ޔޫރަޕްގެ މަޝްހޫރު އިމޯޝަން ބްރޭންޑްގެ ސެންޓާ ބޮޑީސްޕްރޭ ރާއްޖެއަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ޕޮއިންޓް ކަލެކްޝަންގެ ފަރާތުންނެވެ. އިމޯޝަން ބްރޭންޑަކީ އަންހެން ކަނބަލުންނަށް ޚާއްޞަ އުފެއްދުމެކެވެ. ތަފާތު އެކި މޫޑް ތަކާއި ގުޅޭ ގޮތަށް އުފައްދާފައިވާ މި ބްރޭންޑްގެ ތަފާތު 8 ވައްތަރެއްގެ ސެންޓާ ބޮޑީ ސްޕްރޭ އަދި އިމޯޝަންގެ ވަރަށް ޚާއްޞަ ގިފްޓް ޕެކެއްވެސް ވަނީ ރާއްޖޭގެ މާރކެޓަށް ތައާރަފްކޮށްފައެވެ. ވަރަށް ގިނަ ވަގުތު ވަސް ހުންނަ އަދި އަންހެން ކަނބަލުން އެންމެ ގަޔާވާ ތަފާތު އެކި ވަސްތައް އެކުލެވޭ މި ބްރޭންޑްގެ ސެންޓާއި ބޮޑީ ސްޕްރޭ އަކީ މިހާރު ރާއްޖޭގެ މާރކެޓްގައި ވަރަށް ބާރަށް ވިކެމުން އަންނަ އުފެއްދުމެކެވެ.

ޖަނަވަރީ ހިނގުމުގައި ހުންނަ ޕޮއިންޓް ކަލެކްޝަން ފިހާރައިން އިމޯޝަން ބްރޭންޑްގެ އިތުރުން ޔޫރަޕްގެ މަޝްހޫރު އުފެއްދުންތައް ކަމުގައިވާ ޕްރައިވެސީ، ބްލޭޑް ފަދަ ބްރޭންޑްތަކުގެ ގިނަ ވަގުތަށް ވަސް ހުންނަ ސެންޓާ ބޮޑީ ސްޕްރޭވެސް ޕޮއިންޓް ކަލެކްޝަން ފިހާރައިން ވަނީ ރާއްޖެއަށް ތައާރަފް ކޮށްފައެވެ.

މި ބްރޭންޑްތަކުގެ ސެންޓާއި ބޮޑީ ސްޕްރޭ އަކީ 24 ގަޑިއިރު އަދި 48 ގަޑިއުރު ވަސް ހުންނަ މޮޅު އުފެއްދުން ތަކެކެވެ.

މީގެއިތުރުން އާރކޯ މެންގެ ތުބުޅި ބާލާ ރޭޒަރާ، ފޯމް އަދި އާފްޓަރސޭވް އަދި އަދި އާފްޓަރ ސޭވް ބާމްވެސް ޕޮއިންޓް ކަލެކްޝަންއިން ވަނީ ރާއްޖެއަށް ތައާރަފް ކޮށްފައެވެ.

މިހުރިހާ އުފެއްދުންތަކެއްވެސް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ޕޮއިންޓް ކަލެކްޝަންއިން ލިބިވަޑައިގަންނަވާނެއެވެ. އަދި އެކި ރަށްރަށުން އަދި އަތޮޅުތަކުން މި ބްރޭންޑްތަކުގެ އުފެއްދުންތައް ވިއްކުމަށް އެޖެންޓުންނަށް ވުމަށްވެސް ޕޮއިންޓް ކަލެކްޝަންއިން ވަނީ ފުރުސަތު ހުޅުވާލާފައެވެ. ޕޮއިންޓް ކަލެކްޝަންގެ ހޯލްސޭލް ފޯން ނަންބަރަކީ 7449994 އެވެ.