މިހާރު ކުރިއަށްދާ ކެންދޫ ފުޓްބޯލް ޗެލެންޖް 2023 ގައި މިއަދު ކުޅެވުނު ޕްލޭ އޮފް މެޗުގައި 1-0 އިން ބީ.އެލް.ޓީ ބަލިކޮށް، އެފް.ސީ ވެންގާޑުން އެ މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
މި މެޗުގެ ދެވަނަ ހާފުގައި އެފް.ސީ ވެންގާޑަށް ދިން ޕެނަލްޓީ އަކާއި ގުޅިގެން ބީ.އެލް.ޓީ ގެ ކުޅުންތެރިންނާއި ބެންޗުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި ޕެނަލްޓީ ދޭން ނިންމުމާ ގުޅިގެން އުފެދުނު ހިތްހަމަ ނުޖެހުންތަކުގެ ތެރޭގައި ބީ.އެލް.ޓީގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ނަމަވެސް ފަހުން ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށް، އެއީ ޕެނަލްޓީ އެއް ނޫން ކަމަށް ނިންމާފައެވެ. މި ހިތްހަމަ ނުޖެހުމުގެ ތެރޭގައި ބީ.އެލް.ޓީ އިން ވަނީ މެޗު އިތުރަށް ކުޅުމުގެ ފުރުސަތު ނުދީފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުޅުން އިތުރަށް ކުރިއަށް ނުގެންދެވިގެން ނިންމާލިއިރު މެޗުގެ ނަތީޖާ އޮތް ގޮތުން އެފް.ސީ ވެންގާޑަށް ސެމީން ވަނީ ފުރުޞަތު ލިބިފައެވެ.

މި މެޗުގައި އެފް.ސީ ވެންގާޑުުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަންބަރ 7، އަބްދުލް މުއުމިނެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ އެފް.ސީ ވެންގާޑްގެ ޖާޒީ ނަންބަރ 58، މުހައްމަދު އިޖާޒް އެވެ. މިއަދުގެ މެޗުން ހޯދީ މޮޅާއެކު އެފް.ސީ ވެންގާޑުން ސެމީގައި ނިކުންނާނީ ގްލޯރިއަސް ވިކްޓްރީއާ ދެކޮޅަށެވެ.
މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ.

ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.
މި މުބާރާތުގެ ފުރަތަމަ ސެމީގައި މާދަމާ ހަވީރު ޑީ.އެސް.އާރު.ސީ ބައްދަލުކުރާނީ ވިނާސް ބޯއީސްއާ އެވެ.
