50% ގެ ބޮޑު ޑިސްކައުންޓަކާއެކު ކައިލާން ޓްރެންޑްސްގެ އެނުއަލް ސޭލް މިމަހުގެ 20 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ. ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ 20 ވަނަ ދުވަހު ކައިލާން ޓްރެންޑްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކައިލާން ޓްރެންޑްސްގައި ވިއްކާ ހުރިހާ މުދަލަކުން %50 ޕަސެންޓް ޑިސްކައުންޓް ލިބޭ ބޮޑު ސޭލްއެއް ބާއްވައެވެ.
މިފަހަރުގެ ކައިލާން ޓްރެންޑްސް %50 ބޮޑު އެނުއަލް ސޭލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ. މިފަހަރު ދިގު ވަގުތަކަށް ދެމިގެން ދާގޮތަށް އެނުއަލް ސޭލް ރާވާފައި މިވަނީ މިދުވަސްވަރުގެ ގޮތުން ވީހާވެސް ގިނަ ކަސްޓަމަރުންނަށް މި ސޭލްގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ކައިލާން ޓްރެންޑްސްގެ އެނުއަލް ޕްރޮމޯޝަން ސްޕެޝަލް ސޭލް އަކީ ކައިލާން ޓްރެންޑްސް ހުޅުވިފަހުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބޮޑު ސޭލްއެކެވެ. އަދި ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް މި ސޭލްއަށް ލިބެއެވެ.
