ޒައިތޫނި އަކީ އިންސާނިއްޔަތާއި މިހާތަނަށް ގުޅިފައިވާ އެންމެ ގަދީމީ އަދި އެންމެ ސިއްހަތަށް ފައިދާހުރި އެއް ކާނާއެވެ. މެޑިޓެރޭނިއަން ކެއުމުގެ މައިގަނޑު އެއްޗެއް ކަމަށްވާ ޒައިތޫނި އަކީ ލިޔެވިފައިވާ ބަސްތަކާއި ނުވަތަ ރެކޯޑްކުރެވިފައިވާ ތާރީޚުގެ ކުރިން ފެށިގެން އިންސާނުން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.
ޒައިތޫނި ގަސް އުފެދުނީ އޭޝިއާގެ ހިސާބުތަކުން ކަމަށާއި، މީގެ 6000 އަހަރު ކުރިން އީރާނާއި ސީރިއާ އަދި ފަލަސްތީނުން މެޑިޓެރޭނިއަން ސަރަހައްދުތަކަށް ތައާރަފް ކުރެވިފައިވާ ގަސްތަކެއް ކަމަށްބުނެވެއެވެ. މީލާދީން 3000 ވަނަ އަހަރުން ފެށިގެން ކްރީޓްގައި ޒައިތޫނި ގަސްތައް ހުރިކަމަށް ބެލެވޭއިރު، އެއީ މިނޯއަން ރަސްކަމުގެ ތަނަވަސްކަމަށް މެދުވެރިވި ސަބަބަށް ވެދާނެއެވެ. މީގެ އިތުރުން މީލާދީން 2000 ވަނަ އަހަރާ ހަމައަށް މިޞްރުގެ ޓޫމްބް ތަކުން ޒައިތޫނި ގަސްތައް ފެނިފައިވެއެވެ.
ޒައިތޫނި ގަހުގެ ބޭސްވެރިކަމުގެ ފައިދާ

ގޭގޭގައި އާންމު ކާނާއަކަށް ވުމުން ފެށިގެން ބޭސްވެރިކަމުގެ ފައިދާތަކެއް ލިބުމާ ހަމައަށް ޒައިތޫނި ގަހުގެ ބޭނުންތައް އިންތިހާއަށް ގިނަ އެވެ. މި މީރު މޭވާއިން ލިބޭ ތެލަކީ އާދަކާދައިން ބަނޑުގެ މައްސަލަތައް ހުއްޓުވުމަށާއި، ގޯލްބްލެޑަރ “ސާފުކުރުމަށް” އެހީތެރިވެދީ، ހަމުގެ އެކި ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ތެލެކެވެ. ޒައިތޫނި ތެލުގެ ސިއްހީ ގޮތުން ލިބޭ އަނެއް ފައިދާއަކީ ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށް ބެހެއްޓުމެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ހެލްތުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި "ޒައިތޫނި ތެލުން ކޮލޮރެކްޓަލް ކެންސަރު ޖެހުމަށް ރައްކާތެރިކޮށްދެ" އެވެ.
ޒައިތޫނި ގަހުގެ ފަތަކީ އެންޓިވައިރަލް ޕްރޮޕަޓީތަކުގެ ސަބަބުން ހަރބަލިސްޓުން އާންމުކޮށް ބޭނުންކުރާ ފަތެކެވެ. މިއީ ކުރީ ޒަމާނުގައި ގަހުގެ ފަތްތައް ކައްކައިގެން މެލޭރިއާފަދަ ހުމުގެ ބަލިތައް ފިނިކުރުމަށް ބޭނުންކުރާ އެއްޗެއް ކަމަށްބުނެވެއެވެ. ޒައިތޫނި ފަތް ބޭނުންކުރަމުން އައީ ހަމައެކަނި ހުމުގެ ސީރިއަސް ހާލަތްތަކަށް ފަރުވާ ދިނުމުގައި ނޫން ކަމަށާއި ހިމަބިހި ފަދަ ޓްރޮޕިކަލް ބަލިތަކަށް ވެސް ފަރުވާ ދިނުމަށެވެ. މިއަދު ޒައިތޫނި ފަތުގެ އެކްސްޓްރެކްޓް ގުދުރަތީ ސިއްހީ ޑޮކްޓަރުންގެ އަތުން ލިބެން ހުންނައިރު، ޓެބްލެޓްގެ ގޮތުގައިކާންވެސް ބޭނުންކުރެއެވެ.
ޤުރުއާނާއި ޙަދީޘްގައި ބަޔާންވެގެންވާ ޒައިތޫނީގެ ވާހަކަ

ޒައިތޫނި ލަފުޒު ޤުރުއާނުގައި ހަ ފަހަރު ފާހަގަކޮށްފައިވެއެވެ. ތިރީގައިމިވަނީ ޒައިތޫނިގެ ވާހަކަ ދައްކާފައިވާ ބައެއް އާޔަތެވެ:
اللَّهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّهُ لِنُورِهِ مَن يَشَاءُ ۚ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ (24:35)
ﷲއީ، އުޑުތަކާއި، ބިމުގެ ނޫރެވެ. އެކަލާނގެ ނޫރުފުޅުގެ މިޘާލަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ މިޘާލެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، ބަރަކާތްތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި ﷲ، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ ނޫރުފުޅަށް މަގުދައްކަވަތެވެ. އަދި ﷲ، މީސްތަކުންނަށް މިޘާލުތައް ޖައްސަވައިދެއްވަތެވެ. ﷲއީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ނޫރް ސޫރަތުގެ (24:35)
وَهُوَ الَّذِي أَنشَأَ جَنَّاتٍ مَّعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ ۚ كُلُوا مِن ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ ۖ وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ
އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ ޙާލު، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ ޙާލުގައްޔާއި، އެއްވައްތަރުވެގެން ނުވާ ޙާލުގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުން އިސްރާފު ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ. [ސޫރަތުލް ޢަނާމް، 6:141]
وَشَجَرَةً تَخْرُجُ مِن طُورِ سَيْنَاءَ تَنبُتُ بِالدُّهْنِ وَصِبْغٍ لِّلْآكِلِينَ
އަދި ޠޫރުސައިނާއެވެ ކިޔާ ފަރުބަދައިން ނުކުންނަ ގަހެއް ހެއްދެވީމެވެ. (އެއީ ޒައިތޫނިގަހެވެ.) ތެލާއި، ކާމީހުންނަށްހުރި، ލައިގެންކާއެއްޗެއްގެ ގޮތުގައި އެ ގަސް ހެދެތެވެ.[މުމީނޫން ސޫރަތް 23:20]
وَالتِّينِ وَالزَّيْتُونِ
ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ.[އަލްތިން ސޫރަތު 95:1]
ޤުރުއާނުގައި ޒައިތޫނިގެ ވާހަކަ ބަޔާންވެފައިވުމުގެ ފަހަތުގައިވާ الله (ޞޢވ) ގެ ޙިކުމަތް ސާފުވެއެވެ. ރިޒުޤާއި ކާނާގެ ގޮތުގައި ޒައިތޫނި ބޭނުންކުރުމުގެ މުހިންމުކަމަށް އާޔަތްތަކުގައި ބާރުއަޅާފައިވެއެވެ. އަދި ހަމައެހެންމެ، ޤުރުއާނުގައި ބަޔާންކޮށްފައިވާ އެހެން މޭވާތަކެކޭ އެއްފަދައިން ޒައިތޫނިގެ ވާހަކައަކީ، الله (ޞޢވ) އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވާފައިވާ ކާނާއަކީ އަޅުގަނޑުމެންގެ ސިއްޙަތަށް ފައިދާހުރި އަދި ބޮޑު ނިޢުމަތެއްކަން ހަނދާންކޮށްދިނުމެވެ.
ޒައިތޫނި ގަހުގެ ވާހަކައަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްގައި ބަޔާންކޮށްފައިވާ އެއްޗެކެވެ.
ޒައިތޫނި ބޭނުން ކުރާނީ ކިހިނެއް ހެއްޔެވެ؟

ކެއުމުގައި ޒައިތޫނި ހިމެނުމަކީ ސުންނަތެކެވެ. ލުއި ކާނާގެ ގޮތުގައި ފްރިޖުގައި ރައްކާކޮށްފައި ބަހައްޓައިގެންވެސް ޒައިތޫނި ބޭނުންކުރެވޭނެއެވެ. ގަވާއިދުން ޒައިތޫނި ބޭނުން ނުކުރާ މީހުންނަށް ކާން ކަމުދާބާވަތެއްގެ ޒައިތޫނި ހޮދުމަށް އެކި ބާވަތުގެ ޒައިތޫނި ލިބެނހުރެއެވެ.
ޒައިތޫނި އަކީ ކެއްކުމުގައި ވެސް ހިމަނަން މީރު އެއްޗެކެވެ. އެންމެ ގިނައިން ބޭނުންކުރަނީ ސެލެޑްގައި ނަމަވެސް ޕާސްތާ ސޯސްގައި، ނުވަތަ ރޯސްޓް ޕޮޓޭޓޯއާ އެކު ވެސް މީރު އެއްޗެކެވެ.
އިބްރާހީމްގެފާނުގެ ޢަޤީދާތަކުގައި ދިގު ތާރީޚަކާއި ޤުރުއާނުގައި ވަކި މުހިންމުކަމެއް ލިބިފައިވާ ޒައިތޫނި އަކީ ޖިސްމާނީ އަދި ރޫޙާނީ ހެޔޮކަމުގެ މަޞްދަރެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމެއްކަން ސާފުވާއިރު ކީއްވެގެންތޯ ޒައިތޫނި ބޭނުން ނުކުރަންވީ؟ ކޮންމެއަކަސް ނަބީ ސުންނަތަށް ތަބާވުމަކީ އަބަދުވެސް ޘަވާބު ލިބޭ ކަމެއް ނުވިތާކަށް، އެކަމުގެ ސަބަބުން ހަށިގަނޑަށް ވެސް ފައިދާތަކެއް ލިބެއެވެ!
އެހެންކަމުން ދެން ކަސްކަން ޒައިތޫނި ތެޔޮ ބޭނުންކުރާއިރު ނުވަތަ ސެލެޑް ޑްރެސިންގެ ގޮތުގައި ބޭނުންކުރާއިރު، ޒައިތޫނި ކެއުމަކީ ޤުރުއާނުގައި الله (ޞޢވ) ފާހަގަކުރައްވާފައިވާ އިލާހީ މޭވާއެއްކަން ހަނދާން ކުރާށެވެ!
