މާގިރި ހޮޓަލުން މާދަމާ ބްރޭކްފާސްޓު ނަގައިގެން ޑިސްކައުންޓް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފިއެވެ.

އުރީދޫ އިން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިއީ އެ ކުްނފުނީގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ކަމަށެވެ. އަދި މި ޕްރޮމޯޝަނުގެ ދަށުން  15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

މި ޑިސްކައުންޓް ހޯދުމަށް ކަސްޓަމަރުންގެ ކްލަބް ޕްރިމިއަރ ކާޑު ދައްކާލުމުން ޑިސްކައުންޓް ލިބޭނެ ކަމަށާއި މިއީ އަޟްހާ އީދާ ދިމާކޮށް، ހަމައެކަނި މާދަމާ އޮންނަ ޕްރޮމޯޝަނެއް ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.

އުރީދޫއިންއެ ކުންފުނީގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތައް ހިންގަމުންދާއިރު، އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ވެސް ތަފާތު އެކި ޕްރޮމޯޝަންތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

މާގިރި ހޮޓަލަކީ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު ހޮޓަލެކެވެ. އަދި ތަފާތު އެކި ހަފުލާތައް ވެސް ބާއްވާ މާގިރި ހޮޓަލަކީ ދިވެހީންގެ މެދުގައި ވެސް މަގުބޫލު ތަނެކެވެ.