ކެންދޫ ފުޓްބޯލް ޗެލެންޖް 2023 ގެ ޗެމްޕިއަންކަން ގްލޯރިއަސް ވިކްޓްރީ ހޯދައިފިއެވެ.

މިއަދު ކުޅެވުނު ފައިނަލް މެޗުގައި ވިނާސް ބޯއީސް ގެ މައްޗަށް ގްލޯރިއަސް ވިކްޓްރީ ކުރި ހޯދީ 4-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ގްލޯރިއަސް ވިކްޓްރީގެ ގޯލުތައް ޖަހައިދީފައި ވަނީ ޖާޒީ ނަންބަރ 30، ރަޝާދު އަދި ޖާޒީ ނަންބަރ 8، ރައްޝާފް ގެ އިތުރުން ޖާޒީ ނަންބަރ 21، އިޔާދެވެ. ރަޝާދު ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ދެ ގޯލު ކާމިޔާބު ކޮށްދީ އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ކެންދޫ ފުޓްބޯލް ޗެލެންޖް 2023 ގެ އެއްމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަކީ ގްލޯރިއަސް ވިކްޓްރީގެ ޖާޒީ ނަންބަރ 8، ރައްޝާފް އެވެ. އަދި ބެސްޓް ޕްލޭޔާރ ގެ މަގާމު ހޯދާފައިވަނީ ވިނާސް ބޯއީސް ގެ ޖާޒީ ނަންބަރ 26، އަލީ ޖައިލަމްއެވެ. މީގެ އިތުރުން މުބާރާތުގެ އެއްމެ މޮޅު ގޯލް ކީޕަރުގެ މަގާމު ހޯދާފައި ވަނީ ގްލޯރިއަސް ވިކްޓްރީގެ ކީޕަރު، ޖުނާދެވެ.

މި މުބާރާތުގެ ތިންވަނަ ޓީމަކީ އެފް.ސީ ވެންގާޑެވެ. އަދި ފެއަރ ޕްލޭ ޓީމަކީ އެފް.ސީ ރައިވަލްސް އެވެ. ރަނަރަޕް އަށް ގޮސްފައިވަނީ ވިނާސް ބޯއީސް އެވެ. 

މިފަހަރުގެ ކެންދޫ ފުޓްފޯލް ޗެލެންޖް 2023 ގެ އެއްވަނަ އަދި ޗެންޕިއަން ޓީމް، ގްލޯރިއަސް ވިކްޓްރީއަށް ވަނީ 30،000 ރުފިޔާގެ ފައިސާ އިނާމު ހަވާލުކޮށްފައެވެ.

މިއަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ. 

ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ.  މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.

މި މުބާރާތް ނިންމާލަމުން އިއުލާނު ކޮށްފައިވާ ގޮތުން މި އަންނަ އަހަރުވެސް މި ނަމުގައި މުބާރާތެއް އޮންނާނެއެވެ.