ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް މިފަހަރު ރާއްޖެ އައިސްގެން އުޅެނީ ފޮޓޯ ޝޫޓަކަށެވެ. މިފަހަރު މިއީ ޗުއްޓީ ދަތުރެއް ނޫންކަމަށާއި ރަސްމީ ދަތުރެއްކަމަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.
އެކިކުލަކުލައިގެ ރޮނގުދަމާފަހުރި ބީޗް ހެދުމެއްގައި ހުރި ފޮޓޯއެއް އޭނާގެ އިންސްޓަރ ގްރާމަށް ލުމަށްފަހު އޭނާގެ ވަޒީފާ ދެކެ އޭނާ ލޯބިވާކަމަށް ހާމަކޮށްފައި ރާއްޖޭގައި ނަގާފައިވާ ފޮޓޯ ވަނީ ފޭނުންނަށް ހިއްސާ ކޮށްފައެވެ.
ކެޓްރީނާ އަކީ އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށާއި ޗުއްޓީއަށް އާއިލާއާއި އެކުވެރިންނާއި އެކު ރާއްޖެ އައިސް އުޅޭ ތަރިއެކެވެ. މިފަހަރު ގެ ދަތުރުގެ ފޮޓޯއެއް ސޯޝަލްމީޑިއާއަށް ދޫކޮށްލަމުން އޭނާ ބުނެފައިވަނީ ފޮޓޯ ޝޫޓަށް ރާއްޖެ އަންނަށް ލިބުނީތީ ޝުކުރުވެރިވާކަމަށެވެ.
ކެޓްރީނާގެ އިތުރުންވެސް ބޮލީވުޑްގެ ގިނަ ތަރިން ދަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ. އޭގެ ތެރެއިން ދާދި ފަހުން ޒަވާޖީ ހަޔާތެއް ފެށި ކާޖަލަ އަގަރްވާލް ވެސް އަންނަނީ ރާއްޖޭގައި މާމުއިހަނދުގެ ދުވަސްތައް ހޭދަކުރަމުންނެވެ.
