ޑައިރެކްޓަރު ގްރެޓާ ގޭރްވިގްގެ ފިލްމު ، މާގޮޓް ރޮބީ އާއި ރަޔަން ގޮސްލިންގް ލީޑް ރޯލުން ފެނިގެންދާ "ބާބީ" ފުރަތަމަ ހަފްތާ ބަންދުގައި 155 މިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ހޯދައިފިއެވެ. 

މިހާތަނަށް 2023 ވަނަ އަހަރުގެ އެންމެ ބޮޑު ކާމިޔާބީ އެއް އޮޕަނިން ހަފްތާ ގައި “ބާބީ” އެއްވަނައިގައި ރޭންކް ކުރިއިރު، “ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3” އަދި “ސްޕައިޑަރ މޭން: އެކްރޮސް ދަ ސްޕައިޑަރ-ވަރސް”ވެސް ރިލީޒްކޮށްފައިވަނީ ހަމަ މިދަނޑިވަޅުއެވެ.

"ބާބީ" އަކީ 2023 ވަނަ އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެންމެ ބޮޑު ފިލްމެވެ. މުޅި ދުނިޔޭގައި "ބާބީ"ގެ ޑެބިއު އަށް 337 މިލިއަން ޑޮލަރު (293 މިލިއަން ޕައުންޑް) ލިބިފައިވެ އެވެ.

ފިލްމުތައް ރިލީޒް ކުރުމުގެ ކުރިން އިނގިރޭސިވިލާތުގެ އޮޑިއަން އިން ބުނީ 200،000 އަށް ވުރެ ގިނަ އެޑްވާންސް ޓިކެޓް ގަނެފައިވާ ކަމަށާއި ފިލްމު ހުޅުވި ހަފްތާ ބަންދުގައި "ބާބީ" އާއި "އޮޕެންހައިމާ" ފިލްމު ވެސް 10،000 އެއްހާ މީހުންނަށް ބަލާނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ވޫ ސިނަމާއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި "ބާބީ"ގެ ޕްރީ ސޭލް ގަތް އަދަދު "މި އަހަރު ރިލީޒްކުރި އެހެން ބްލޮކްބަސްޓަރ ފިލްމަކަށް ވުރެ މަތި" ކަމަށެވެ. މާލޭގައިވެސް މިހާރު ޝްވެކް ސިނަމާގައި "ބާބީ" ދައްކަމުން އަންނައިރު ޓިކެޓް ވަނީ ވަރަށް ގިނައިން ވިކި ގިނަދުވަސްތަކަކަށް ހައުސް ފުލްވެފައެވެ.

"ބާބީ" ވަނީ މި ހަފްތާ ބަންދުގައި ގިނަ ރެކޯޑްތަކެއް މުގުރާލާފަ އެވެ .

އަންހެނުން އިސްކޮށް ހަރަކާތްތެރިވާ އެހެން ގިނަ ފިލްމުތަކުގެ އުމުރު ދުވަހުގެ އާމްދަނީ "ބާބީ" މިހާރު ވެސް ފަހަނައަޅައި ގޮސްފައިވާއިރު، އޭގެ ތެރޭގައި އޯޝަން 8 ގެ 297.7 މިލިއަން ޑޮލަރު، ބާޑްސް އޮފް ޕްރޭގެ 205.3 މިލިއަން ޑޮލަރު އަދި ލިޓްލް ވިމެންގެ 218.8 މިލިއަން ޑޮލަރު ހިމެނެ އެވެ).

އުމުރުން 52 އަހަރުގެ ކްރިސްޓޮފަރ ނޯލަންގެ ބައޮޕިކަކީ އޭނާގެ އެންމެ މަތީ އޮޕަނިން ހަފްތާ ބަންދާއި އާރް ރޭޓިން ފިލްމަކަށް މިހާތަނަށް އެންމެ ރަނގަޅު އޮޕަނިން ކަމަށްވާއިރު، ޖޯން ވިކް: ޗެޕްޓަރ 4 ގެ 73.8 މިލިއަން ޑޮލަރުގެ އެއްވަނަ ހޯދި ފިލްމަކީވެސް މިއީއެވެ.

"ބާބީ" އާއި "އޮޕެންހައިމާ" އަށް ލިބުނު ފަދައިން އެއް ފިލްމަކުން 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބުނުއިރު ދެވަނަ ފިލްމަކަށް 50 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބުނު އޮޕަނިން ހަފްތާ ބަންދެއް ދުވަހަކުވެސް ލިބިފައެއް ނުވެ އެވެ.

ވާނާ ބްރަދާސްގެ މިހާތަނަށް ކުޅުނު އެއްވެސް ފިލްމަކަށް ވުރެ އެންމެ ބޮޑު ޕްރީ ސޭލްސް "ބާބީ" އަށް ލިބުނީ 22.3 މިލިއަން ޑޮލަރެވެ.