެ؛ ބޭސް ނޯޓްތަކަކީ ވެނީލާ، އަމްބަރ، އޯކްމޮސް، ސެންޑަލްވުޑް އަދި ސީޑާ އެވެ. ވުޑީއަދި ފްލޯރަލް ވަހެއް އެކުލެވޭ މިސެންޓަކީ ހިތްގައިމު ގިނައިރަށް ދެމިގެންދާ ވަހެއް ހިމެނޭ ސެންޓެކެވެ.
އިންސްޓަންޓް ކްރަޝް ބައި މަންސެރާ

މެންސެރާގެ އުފެއްދުމެއްކަމަށްވާ އިންސްޓަންޓް ކްރަޝް އަކީ ރޯޒް ޖޭޒްމިން އަދި އެމްބަރގެ އަރާމުވަހުން ފަރުމާކުރެވިފައިވާ ހިތްގައިމު ސެންޓެކެވެ.މީގެއިތުރުން މިސެންޓުގައި އެކުލެވޭ ސިޓްރަސް ފުރުޓާއި ވެނީލާ އަދި ސެންޑަލްވުޑް ފަދަ ވަސްތަކުން މީގެވަހަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މިސެންޓުގެ ވަހަކީ ގިނައިރަށް ދެމިގެންދާ ވަހެކެވެ.ފިރިހެންބޭފުޅުންގެ ބައެއް ޙާއްސަސެންޓުގެ ތެރެއިން މެންސެރާގެ ސެޑްރެޓް ބޮއަޒޭ އަކީ ފިރިހެންވަންތަ ވުޑީ ވަހެއް އެކުލެވޭ ސެންޓެކެވެ. ހަމަގައިމުވެސް މިސެންޓް ޖަހާލައިގެން ހުންނައިރު " ހާދަ މީރުވަސް ދުވައޭ" ބުނެނުލާ މީހަކު ނުހުންނާނެއެވެ.
ޖޮން ޕޯލް ގޯޓިއޭ ލަ މޭލް ލެ ޕާރފިއުމް

ޖޮން ޕޯލް ގޯޓިއޭގެ އެންމެ ފަހުގެ ފިރިހެނުންގެ ސެންޓު ކަމަށްވާ ލެ މޭލް ލެ ޕާފޫމް ވަރަށް ގިނަބަޔަކަށް ކަމުދިޔައެވެ! ކަޅު އަދި ރަން ކުލައިގެ ރީތި ފުޅިއެއްގައިވާ މި އިންޓެންސް އޯ ޑި ޕާފޫމް އިން ލެ މޭލް ރޭންޖުގެ ސެންޓުގެ ލީޑަޝިޕް ނަގަމުންދަނީ ރީތި ސްޓައިލަކާ ވަރުގަދަ ކަމަކާ އެކުގަ އެވެ .އައިރިޝް ހާޓް އަދި ވެނީލާ ބީންއެކުލެވޭ ވަސްތައް ކަމުދާފަރާތްތަކަސް މިސެންޓު ވަރަސް ކަމުދާނެއެވެ. ލެވޭންޑަރގެ ނޯޓް ވެސް އެކުލެވޭ މިސެންޓަކީ ގަދަ މީރުވަހެއް އެކުލެވިގެންވާ ސެންޓެކެވެ.
ކްލިނިކް ހެޕީ ހާރޓް

2003 ވަނަ އަހަރު ތައާރަފްކުރި ކްލިނިކް، ހެޕީ ހާޓް އަކީ ކޮންމެ ދުވަހަކު ވެސް ޖަހައިގެން އުޅެން ފުރިހަމަ ލުއި އަދި ތާޒާ ވަހެކެވެ. މަތީ ނޯޓްތަކުގައި ހިމެނެނީ ކެސިއާ، މެންޑަރިން އޮރެންޖް އަދި ކިއުކަމްބާ އެވެ. ހާޓް ނޯޓްތަކަކީ ވޯޓާ ހައިސިންތު، ކެރެޓް އަދި ޔެލޯ ޕްރައިމްރޯޒް އާއި ބްލޮންޑް ވުޑްސް އާއި ސެންޑަލްވުޑްގެ ބޭސް ނޯޓްތަކެކެވެ.މިއީ އުފާވެރިކަމުގެ ލުއިލުއި ވަހެކެވެ. އަދި ފްރެޝް ވަހެއް އެކުލެވޭ މިސެންޓު ރާއްޖޭގެ ހޫނު މާހައުލާ ވަރަށް ގުޅެއެވެ.
އިޒީ މިޔާކީ ޕިއޯ ޕެތަލް ޑި ނެކްޓަރ

ފާހަގަކޮށްލެވޭ އެހެން ޙާއްސަ ސެންޓަކަށް ބަލާއިރު" އިޒީ މިޔާކީ ލޫޑީސާ ޕިއޯރ ޕެޓަލް ޑި ނެކްޓަރ" އަކީ އަންހެނުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ އެމްބަރ ފްލޯރަލް ސެންޓެކެވެ. މިސެންޓު2019 ވަނަ އަހަރު ތައާރަފްކުރިއިރު، ޓޮޕް ނޯޓްތަކަކީ ހަނީ އެންޑް ޕީއާ؛ މެދު ނޯޓަކީ ރޯޒް އެވެ؛ ބޭސް ނޯޓްތަކަކީ ސެންޑަލްވުޑް، ކަޝްމީރު ވުޑް އަދި އެމްބަރގްރިސް އެވެ. މިއީ ފޮނި އަދި އއެކުއެޓިކް ވަހެއް އެކުލެވޭ މީރުވަސް ދުވާ ސެންޓެކެވެ.
ކެރޮލައިނާ ހެރޭރާ ގުޑް ގާރްލް

ހުވަނދުމަލުގެ ފޮނި، ހިތްގައިމު ވަހުގެ ސަބަބުން ގުޑް ގާލްއަށް އުޖާލާ އަންހެންވަންތަކަމެއް ލިބިގެންދެއެވެ. ކޮލިޓީ މީރުވަސްދުވާ ކޮކޯ އާއި ޓޮންކާ ގުޑް ގާލްގެ "މިސްޓޭރިއަސް ސައިޑް" ހާމަކޮށްދޭއިރު، އަލްމަންޑްސް އާއި ކޮފީ އިން ގެނެސްދެނީ ހިތްގަމު ތަފާޓު ވަހެއް އެކުލެވޭ ނޯޓްތަކެކެވެ.މިއީ ޓޮޕްނޯޓްގައިއަލްމަންޑް ހާޓްނޯޓްގައި ޖޭސްމިން ސްމްބަކް އަދި ޓިއުބްރޯސް ކްރިސްޓަލްގެ އިތުރުން ބޭސް ނޯޓުގައި ޓޮންކާ ބީންއާއި ކޮކޯ ހިމެނެއެވެ. މިސެންޓުމީ ޒުވާން ކުދިންގެ މެދުގައި މަގުބޫލްކަން ލިބިފައިވާ ސެންޓެކެވެ.
ވަރސާޗޭ އޭރޯސް ފްލޭމް

އޭރޯސް ފްލޭމް ބައި ވަރސާޗޭ އަކީ ފިރިހެނުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ވުޑީ ސްޕައިސީ ސެންޓެކެވެ. އެރޯސް ފްލޭމް 2018 ވަނަ އަހަރު ތައާރަފްކުރިއިރު، މި ވަހުގެ ފަހަތުގައިވާ މޭސްތިރިއަކީ އޮލިވިއާ ޕެޝެކްސް އެވެ. ޓޮޕް ނޯޓްތަކަކީ މެންޑަރިން އޮރެންޖް، ބްލެކް ޕެޕަރ، ލެމަން، ޗިނޮޓޯ އަދި ރޮޒެމެރީ އެވެ؛ ހާޓް ނޯޓްތަކަކީ ޕެޕަރ، ޖެރެނިއަމް އަދި ރޯޒް އެވެ؛ ބޭސް ނޯޓްތަކަކީ ވެނީލާ، ޓޮންކާ ބީން، ޓެކްސަސް ސީޑާ، ސެންޑަލްވުޑް، ޕެޗުލީ އަދި އޯކްމޮސް އެވެ.މިސެންޓުގެ ކޮންސެޕްޓް ބިނާވެފައިވަނީ ޝައުގުވެރި ލޯބީގެ މާނައެއްގެ މައްޗަށް ކަމަށާއި، މިއީ "ޖަޒުބާތުތަކާ ފުންކޮށް ގުޅިފައިވާ ވަރުގަދަ، ޝައުގުވެރި، އަމިއްލަ ނަފްސަށް އިތުބާރުކުރާ މީހެއް" ރަމްޒުކޮށްދޭ ވަހެއްގެ ގޮތުގައި މާކެޓްކޮށްފައިވާ އެއްޗެކެވެ.
ޓޮމްފޯޑް ޓޮބޭކޯ ވެނިލް

ޓޮމް ފޯޑްގެ ޓޮބަކޯ ވެނިލް އަކީ އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ އަމްބަރ ސްޕައިސީ ސެންޓެކެވެ. ޓޮބަކޯ ވެނިލް ތައާރަފްކުރީ 2007 ވަނަ އަހަރު ކަމަށްވާއިރު، މި ވަހުގެ ފަހަތުގައިވާ މޭސްތިރިއަކީ އޮލިވިއާ ގިލޮޓިން އެވެ. މަތީ ނޯޓްތަކަކީ ޓޮބަކޯ ލީފް އަދި ސްޕައިސީ ނޯޓްސް އެވެ؛ ހާޓް ނޯޓްތަކަކީ ވެނީލާ، ކެކެއޯ، ޓޮންކާ ބީން އަދި ޓޮބަކޯ ބްލޮސަމް އެވެ؛ ބޭސް ނޯޓްސް އަކީ ޑްރައިޑް ފްރޫޓްސް އަދި ވުޑީ ނޯޓްސް އެވެ.މިއީ ލަްގޒަރި ސެންޓުތަކަށް ލޯބިކުރާ ފަރާތްތަކަށް އެންމެ ކަމުދާ އެއްސެންޓެވެ.ޓޮބޭކޯ ވެނިލް އަކީ މުއްސަނދި، "ހޮޓް" އަދި "އައިކޮނިކް" އުފެއްދުމެކެވެ. އިނގިރޭސި ޖެންޓަލްމަންސް ކްލަބެއްގެ ހަނދާން އާވާ އަދި މުއްސަނދި ރަހަތަކާއި ވެނިލާ އަދި ދުންފަތުގެ މަލާއި އެކު ބްލެންޑްކޮށްފައިވާ މި ސެންޓަކީ ވަރުގަދަ ތަސައްވުރެއް ދޫކޮށްލާ އެއްޗެކެވެ.
ޑޮލްޗީ އެންޑް ގަބާނާ ދަ ވަން ފޯ މެން

ޑޮލްސޭ އެންޑް ގަބަނާ އިން އުފައްދާފައިވާ ދަ ވަން ފޯ މެން އޯ ޑި ޕާފޫމް އިންޓެންސް އަކީ ފިރިހެނުންނަށް ހާއްސަ ލެދަރ ސެންޓެކެވެ. ވަން ފޯ މެން އޯ ޑި ޕާފޫމް އިންޓެންސް 2020 ވަނަ އަހަރު ތައާރަފްކުރިއިރު، މި ވަހުގެ މޭސްތިރިއަކީ ޖީން ކްރިސްޓޮފް ހެރޮލްޓް އެވެ. މަތީ ނޯޓްތަކަކީ ކާޑަމޮމް، ނެރޯލީ އަދި ސައިޕްރެސް އެވެ؛ ހާޓް ނޯޓްތަކަކީ ކެޝްމަރަން، ބެންޒޮއިން، ނެރޯލީ އަދި ކްލެރީ ސޭޖް އެވެ؛ ބޭސް ނޯޓްތަކަކީ ލެދަރ، ނެރޯލީ، ޕަޗުލީ އަދި ލަބްޑަނަމް އެވެ.ދަ ވަން ފޯ މެން ސެންޓާ އެއް ސާފު ޖިއޮމެޓްރިކް ލައިންތައް ހިއްސާކޮށްފައިވާ މި ފުޅި މިހާރު ވަނީ ޑޮލްޗޭ އެންޑް ގަބާނާގެ އައިކޮނިކް ކުލަ ކަޅު ކުލައިން އަލުން ތައްޔާރުކޮށްފައެވެ. ރީތިކަމާއި ޝަހުވަތްތެރިކަމާއި ސަގާފަތުގެ ރަމްޒު ކަމުގައިވާ މި ސްލީކް ބްލެކް ފުޅީގައި ވިދާ ރަން ތަފްސީލުތަކެއް ޖަހާފައިވާއިރު، އެތެރޭގައިވާ ވަހުގެ ތަފާތު ފަރާތްތައް ދައްކުވައިދެއެވެ.
ޝެނަލް ކޮކޯ މެޑެމޮއިސެލް

ކޮކޯ މެޑެމޮއިސެލް އޯ ޑި ޕާފޫމް އަކީ ވަރުގަދަ ޝަޚުސިއްޔަތެއް ލިބިފައިވާ އަންހެންވަންތަ އެމްބަރީ ވަހެއްއެކުލެވޭ އުފެއްދުމެކެވެ.ޝެނަލްގެ ކޮކޯ މެޑެމޮއިސެލް އަކީ އަންހެނުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ އެމްބަރ ފްލޯރަލް ސެންޓެކެވެ. ކޮކޯ މެޑެމޮއިސެލް 2001 ވަނަ އަހަރު ތައާރަފްކުރިއިރު، މި ވަހުގެ ފަހަތުގައިވާ މޭސްތިރިއަކީ ޖެކް ޕޯލްޖް އެވެ. ޓޮޕް ނޯޓްތަކަކީ އޮރެންޖް، މެންޑަރިން އޮރެންޖް، ބާގަމޮޓް އަދި އޮރެންޖް ބްލޮސަމް އެވެ؛ ހާޓް ނޯޓްތަކަކީ ތުރުކީ ރޯޒް، ޖޭސްމިން، މިމޯސާ އަދި ޔިލަންގް-އިލަންގް އެވެ؛ ބޭސް ނޯޓްތަކަކީ ޕެޗުލީ، ވައިޓް މާސްކް، ވެނީލާ، ވެޓިވަރ، ޓޮންކާ ބީން އަދި އޮޕޮޕޮނެކްސް އެވެ. މި ސެންޓަކީ އެވޯޑް ފީފީ އެވޯޑް ބެސްޓް ނޭޝަނަލް އިޝްތިހާރު ކެމްޕޭން / ޓީވީ 2008 ވަނަ އަހަރުގެ ސެންޓެވެ. މިސެންޓުގެ ވަސް 10 ވަރަކަށް ގަޑިއިރަށް ހިފަހައްޓައެވެ.
ޝެނެލް ނަންބަރ 5

ޝެނަލް ނަންބަރު 5 ޕާފޫމް ބައި ޝެނަލް އަކީ އަންހެނުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ފްލޯރަލް އެލްޑީހައިޑް ސެންޓެކެވެ. ޝެނަލް ނަންބަރު 5 ޕާފޫމް ތައާރަފްކުރީ 1921 ވަނަ އަހަރު ކަމަށްވާއިރު، މި ވަހުގެ ފަހަތުގައިވާ މޭސްތިރިއަކީ އާނެސްޓް ބީއުސް އެވެ. ޓޮޕް ނޯޓްތަކަކީ އެލްޑީހައިޑްސް، ޔިލަންގް-އިލަންގް، ނެރޯލީ، ބާގަމޮޓް އަދި ލެމަން އެވެ؛ ހާޓް ނޯޓްތަކަކީ އައިރިސް، ޖޭސްމިން، ރޯޒް، އޮރިސް ރޫޓް އަދި ލިލީ އޮފް ދަ ވެލީ އެވެ؛ ބޭސް ނޯޓްތަކަކީ ސިވެޓް، މާސްކް، އަމްބަރ، ސެންޑަލްވުޑް، މޮސް، ވެޓިވަރ، ވެނީލާ އަދި ޕެޗުލީ އެވެ.ޝެނަލް ނަންބަރު 5 އަކީ ދުނިޔޭގެ ފުރަތަމަ އެބްސްޓްރެކްޓް ސެންޓު ކަމަށާއި، މިއީ 80 އަށް ވުރެ ގިނަ މާއްދާ ހިމަނާފައިވާ ކޮމްޕްލެކްސް، މަލްޓި ލޭޔަރ ފޯމިއުލޭޝަން ޕްރޮސެސްއެއްގައި އެލްޑީހައިޑްސް ބޭނުންކޮށްގެން ވަސްތައް އެކުލަވާލާފައިވާ، ފްލޯރަލް ނޯޓްތަކަށް އިްކަންދީފައިވާ މަޤްބޫލް އުފެއްދުމެކެވެ. މިސެންޓަކީ ވަރަށް ގިނަ ސެލްބްރިޓީންގެ އެންމެ މަގުބޫލް ސެންޓަށް ވަނީ ވެފައެވެ.
ފާހަގަ ކޮށްލެވިގެން ދިޔަ ސެންޓު ތަކުގެ އިތުރުންވެސް ހިތްގައިމު ގިނަ ވަސްތަކެއް ހިމެނޭ ސެންޓުގެ އޮރިޖިނަލް ބާވަތްތައް ޕާފިއުމް ބައި ފިނެސް އިން ލިބެން ހުންނާނެއެވެ. ހުރިހާ ބޭފުޅުންވެސް ގިވްއަވޭގެ އިތުރުން ފިނެސް އިން އެކި ހާއްސަ ދުވަސް ތަކާ ގުޅުވައިގެން ބާއްވާ ގިވްއަވޭ އަދި ޕްރޮމޯޝަންތަކުގެ މައުލޫމާތް ހޮދުމަށް އަވަހަށް ފޭސްބުކް އަދި އިންސްޓަރގްރާމް އިން "ޕަރފިއުމް ބައި ފިނެސް" ފޮލޯ ކޮށްލައްވާށެވެ.
ޕަރފިއުމް ބައި ފިނެސް ފޭސްބުކް ޕޭޖް
ޕަރފިއުމް ބައި ފިނެސް އިންސްޓަގްރާމް ޕޭޖް
