ކެންދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023 ގެ ގްރޫޕް ސްޓޭޖުގައި މިއަދު ގްލޯރިއަސް ވިކްޓްރީއާ ވިނާސް ބޯއީސް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގްލޯރިއްސް ވިކްޓްރީގެ ގޯލުތައް ޖަހައިދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރ 8، ރައްޝާފް އަދި ޖާޒީ ނަންބަރ 97، އަބްދު ﷲ ރަޝީދެވެ. މިއީ ގްރޫޕް ސްޓޭޖުގައި ގްލޯރިއަސް ވިކްޓްރީ ކުޅުނު ދެވަނަ މެޗެވެ. އެ ޓީމު، މީގެ ކުރިން ކުޅު މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އަދި މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ގްލޯރިއަސް ވިކްޓްރީއަށް ބާކީ އެއް މެޗު އެބަ އޮތެވެ.

މިއަދުގެ މެޗުގައި ވިނާސް ބޯއީސް ގެ ގޯލުތައް ޖަހައިދީފައި ވަނީ ޖާޒީ ނަންބަރ 24، އަހްމަދު އަފްރާހް އަދި ޖާޒީ ނަންބަރ 7، އަލީ ނަސީމެވެ. ވިނާސް ބޯއީސް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މި މުބާރާތުގެ ގްރޫޕް ސްޓޭޗުގައި ވިނާސް ބޯއިސް އަށްވެސް އެއް މެޗު ބާކީ އެބަ އޮތެވެ.

މި މެޗުގައި ވިނާސް ބޯއީސްގެ އެއް ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައި ވާއިރު، ގްލޯރިއަސް ވިކްޓްރީގެ ދެ ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ގްލޯރިއަސް ވިކްޓްރީގެ ޖާޒީ ނަންބަރ 2، މުހައްމަދު ޝިމާނެވެ.

މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ. 

ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ.  މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.

މި މުބާރާތުގެ ކުޅުން މާދަމާވެސް އޮންނާނެއެވެ. މާދަމާގެ މެޗުގައި ބައްދަލު ކުރާނީ އެފް.ސީ ވެންގާޑްއާ ހޭޅި އެވެ.