ޝާޚްރުކް ޚާން އަލުން ފިލްްމުތަކުގައި ހަރަކާތްތެރިވަމުން އަންނައިރު، ދާދި ފަހުން އޭނާގެ ސްޓްރީކަށް ހުރަސް އެޅުނީ ސެޓްގައި ހިނގި އެކްސިޑެންޓެއްގެ ސަބަބުންނެވެ. 

ދާދި ފަހުން އެމެރިކާގެ ލޮސް އެންޖެލިސްގައި ޝޫޓިން އަށް ދިޔަ ޝާހްރުކް ޚާން އަށް އެކްސިޑެންޓެއް ދިމާވެ ކުޑަ ސާޖަރީއެއް ހަދަން ޖެހުނެވެ.

އެމެރިކާގެ މަސްދަރަކުން އީޓައިމްސްއަށް ދިންއިންޓަރވިއުގައި ބުނީ "އެސްއާރުކޭ ޕްރޮޖެކްޓަކަށް ލޮސް އެންޖެލިސްގައި ޝޫޓް ކުރަމުން ދިޔައިރު ޝޫޓިންގ ނިމުނީ ނޭފަތަށް އަިޔާވެގެން ލޭ އަންނަން ފެށުމުން ވަގުތުން ހޮސްޕިޓަލަކަށް ގެންދިޔައީ. އޭނާގެ ޓީމަށް ޑޮކްޓަރުން އެންގީ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ." އަދި ލޭއައުން ހުއްޓުވުމަށް ކިންގް ޚާންގެ ކުޑަ ސާޖަރީއެއް ހަދަން ޖެހޭނެ ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.

އޮޕަރޭޝަނަށް ފަހު އެސްއާރުކޭ ފެނުނީ ނޭފަތުގައި ބެންޑޭޖެއް އަޅާފައި ހުރިތަނެވެ. ޝާހްރުކް ޚާން މިހާރު އެނބުރި އިންޑިއާއަށް އައިސްފައިވާއިރު، އޭނާގެ މިހާރު ހުރީ ގޭގައި ކަމަށް އަދި ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.