ބީއެމްއެލްގެ ކޯޑިންގ އަދި އިންޖިނިއަރިންގ ޕްރޮގްރާމް ނިންމާލައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މިއީ އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން އެ ބޭންކުން ތައާރަފްކުރި ކޯޑިންގ އަދި އިންޖިނިއަރިންގ ޕްރޮގްރާމެއް ކަަމަށެވެ.
މިއީ 12 އަހަރާއި 14 އަހަރުގެ އުމުރުފުރާގެ އަންހެން ކުދީންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމު 24 ކުދިން ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
ފޯލޫޕް ކޯޑިންގ އެކަޑަމީ އިން ހިންގި މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ވަނީ ކުދިންނަށް ދަސްކޮށްދީފައެވެ.

