މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 9 ލައްކައިން މައްޗަށް އަަރއިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގް ތަފާސް ހިސާބުން ދައްކާ ގޮތުގައި މި މަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް 904,908 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

މިއީ މިދިޔަ އަހަރަށްވުރެ 13.9 ޕަސެންޓް އިތުރުވުމަކަށްވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 794,853 ޓޫރިސްޓުންނެވެ.

1.9 މިލިއަން ޓޫރިސްޓުން މިއަހަރު ރާއްޖެއަށް ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ރާއްޖެއަށް މިހާރު ޓޫރިސްޓުން އަންނަ އަދަދަށް ބަލާ ނަމަ, އަންނަ މަހުގެ ތެރޭގައި އެއް މިލިއަން ޓޫރިސްޓުން އައުމުގެ ފުރުސަތު ބޮޑު ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ކޮވިޑް-19 އަށް ފަހު، ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު އިތުރަވަމުން އަންނައިރު، މިދިޔަ އަހަރު އެއް މިލިއަން ޓޫރިސްޓުން ހަމަވީ އޮގަސްޓު މަހުގެ ތެރޭގައެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިންނެވެ. އެ ގައުމުން 107,117 ޓޫރިސްޓުން ވަނީ އައިސްފައެވެ. ދެވަނައިގައި ރަޝިއާ އޮތީ 106,851 ޓޫރިސްޓުންނާއެކުގައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިނގިރޭސި ވިލާތުން މިހާތަަަނަށް 79,000 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފައެވެ.