އެޗް ސެވެންޓީ އެއިޓް ގްރޫޕްގެ ފަރާތުން ނެޝަނަލް ބޯޓިންގ އެސޯސިއޭޝަނަށް މާސްކު ހަދިޔާކޮށްފިއެވެ.

އެ ގްރޫޕުން ހަދިޔާކޮށްފައިވަނީ 5000 މާސްކެވެ.

އެ ގްރޫޕުގެ ފަރާތުން މިތަކެތި ހަވާލު ކޮއްދެއްވީ އެކުންފުނީގެ ސީއީއޯ، އަފާފް އަބްދުލް މަޖީދުއެވެ. ނެޝަނަލް ބޯޓިންގ ގެ ފަރާތުން މިތަކެއްޗާ ހަވާލުވެލެއްވީ އެޖަމިއްޔާގެ ރައީސް، އަހުމަދު އަފްރާހު އެވެ.

އެޗް 78 އެއިޓް އަކީ 2015 އަހަރުން ފެށިގެން ހުޅުމާލޭ ގައި ހިންގާ 14 ކޮޓަރީގެ ބީޗްފްރަންޓް ގެސްޓްހައުސްއެކެވެ. އެޗް ސެވެންޓީ އެއިޓްގައި ތިންފަންތި އެއްގެ ކޮޓަރި އާއި ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި ތަފާތު އެކްސްކަރޝަންތައް ރާވާހިންގައެވެ.

މީގެ އިތުރުން އެތަނުގައި ހިންގާ ދަ ކެޗް ސެވެންޓީ އެއިޓް ރެސްޓޯރަންޓަކީ ހޮޓަލުގައި ތިބޭ ފަތުރުވެރިންނާއި ދިވެހިންގެ ތެރޭގައިވެސް މަގްބޫލް ތަނެކެވެ.

މިއަދު ހަދިޔާކުރި ތަކެއްޗާ ހަވާލުވުމައްފަހު ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަފްރާހް ވިދާޅުވީ، މީ އަމިއްލަ ފަރާތަކުން ކޯވިޑް ތެރޭ އިންޑަސްޓްރީއަށް ކޮއްދެއްވި ވަރަށްވެސް ބޭނުންތެރި އެހާމެ މުހިއްމު އެއްޗެއް ކަމަށާއި އެހެންކަމުން އެންބީއެމްގެ މެމްބަރުންގެ ނަމުގައި އެ ގްރޫޕަށް ޝުކުރުއަދާކުރާ ކަމަށެވެ.

މިހަފްތާގައި އެން.ބީ.އޭ.އެމް އިން ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، އެޗް.ޑީ.ސީ، އެޗް.ޕީ.އޭ އަދި ޕޮލިސްގެ އެހީތެރިކަމާއިއެކު ސަފާރީ ބޯޓްތަކުންފުރާ ފަތުރުވެރިންނަށް ޓެސްޓިންގ ހަޓެއް ގާއިމުކޮށްފައެވެ.