ދިވެހިންނަކީ އަބަދުވެސް ލަވަ ކިޔަން ފޯރި ހުންނަ ބަޔެކެވެ. އެ ގޮތުން ކަރޯކޭ ޖެއްސުމަކީ މިހާރު ދިވެހިން ގެ އާދައެކެވެ. ހަފްތާ ބަންދު ވިޔަސް އުފަންދުވަހެއް ވިޔަސް ނުވަތަ އާއިލީ ބައްދަލުވުމެއް ކަމުގައިވިޔަސް ދިވެހިން އެންމެ ގިނައިން ކުރާކަމަކީ ކަރޯކޭ ޖެއްސުމެވެ. މިފަދަ ވަގުތުތަކުގައި ދިވެހި ލަވައިގެ ކަރޯކޭ ވެބްސައިޓް ހޯދުމަކީ ވަރަށް ވެސް އުނދަގޫ ކަމަކަށް ވެގެން ދެއެވެ.
މިކަމަށް ހައްލެއް ގެ ގޮތުގައި ދިވެހި އާއިލާއަކުން މިވަނީ ދިވެހި ލަވައިގެ ކަރޯކޭ ވެބްސައިޓްއެއް ތައާރަފުކޮށްފައިއެވެ. އެ ވެބްސައިޓް ތައާރަފު ކޮށްފައިވަނީ ނޮވެމްބަރ 11 ވަނަ ދުވަހުއެވެ. މިވެބްސައިޓް ލޯންޗް ކުރިއިރު 1000 އަށްވުރެ ގިނަ ދިވެހި ކަރޯކޭ ލަވަ ހިމެނޭ އިރު މިކަންކުރަން 6 އަހަރު ވަރު ހޭދަ ވެގެން ދިޔަ ސަބަބަކީ ދިވެހި ކަރޯކޭ ލަވަތައް މަދުވުމުން ކަމުގައިވެއެވެ.
މި ވެބްސައިޓްގައި އަދި ހުރީ ކޮޕީ ރާގުގެ ދިވެހި ލަވަކަމުގައި ވިޔަސް ކުރިޔަށް އޮތްތާންގައި ދިވެހި އާޓިސްޓުން ގެ އުފެއްދުންތައް ކޮޕީ ރައިޓްސް ހޯދައިގެން އަޕްލޯޑް ކުރަމުންދާނެ ކަމުގައިވެއެވެ.
ވެބްސައިޓްގައި މިހާރު ދެ ޕެކޭޖެއް ލިބެން ހުންނާނެ އެވެ. އެއީ 24 ގަޑިއިރަށް ދޫކުރާ "ޕާޓީ" ޕެކޭޖާއި، ހަފްތާއެއް ވަންދެން ބޭނުން ކުރެވޭ "އެންޖޯއީ" ޕެކޭޖެވެ.
މިވެބްސައިޓްއިން ބުނާ ގޮތުގައި މިހާރު މިވެބްސައިޓް ފަރުމާ ކުރަން މަސައްކަތް ކުރަމުން ދަނީ މަހުން މަހުން ލާރި ދައްކައިގެން ސަބްސްކްރިޕްޝަންއެއް ހަދައިގެން ކުރިޔަށް ދެވެނޭ ގޮތުގައިކަމަށެވެ.
