ތަފާތު ގޮތްގޮތާއި ރަހަތަކާއި އަސްލުތަކާއެކު ޗީޒަކީ ދުނިޔޭގެ ކެއުމުގެ ސަގާފަތްތަކުގެ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ކްރީމީ އަދި ރަހަމަޑުން ރަހަގަދަ އިން ފެށިގެން ލޮނުގަދަ އަދި ސެލެޑް ، ޕިއްޒާ ޕާސްތާގެ އިތުރުން ބާރގާ ނުވަތަ ހުހަށްކާންވެސް ކަމުދާ އެއްޗެކެވެ.

 

ޗެޑާ: ދަ ޓައިމްލެސް ކްލާސިކް

އިނގިރޭސިވިލާތުން އުފެދިފައިވާ ޗެޑާ އަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ގިނައިން ދެނެގަނެވޭ އަދި އެންމެ ގިނައިން ބޭނުންކުރާ އެއް ޗީޒް އެވެ. އޭގެ އޮމާން ޓެކްސްޗާ އާއި މީރު ރަހަ އުމުރާއެކު ތަރައްގީވަމުން އަންނައިރު، މަޑުމަޑު  ކުލައެއްގެ އިތުރުން މަޑު ރަހައެއް ވެސް ހުރެއެވެ. ގިނައިން ސެންޑްވިޗް، ބަރގަރ ނުވަތަ މެކަރޯނީގެ ބޭނުންކުރާ ޗެޑާގެ "ވަރސައިޓިލިޓީގެ" ސަބަބުން ގިނަ ބަދިގެތަކުގައި މިއީ އާންމު ބާވަތެކެވެ.

 

ބްރީ: އަ ކްރީމީ އިންޑަލްޖެންސް

ފްރާންސްއަށް ނިސްބަތްވާ ބްރީ އަކީ އޮމާން އާއި ކްރީމީ ކަމަށް މަޝްހޫރު ޗީޒެކެވެ. އޭގެ ނާޒުކު ރަހައިން މަޝްރޫމް އަދި "އާރތީ" ރަހަތަކެއް އެކުލެވިގެންވެ އެވެ. ފިނިނުކޮށްކާން އެންމެ ކަމުދާ ބްރީ ގިނައިން ބޭނުންކުރަނީ ބިސްކޯދާއި ޕާނުގައި ޖަހައިގެން ނުވަތަ މޭވާ އާއި ނަޓްސް އާއި އެކު މީރު އެޕެޓައިޒަރެއް ގެގޮތުގައެވެ.

 

ޕާމިޖިއާނޯ-ރެޖިއާނޯ: ޗީޒްތަކުގެ ރަސްގެފާން

އިޓަލީން އުފެދިފައިވާ ޕާމިޖިއާނޯ-ރެޖިއާނޯ އަކީ ރަހައިގެ ގޮތުން މުއްސަނދި، ނަޓް ރަހަ އާއި ފުނޑުވާކަހަލަ ގޮތަކަށް ހުންނަ ،ހަރު އަދި ފުނޑުކޮށްލެވޭހެންހުންނަ ޗީޒެކެވެ. މަދުވެގެން ދެ އަހަރު ވަންދެން ތައްޔާރުކުރުމަށް ބެހެއްޓިފައި  ހުންނަ މި ބާވަތަކީ ގިނަ ފަހަރަށް ޕާސްތާ، ސެލެޑް، އަދި ސޫޕްތަކުގެ މައްޗަށް "ގްރޭޓް" ނުވަތަ ގާނާއިގެން ބޭނުން ކުރާ އެއްޗެކެވެ. މި "ކިންގް އޮފް ޗީޒް" އަކީ އުފެއްދުންތެރިކަމުގެ ސަގާފީ އުސޫލުތަކަށް ވަރަށް ބޮޑަށް ތަބާވާން ޖެހޭ އެއްޗެއް ކަމަށް ބުނެވެއެވެ.

ގޯޑާ: އަ ޑަޗް ޑިލައިޓް

ޑަޗް ސިޓީގެ ނަމުން ނަން ދީފައިވާ ގައުޑާ އަކީ ކުޑަކޮށް ހަރު ޗީޒެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އޮމާން، ރީނދޫކުލައިގެ އެތެރެއާއި ރަތް ނުވަތަ ރީނދޫ ކުލައިގެ ވެކްސް ކޯޓިންގ އެއްވަށައިގެން ލެވިފައިވާ ޗީޒެކެވެ. އެއީ ހިތްގައިމު، ކުޑަކޮށް ފޮނި ރަހައެއް އެކުލެވޭ ބާވަތަކަށް ވާއިރު، ނަޓް ރަހައެއްވެސް އެކުލެވެއެވެ. ގޯޑާ ތަފާތު ގޮތްގޮތަށް ލިބެން ހުންނައިރު، ތަންކޮޅެއް ދުވަސްނުވާ އަދި މަޑު، ދުވަސްވެ ރަހަގަދަ، އަދި ދުމުން ދިލަޖައްސާފައިވާ ވައްތަރުތައް ވެސް ހިމެނޭތީ، ލުއި ކާނާ އާއި ކެއްކުމަށް ވެސް ހެޔޮވަރު ޗޮއިސްއެކެވެ

 

 

ބްލޫ ޗީޒް: ބޯލްޑް އަދި ޓެންޖީ

ފްރާންސާއި އިނގިރޭސިވިލާތް ފަދަ އެކި ގައުމުތަކުން އުފެދިފައިވާ ބްލޫ ޗީޒްގައި ކްރީމީ ޓެކްސްޗާގެ ތެރެއިން ވަކިވަކި ނޫކުލައިގެ ރޮނގުތަކެއް އެކުލެވެއެވެ. އޭގައިވާ ނޫރޮނގާއި ގަދަރަހަ އަކީ މޯލްޑް ނުވަތަ އޭގައި ޖަހާފައިވާ "ފޫ" ގެ ސަބަބުން ލިބިގެންވާ ސިފަތަކެވެ. ރޮކްފޯޓް، ސްޓިލްޓަން، އަދި ގޯގޮންޒޯލާ ފަދަ ބްލޫ ޗީޒް ވައްތަރުތަކުން ސެލެޑް، ޑްރެސިންގް އަދި މީރު ކެއުންތަކަށް ފުރިހަމަކަން އިތުރުކޮށްދީ، ރަހަތަކުގެ ތަފާތު އުފާވެރިކަމެއް ލިބިގެންދެއެވެ.

 

މޮޒާރެލާ: ދަ މެލްޓިންގ ސެންސޭޝަން

އިޓަލީގެ ކެއުންތަކުން މަގުބޫލުކަން ލިބިފައިވާ މޮޒާރެލާ އަކީ ތެތްކަން ގަދަ ތާޒާ އަދި ސެމީ ސޮފްޓް ޗީޒެކެވެ. ހޫނުވުމުން "ސްޓްރެޗީ" ދެމޭ އަދި ސްޓްރިންގީ ޓެކްސްޗާ އަށް މަޝްހޫރު މި ޗޮއިސް އަކީ ޕިއްޒާ، ކެޕްރީޒް ސެލެޑް، އަދި ޕާސްތާ ޑިޝްތަކަށް ވެސް ވަރަށް ރަނގަޅު ބާވަތެކެވެ. އޭގެ މަޑު ރަހައާއި ރީތިކޮށް މެލްޓުކޮށްލުމުގެ ގާބިލްކަމުން މިއީ ގުނާ ނުލެވޭ ގިނަ ރެސިޕީތަކުގައި ގިނަ ގޮތްގޮތަށް ބޭނުންކުރެވޭ ޗީޒްއެކެވެ..

 

ފެޓާ: ދަ ޕްރައިޑް އޮފް ގްރީސް

ގްރީސް އިން އުފެދިފައިވާ ބްރައިންޑް ޗީޒެއް ކަމަށްވާ ފެޓާ އަކީ ފުނޑުކޮށްލެވޭ އަދި ތަތްކަމެއް އެކުލެވޭ ޗީޒްއެކެވެ. އޭގެ ރަހައިގައި ކުޑަކޮށް ލޮނު އެކުލެވިގެންވެއެވެ.އާންމު ގޮތެއްގައި ބަކަރީގެ ކިރުން ހަދާ މި ބާވަތަކީ ގްރީކް ސެލެޑްތަކާއި މެޒޭ ޕްލެޓްތަކާއި ފިހެފައިވާ ކެއުންތަކުގައި ގިނައިން ބޭނުންކުރާ އެއްޗެކެވެ. ފޭޓާގެ ތަފާތު ރަހައާއި ޓެކްސްޗާގެ ސަބަބުން ތަފާތު ކެއްކުންތަކަށް މެޑިޓަރޭނިއަން ރަހައެއްގެނުވައިދެއެވެ.

 

ޗީޒްގެ ދުނިޔެއަކީ ޗީޒް އުފެއްދުމުގެ ސަގާފަތްތަކުގެ ތަފާތު ފަންނުވެރިކަމާއި ސަގާފަތްތައް ދައްކުވައިދޭ ރަހަތަކާއި ޓެކްސްޗާތަކުގެ ޚަޒާނާއެކެވެ. ޓައިމްލެސް ޗެޑާ އިން ފެށިގެން ކްރީމީ ބްރީ އާއި ތޫނުރަހައެއްއެކުލެވޭ ޕާމިޖިއާނޯ-ރެޖިއާނޯ އާއި ބޮލްޑް ބްލޫ ޗީޒް އާއި ހަމައަށް ކޮންމެ ވައްތަރަކުން ވެސް ތަފާތު ރަހައެއްގެ ތަޖުރިބާއެއް ލިބެ އެވެ. ޗީޒް ބޯޑެއްގައި ސެންޓަރޕީސްއެއްގެ ގޮތުގައި ބޭނުންކުރިޔަސް، ކަލިނަރީ ކްރިއޭޝަންތަކުގައި ހިމެނޭ އެއްޗެއްގެ ގޮތުގައި ބޭނުންކުރިޔަސް، ނުވަތަ ހަމައެކަނި ހުހަށްކާލަން ބޭނުންކުރިޔަސް ޗީޒްއަކީ ވަރަށް ފުރިހަމަ ރަހަތަކެއް އެކުލެވޭ އެއްޗެކެވެ.