ލުކާރާ ޑައެމަންޑް ކުންފުނިން ބޮޓްސްވާނާގެ ކަރޯވޭ ޑައިމަންޑް މައިން ކުރާ ސަރަހައްދުން 998 ކެރެޓްގެ ޖަވާހިރެއް ހޯދައިފިއެވެ. މިއީ މިހާތަނަށް ދުނިޔެއިން ފެނުނު 4 ވަނައަށް އެންމެ ބޮޑު ޑައެމަންޑެވެ.

މިޑައެމެންޑް ފެނިފައިވަނީ އެސައިޓުގައި މީގެ ކުރިން 273،105،83،73 އަދި 69 ކެރެޓްގެ ޖަވާހިރު ހޯދުނު ސަރަހައްދަކުން ކަމަށ އެކުންފުނިން ވަނީ ހާމަކޮށްފައެވެ. ލުކާރާ ކުންފުންޏަކީ މީގެ ކުރިންވެސް ބޮޑެތި ޖަވާހިރު ގިނަ އަދަދަކަށް ހޯދާފައިވާ ސީދާ ބޮޑެތި ޑައެމަންޑް ހޯދަން ހާއްސަ ކުރެވިފައިވާ ކުންފުންޏެކެވެ.

މިކުންފުނީގެ ވެރިން ކަމުގައިވާ އެއިރާ ތޯމަސް އަދި ކެތަރިން މެކްލިއޯޑް ސެލްޓްޒަރ ވަނި ބޮޑެތި ޖަވާހިރު ހޯދުމަށް ހާއްސަ ވަސީލަތާއި ޓެކްނޮލޮޖީ އަށް އިންވެސްޓުކޮށްފައެވެ. މީގެކުރިން ހަމައެތަނުން ވަނީ މިއަހަރު 549 ކެރެޓްގެ ޖަވާހިރެއް ނަގާފައެވެ. މިއީ މިއަހަރު ހޯދުނު އެންމެ ބޮޑު ޖަވާހިރުގެ ތެރޭގައި ހިމެނޭ ދެޖަވާހިރެވެ.

ލުކާރާއިން ބުނެފައިވަނީ މިފަހަރު ހޯދުނު ޖަވާހިރަށް އަދި ނަމެއްދީފައި ނުވާކަމަށައީ، މީގެ ކުރިން ހޯދުނު 549 ކެރެޓްގެ ޖަވާހިރަށް ދީފާއިވާ ނަމަކީ "ސެތުންޔާ" ކަމަށެވެ.

ލުކާރާއިން އެޗްބީ އޭންޓްވަރޕް އާއިއެކު ވަނީ މިގޮތަށް ހޯދާ ޖަވާހިރު ކެފުމާއި ޕޮލިޝްކުރުމަށް ހާއްސަ އެއްބަސް ވުމެއްގައި ސޮއެކޮށްފައެވެ. ލުކާރާއިން ހޯޑާ 10.8 ކެރެޓަށް ވުރެ ބަރު ކޮންމެ ޖަވާހިރެއްގެ މަސައްކަތް ހަވާޅުކުރަނީ އެޗްބީ ވަރޕް އަށެވެ.

މިހާތަނަށް ދުނިޔެއިން ހޯދުން ޖެމް ކޮލިޓީގެ އެންމެ ބޮޑު ޖަވާހިރު ފެނިފައިވަނީ 1905 ވަނަ އަހަރު ސައުތު އެފްރިކާއިންނެވެ. އެޖަވާހިރަކީ 3106 ކެރެޓް ޖަވާހިރެކެވެ.