ކުރިއަށް އޮތް އުފާވެރި ބޮޑުއީދުގެ ދުވަސްތަކުގެ ޚާއްސަކަން އިތުރުކޮށްދިނުމަށް ކައިލާން އިން ގެނެސްދީފައިމިވަނީ ވަރަށްވެސް އުފާވެރި ޚަބަރެކެވެ. ކައިލާން ޓްރެންޑްސް އަދި ކައިލާން އިން ވިއްކާ ހުރިހާ ބާވަތްތަކުން %70 އާއި ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއް ފަށާފައެވެ.
އާއިލާ މެމްބަރުންނާއި އެކުވެރީންގެ އިތުރުން ލޯބިވާ މީހުންނަށް ޢީދު ހަދިޔާ ދިނުމަށް މިއީ ރަނުގެ ފުރުސަތެކެވެ. މިސޭލްގައި އެންމެ ޚާއްސަ ޑިސްކައުންޓެއް ލިބިގެންދާނީ ކައިލާން އިން ވިއްކާ ހެދުންކަނޑާ ފޮތީގެ ބާވަތްތަކުންނެވެ. އީދަށް ހެދުން ފަހާލަން އަގުހެޔޮކޮށް ރީތި ފޮތި ކައިލާން އިން ލިބެން ހުންނާނެއެވެ. އަދި މި ޚާއްސަ ޕްރޮމޯޝަންގައި %10، %20، %50 ގެ އިތުރުން %70 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
މީގެ އިތުރުން ކައިލާން ޓްރެންޑްސް އިން ސެންޓާއި ކޮސްމެޓިކްސްގެ އެކި ބާވަތްތަކުގެ އިތުރުން ގިފްޓްޕެކްވެސް މިވަނީ މިޚާއްސަ ޕްރޮމޯޝަންގައި ހިމަނާފައެވެ. ކައިލާން ޓްރެންޑްސް ގައި ވިއްކާ ހުރިހާ ތަކެތިންވެސް ޑިސްކައުންޓް ލިބޭނެއެވެ. އެހެންކަމުން މިފުރުސަތަކީ ކަސްޓަމަރުން ބޭނުން ވަރަކަށް ކައިލާން އިން ބާޒާރުކޮށްލުމަށް ފަހުވެސް ބޮޑުއެއްޗެއް ރައްކާކޮށްލެވޭނެ ފުރުސަތެކެވެ. އާއިލާ އެންމެންނަށްވެސް ޢީދު ހަދިޔާއެއް ދެވޭނެ ފުރުސަތު ކައިލާން އަދި ކައިލާން ޓްރެންޑްސް އިން މިވަނީ ހޯދާދީފައެވެ.
ކައިލާން އަދި ކައިލާން ޓްރެންޑްސްގެ ސޭލް ދެމިގެންދާނީ ބޮޑުޢީދު ނިމެންދެންނެވެ. އެހެންކަމުން ލަސްނުކުރައްވާ ޢީދަށް އަގުހެޔޮކޮށް މޭކަޕްސާމާނާއި ސެންޓާއި ފޮތި ކޮސްމެޓިކްސް އަދި ގިފްޓުޕެކްގެ އިތުރުން ގޭތެރޭގައި މީރުވަސްދުއްވާލާނެ ސާމާނު ގަނެލަން ޒިޔާރާތް ކޮށްލައްވާށެވެ. މިސޭލްއާއި ގުޅޭ ގޮތުން އިތުރުމައުލޫމާތެއް ބޭނުންފުޅު ވެލައްވާނަމަ 3307663 ނުވަތަ 9589170 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކޮށްލެވޭނެއެވެ.
