އެހެންމީހުނާއި ހިލާފު އާދަޔާއި ހިލާފު ހެދުން އެޅުމުގެ ވައްޓަފާޅިއަށް މަޝްހޫރު އެކްޓަރު ރަންވީރު ސިންގް މިހާރު އަވަދިނެތި އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ރޮކީ އޯރް ރާނީ ކި ޕްރޭމް ކަހާނީ" ޕްރޮމޯޓް ކުރުމުގަ އެވެ.

ދާދި ފަހުން މި ޖުލައި މަހުގެ 21 ވަނަ ދުވަހު މުމްބާއީގައި ބޭއްވި އިވެންޓެއްގައި ރަންވީރު ވަނީ ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބައްޗަން އާއި އޭނާގެ އައުޓްފިޓް ޗޮއިސް ހިމެނޭ ސަމާސާ ހާދިސާއެއް ހިއްސާކޮށްފަ އެވެ

ދުވަހަކުވެސް އާންމު ތަންތަނުގައި އައުޓްފިޓެއް ލައިގެން އުޅެނިކޮން ލަދުގަންނަން ޖެހުނު ހާދިސާއެއް ދިމާވިތޯ ސުވާލުކުރުމުން ރަންވީރު ބުނެފައިވަނި ހިތުން ވަރަށް ރީތިވެލައިގެން އަގުވެސް އެހާމެ ބޮޑު ކޯޓް ފަޓުލޫނެއްގައި ހުރެގެން ބިގްބީއާއި ދިމާވުމުން ލައިގެން ހުރި ހެދުން ރީތި ތޯ ސުވާލުކޮށްލުމުން ބިގްބީ ދިން ޖަވާބުން ލަދުން މަރުވިކަމަށެވެ. ބިގްބީ ބުނީ ރަންވީރުސިންގ ހީވަނީ ގަހެއް ހެނެވެ.