އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗަރ ޓެކުހުން ދައުލަތަށް 947 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި އޭޑީއެފް އާއި ޑިޕާޗަރ ޓެކުހުން 947.4 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.

އެގޮތުން މި ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޭޑީއެފްގެ ގޮތުގައި 480.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 466.5 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ތަފާސް ހިސާބަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ  26.5 އިންސައްތަ އިތުރުވުމެކެވެ. އޭޑީއެފްގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 480.9 މިލިއަން ރުފިޔާއެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނީ 466.5 މިލިއަން ރުފިޔާއެވެ.

އޭޑީއެފްގެ ގޮތުގައި 870.6 މިލިއަން ރުފިޔާ އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 870.6 މިލިއަން ރުފިޔާ މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.