މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ނަން ހުށަހެޅުމުގެ ފުރުސަތު ޖުލައި 10 ގެ ނިޔަލަށް ހުޅުވާލައިފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން އިންތިޒާމްކުރާ މިއެވޯޑަށް ނަން ހުށައެޅުމަށް ހުޅުވާލާފައިވަނީ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.
މި އެވޯޑު މި ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މިއަހަރުގެ އެވޯޑްސްގައި ގެސްޓް ހައުސް އެޑިޝަންގައި 10 ދާއިރާއެއް ވަނީ ހިމަނާފައެވެ. އަދި އެވޯޑް ދިނުމުގައި އާއްމުންގެ ޚިޔާލާއި، އެސްއެމްއެސް ވަނީ ހިމަނާފައެވެ.
މީގެ އިތުރުން ޓްރިޕް އެޑްވައިޒަރ ގައި ގެސްޓް ހައުސްގެ ރޭންކިންގ އަށް ބަލާނެ ކަމަށް ވެސް މަޓާޓޯއިން ބުނެފައި ވެއެވެ.
މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން މަޓާޓޯއިން ދެމުން އަންނަ އެވޯޑެކެވެ.
