މިހާރު ކުރިއަށްދާ ކެންދޫ ފޫޓްބޯލް ޗެލެންޖް 2023 ގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ޑީ.އެސް.އާރު.ސީ ގެ މައްޗަށް އެފް.ސީ ވެންގާޑުން ކުރި ހޯދާ މުބާރާތުގެ ތިންވަނަ ކަށަވަރުކޮށްފިއެވެ. މި މެޗުން ވެންގާޑް މޮޅުވީ 8-4 އިންނެވެ.
ކެންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ޑީ.އެސް.އާރު.ސީ ގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރ 30، ޞަފްވާން ގެ އިތުރުން ޖާޒީ ނަންބަރ 10، އުނައިޝް ޒުބައިރެވެ. މި ދެކުޅުންތެރިންވެސް ވަނީ ދެ ގޯލު ކާމިޔާބު ކޮށްދީފައެވެ. ޑީ.އެސް.އާރު.ސީ ގެ ދެވަނަ ލަނޑު، އުނައިޝް ޒުބައިރު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުންނެވެ.

އެފް.ސީ ވެންގާޑުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރ 19، އަބްދުލް މުހައިމިން އާއި ޖާޒީ ނަންބަރ 69، ޝީޔާން އާއި ޖާޒީ ނަންބަރ 9، އިބްރާހިމް ރަޝީދް އަދި ޖާޒީ ނަންބަރ 12، އަމީން އާއި ޖާޒީ ނަންބަރ 77، ރަބީއުގެ އިތުރުން ޖާޒީ ނަންބަރ 88 ނާޔިފްއެވެ. ނާޔިފް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ހެޓްރިކް ވެސް ހަދާފައެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ ނާޔިފް އެވެ.
މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ.

މުބާރާތުގެ ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ. މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.
މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖް 2023 ގެ ފައިނަލްގައި މާދަމާ ހަވީރު ވިނާސް ބޯއީސް ނިކުންނާނީ ގްލޯރިއަސް ވިކްޓްރީއާ ދެކޮޅަށެވެ.
