އަޖައިބު ކުރުވަނިވި ހުނަރާއެކު ބަތަލާ އުރުވަޝީ ރައުޓެލާ އަންނަނީ ފޭނުންގެ ހިތްތައް ފަތަހަކުރަމުންނެވެ. އެއީ ހަމައެކަނި އެކްޓިން އަށް މަޝްހޫރު އެކްޓަރެއްނޫނެވެ. މޮޅު ނެށުންތެރިއެއްގެ އިތުރުން ރީތިކަމަށްވެސް މަޝްހޫރު ފަންނާނެކެވެ.
އޭނާ އަންނަނީ ފެޝަންގެ ބޮޑެތި ލަނޑުދަނޑިތައް ކަނޑައަޅައި އިންޓަނެޓް ފީޑަށް އިތުރުކުރަމުންނެވެ. އެހެން ނަމަވެސް، މުޅި އިންޓަނެޓްގައި އެންމެފަހުން އުރުވަޝީ ވައިރަލްވަމުން މިދިޔައީމި ، އޭނާ އެއާޕޯޓުން އާދަޔާހިލާފު ހެދުމެއްލައިގެން ހުރި ވީޑިއޯއިންނެވެ.
ހަމަ ގައިމުވެސް އެއާޕޯޓުން ބޭރުން ފެނުނު އިރު ކަޅު ހެދުމުގައި އޭނާ ފެންނަނީ ވަރަށް ރީތިކޮށެވެ. އެއްފަރާތުން ބަތަލާގެ ރީތި ސިފައަށް މީހުން ތައުރީފު ކުރަމުންދާއިރު އަނެއް ފަރާތުން މަދު ބަޔަކު އޭނާގެ އައުޓްފިޓަށް 'ޓްރޯލް' ކުރިއެވެ.
ފެންނަ ފެނުމުގައި ބަތަލާ ލައިގެން ހުރި ހެދުމާ މެދު ގިނަ ބަޔަކު މާޔޫސްކަން ފާޅުކުރަނީ އޭނާގެ ފެޝަން ޗޮއިސްތަކާ މެދު ސުވާލު އުފައްދައިގެންނެވެ. އަދި ކޮމެންޓް ކުރާ ގޮތުގައި އޭނާ ‘އެއީ ކުނި ކޮތަޅުތަކުން ހަދާފައިވާ ހެދުމެއް ލައިގެން ހުރީ ތޯ ’ މީހުން ބުނަމުން ދިޔައެވެ.
