މާލޭގައި ނުވަތަ އަތޮޅުތެރޭގައި ވަރަށް ގިނަ ފިޓްނެސް ސެންޓަރުތަކާއި ކްލާސްތައް ހިންގައެވެ. ހުރިހާ އެންމެން ކަހަލަ ގޮތަކަށް މިހާރު ޞިއްޙަތަށް ވަރަށްބޮޑު ސަމާލުކަމެއް ދެއެވެ. އެހެންކަމުން މިއީ ވަރަށް ފުޅާ ދާއިރާގައި ކުރެވޭ ވިޔަފާރިއަކަށްވެސް ވަނީ ވެފައެވެ. ނަމަވެސް ކޮންމެ ޚިދުމަތެއްވެސް ދެމެހެއްޓެނިވި ގޮތެއްގައި ދެވެނީ އަދި އެ ޚިދުމަތެއްގެ ފެންވަރު ރަގަޅު ވެގެން އަންނަނީ ޚިދުމަތްބޭނުން ކުރާ ފަރާތްތަކުން އެ ޚިދުމަތަކަށް އޮންނަ އިތުބާރުގެ ސަބަބުންނެވެ. ވިޔަފާރިތައް ކުރިއަރާ ދަނީ ވެސް ހަމަ މި ބީދައިންނެވެ.

މީގެ 2 އަހަރު ކުރިން ފިޓްނެސްގެ ދުނިޔެއަށް އުފަންވި ބޮޑީޓެކްއަކީ މިހާރު އެންމެންގެ ދޫމައްޗަށް ފަސޭހަ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ބްރޭންޑަކަށް ވަނީ ވެފައެވެ. އޭގެ އެއް ހެއްކަކީ ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ޓީމް ކަމަށްވާ މާޒިޔާގެ ފިޓްނެސް ޕާޓްނަރ އަކަށް ބޮޑީޓެކް ހަމަ ޖެހުމެވެ. ބޮޑީޓެކްއަކީ އެތަނުގެ ޚިދުމަތް ބޭނުންކުރާ އެންމެހާ މެންބަރުންނާ ވެސް ވަރަށް ގާތްކޮށް ދެކޭ މެނޭޖްމަންޓެއް އޮންނަ ތަނެކެވެ.

ބޮޑީޓެކްގެ ޚިދުމަތް ބޭނުން ކުރާތާ އަހަރެއް ވެފައިވާ އަންމަޑޭއާ ވާހަކަ ދައްކާލީމެވެ. " ބޮޑީޓެކް އާ ޖޮއިންކުރީ މިއަހަރު ފެށުނު ހިސާބުން. ކުރިންވެސް ދޭތެރެއަކުން ޖިމަށް ދަން. އެގޮތަށް ބައެއް ޖިމްތައް ތަޖުރިބާ ކުރެވިފަ ހުރީ. ބޮޑީޓެކްގެ އެންމެ ތަފާތުކަމަކީ ވަރަށް ރައްޓެހިކޮށް ގާތްކޮށް އެންމެންވެސް އުޅޭނީ. އަލަށް ދާ މީހަކުވެސް ބީރައްޓެހިވެފަ ހުންނާކަށް ނުޖެހޭނެ. އަނެއްކާ ކަމެއް ވެގެން ވެސް ދެ ދުވަހެއްވަރު ޖިމަށް ނުދެވިއްޖިއްޔާ އެމީހުންވެސް ގުޅާނެ. އެހެންވެ ވަރަށް ދާހިތުން ދަނީ. ޖިމަށް މިދަނީ ހަމަ އޮފީހުގައި ގިނަ ވަގުތު ހޭދަކުރުމަށްފަހު ގެއަށް އައުމުން ވެސް އެކަމުގައި އުޅެން ޖެހޭތީ އެ ޓެންޝަން ދުރުކޮށް ފިޓްކޮށް ހުރެލަން" މޯލްޑިވިއަން ސީޕްލޭންގެ ރިޒަވޭޝަން ހެޑަކަށް މަސައްކަތް ކުރާ އަންމަޑޭ ކިޔާދިނެވެ.

މިއީ ކޮވިޑް-19 ގެ ދުވަސްވަރުކަމުން ޖިމްތަކަށް ދިއުމަށް ގިނަ ބަޔަކު ޖެހިލުންވުމެވެ. އެހެންކަމުން މިދުވަސްވަރު ބޮޑީޓެކްގެ ފަރާތުން އެތަނުގެ ސާފުތާހިރުކަން ހިފައްޓާ މިންވަރާގުޅޭގޮތުން ވެސް އަންމަޑޭއާ ސުވާލުކޮށްލީމެވެ. ޖަވާބުގައި އޭނާ ބުނީ، "ބޮޑީޓެކްގެ މެނޭޖްމަންޓުން އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ. ކޮންމެ މެޝިނެއް، ކޮންމެ އިކުއިޕްމަންޓެއް އެކަކު ބޭނުން ކުރުމުން ވަގުތުން ސެނެޓައިޒް ކުރޭ. ބެންޗްތައްވެސް އަބަދު ސެނެޓައިޒްކޮށްލަ ކޮށްލާ ތިބޭނީ. ޓިޝޫ އަދި ސެނެޓައިޒަރ ހުސްވެގެން އުޅޭކަން އެއް ގޮތަކަށް ވެސް ނުޖެހޭނެ." ކަމަށެވެ. މީގެ އިތުރުން ވެސް އައްމަޑޭ ފާހަގަ ކުރި ގޮތުގައި އެހެން ޖިމްތަކާ ޚިލާފަކަށް ބޮޑީޓެކްގައި ވޯކްއައުޓްހަދާ މީހުންގެ ކައިރީގައި އަބަދުވެސް ޓްރެއިނަރުން އެހީތެރިވުމުގައި ހަރަކާތްތެރިވެއެވެ.

ދޮޅު އަހަރަށްވުރެ ދިގު މުއްދަތަކަށް ބޮޑީޓެކްގެ މެމްބަރެއްގެ ގޮތުގައި އެތަނުގެ ޚިދުމަތް ހޯދަމުންދާ ޝުޒް ކިޔާދިން ގޮތުގައި،" އެހެން ޖިމްތަކަށް ވެސް ގޮސްފަ ހުރި މީހެއްގެ ހައިސިއްޔަތުން ބުނަން ކެރޭނެ، ބޮޑީޓެކްއަކީ ވޯކްއައުޓް ހަދާލުމަށް އެންމެ އެކަށީގެންވާ މާހައުލޭ. ޖިމްގެ ޖާގަ ބޮޑުވެފައި، އެތަނުގައި ހަރަކާތްތެރިވެ އުޅެން ވަރަށް ފަސޭހަ. މެނޭޖްމަންޓާއި ޓްރެއިނަރުން ބާއްވާ ގާތްކަމާއި ދޭ ހިތްވަރުގެ ސަބަބުން ޖިމަށް ދަނީ ވަރަށް ދާހިތުން" ކަމަށެވެ.

އަންހެން ކަނބަލުން އަލަށް ޖިމަކަށް ދާނަމަ ހިތާހިތާ ކުރެވޭ ސުވާލެއް އޮވެއެވެ. އެއީ އެތަނުގައި އެއްވެސް ކަހަލަ ނޭއްގާނީ އަމަލެއް ހިނގާހެއްޔެވެ؟ އެތަނަކީ އަންހެނުންނަށް ކިހާ ރައްކާތެރި ތަނެއް ހެއްޔެވެ؟ މިކަމަށް އަލި އަޅުވާލާ، ޝުޒް ހާމަ ކުރި ގޮތުގައި،" ބޮޑީޓެކްގައި އެފަދަ އެއްވެސް ކަމަކަށް ފުރުސަތެއް ނޯންނާނެ. އެމީހުންގެ ކްލަޔަންޓުންނަށް ވަރަށް ބަލާނެ މެނޭޖްމަންޓްގެ ފަރާތުން، އެހެންވެ ބޮޑީޓެކް އައީ ހަމަ އާއިލާގެ ބައެއް މިހާރު. ވަރަށް ޔަގީން ކަމާއެކު ބުނާނަން، ޑެއިލީ ވޯކްއައުޓް ހަދަން، ބަރުދަން ލުއިކޮށް ނުވަތަ އިތުރުކޮށް އަދި ޓޯން ކޮށްލަން ވިޔަސް ބޮޑީޓެކް ތަޖުރިބާކޮށްލާށޭ. ހިތް ހަމަ ޖެހޭނެ ފަދަ ފުރިހަމަ ޚިދުމަތެއް ލިބޭނެ" ކަމަށެވެ.

ގަވާއިދުން ބޮޑީޓެކްގެ ޚިދުމަތް ބޭނުން ކުރާ އިލްހާދު އިބްރާހިމް ވެސް ވަނީ އެހެން މެމަބަރުންނެކޭ އެއްފަދައިން ބޮޑީޓެކްގެ މުޅި ޓީމަކީވެސް ވަރަށް ރަޙްމަތްތެރި ބައެއްކަމަށް ފާހަގަކޮށް އެތަނުގެ ތެރޭގައިވާ ޕޮޒިޓިވް ވައިބްގެ ވާހަކަ ފާހަގަކޮށްފައެވެ. "ޖިމަށް ދާންފެށިތާ އަދި 4 ވަރަކަށް މަސްވާނީ. މިހާރުވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ހަކަތަ އިތުރުވެފައިވާ މިންވަރު. ކޮންމެ ވޯކްއައުޓެއް ހެދިޔަސް ކައިރީގައި ހުރެގެން ހިތްވަރުދީ އެކަން ކުރަން އޮންނަ އެންމެ ރަގަޅު ގޮތް ކިޔާދޭނެ. ބޮޑީޓެކްގައި އެންމެ ތަފާތުކޮށް ފާހަގަކުރެވުނު ކަމަކީ އެތަނަށްދާ މީހުންގެ ތެރެއިން ކޮންމެ ފިޓްނެސް ލެވެލް އެއްގެ މީހަކަށް ހަމަ އެއްވަރަކަށް ސަމާލުކަން ދޭކަން" އިލްހާދު އިތުރަށް ކިޔާދިނެވެ.

ޖިމަށް ދާންބޭނުންވެ އެކުގައި ދާނެ މީހަކުނެތިގެން ނުދެވިފައި ތިބި މީހުނަށް މިއީ ވަރަށް އުފާވެރި ޚަބަރެކެވެ. އެކަނި ދިޔަ ކަމުގައިވިޔަސް އެތަނަށް ދިއުމުން އެތަނުގެ މާހައުލު އޮންނާނެގޮތް ވަރަށް ރަގަޅަށް މިވަނީ ތަފާތު މީހުންގެ ފަރާތުން ކިޔާދީފައެވެ. އެހެންކަމުން ލޮކްޑައުންގެ ސަބަބުން ހެލިފެލިވެ އުޅުން މަދުވެ، ގޭގައި ބަންދުވެފައި ތިބެން ޖެހުމުގެ ސަބަބުން ދަށްވެގެން ދިޔަ ފިޓްނެސް ލެވެލް މަތިކޮށްލާ، ހަށިގަނޑަށް އައި ބަދަލު ރަގަޅުކޮށްލުމަށް ކަންކުރަންވީ ގޮތް މިއޮތީ ވަރަށް ރަގަޅަށް ހާމަވެފައެވެ. ފަތިހު 5.30 އިން ފެށިގެން ސަރުކާރު ހުއްދަދޭ އެންމެ ފަހުގަޑިއާ ޖެހެންދެން ޖިމް ހުޅުވާފައި ހުންނާނެއެވެ. ފަސޭހަ ގަޑިއެއް އިޚްތިޔާރު ކުރުމުގެ ފުރުސަތުވަނީ ފަހިވެފައެވެ.