ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ އާއިލީ ޗުއްޓީ ޔޫރަޕްގައި ނަގާފައިވާ އާ ފޮޓޯތަކުން މަސްބާނަން ކޯރެއްގެ ކައިރިއަށް ގޮސްގެން އުޅޭ ފޮޓޯތަކެއް ފޭނުންނަށް ދައްކާލައިފިއެވެ.އެ ތަސްވީރުތަކުން ފެންނަނީ އެ ދެމަފިރިން އަދި ފިރިހެން ދަރިން ތައިމޫރާއި ޖެހަންގިރު އާއި އެކު އަވިގަދަ ދުވަހެއް ރީތި ކޯރުކައިރީ ހޭދަކުރަމުންދާ މަންޒަރެވެ. އެ ފިރިހެން ކުދިން ސައިފް އާއި އެކު މަސްވެރިކަން ކުރާތަން ފެނެއެވެ.

އެ ފޮޓޯތަކުން ފެންނަނީ ކަރީނާ ކަޕޫރު އިށީނދެގެން ސައިފް އާއި ކުދިން ބާނާމަސްތައް ބަލަހައްޓައިގެންއިންނަ މަންޒަރެވެ. ޖީންސާއި އަވިއައިނު އަދި ސާދާ ޓީޝާޓެއްގައި ކަރީނާ ރިލެކްސްކޮށް ފެންނައިރު ސައިފް ޚިޔާރުކުރީ ބްރީޒީ ހުދު ޓީޝާޓަކާއި މެޗިން ފަޓުލޫނެކެވެ. ޖެހް އާއި ތައިމޫރު ލައިގެން ތިބީ އަރާމުފޮތީގެ ޓީޝާޓާއިސޯޓެވެ.

އަނެއް ފޮޓޯއިން ފެންނަނީ ސައިފްއެންކޮޅު އަޅައިގެން މަސްވެރިކަމަށް ދޮށިތައްޔާރު ކުރަމުން ދަނިކޮށްނެވެ.ކައިރީގައި ޖޭހް އަށް އެހީތެރިވަމުން އަންނަ މީހަކު ވެސް ހުރެއެވެ.
ތަފާތު ތަސްވީރެއްގައި ސައިފް އާއި ތައިމޫރު މަސްވެރިކަމުގެ ދޮށިތައް ހިފައިގެން ތިބި މަންޒަރު ފެންނަނީ ހަމަހިމޭން ލޭކް ކައިރީގަ އެވެ. ޔޫރަޕްގައި ތިބި ސީދާ ތަނެއް ހާމަކޮށްފައި ނުވި ނަމަވެސް، ކުރިން އެމީހުން ތިބީ އިޓަލީގައި ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ކަރީނާ ކަޕޫރު އަންނަނީ އެމީހުންގެ އާއިލީ ޗުއްޓީގެ ބައެއް ސްނެޕްޝޮޓްތައް ހިއްސާ ކުރަމުންނެވެ. މީގެ ކުރިން ކުރި ޕޯސްޓެއްގައި އޭނާ ވަނީ ފަހި ފެހިކަމުގެ ތެރޭގައި ޕޯޒްކޮށްފައި ކަމަށާއި ފަހަތުގައި ފަރުބަދައަކާއި ހަމަހިމޭން ކޮޓަރެިއެއް ހުރިކަަން ފާހަގަކުރަމުނެނެވެ.. ޝޯލްއެއްގައިގައި އޮޅާލައިގެން ޑެނިމް ލައިގެން ހުރި އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ “ފްރޭމްޑް ❤️?- ބައި މައި ޑިއާރ ފްރެންޑް @ginaroznerpr.” އެވެ.
