އަފްޣާނިސްތާނުގެ ހުރިހާ ހިސާބެއްގައި ހުރި ބިއުޓީ ސެލޫންތައް ތާލިބާނުންގެ އެންގުމާއި އެއްގޮތަށް ކުރިއަށް އޮތް ހަފްތާތަކުގައި ބަންދުކުރަން ނިންމައިފިއެވެ.
އެގައުމުގެ ސެލޫންތައް ބަންދުކުރުމުން ގާތްގަނޑަކަށް 60،000 ވަޒީފާ ގެއްލިދާނެ ކަމަށް ލަފާކުރެވެ އެވެ.
މީގެ ދެ އަހަރު ކުރިން ތާލިބާނުން އަލުން ވެރިކަމާ ހަވާލުވި ފަހުން ސެލޫންތައް ހިންގުމުގެ ހުއްދަ ދީފައިވީ ނަމަވެސް މިދިޔަ މަހު އެގައުމުން ވަނީއެނިންމުން ބަދަލުކޮށްފައެވެ.
މި ނިންމުމުގައި އަފްޣާނިސްތާނުގެ އަންހެނުންނަށް ހުޅުވާލެވިފައިވާ ޖާގަތައް އިތުރަށް ހަނިކޮށްފައިވާއިރު، މިހާރުވެސް ކްލާސްރޫމްތަކާއި ޖިމްތަކާއި ޕާކްތަކަށް ވަނުން އަންހެންވެރިންނަށްވަނީ މަނާކޮށްފައިވެއެވެ.
އާއިލާއަށާއި ތުއްތު 2 ދަރިންނަށް ބޭނުންވާ ހަރަދު ސެލޫން ހިންގައިގެން އާމްދަނީ ހޯދަމުން އަންނަ އުމުރުން 23 އަހަރުގެ ޒަރްމީނާ އަށް މިހަބަރު ލިބި އޭނާގެ ލޮލުން ވަނީ މިކާމާއި ގުޅިގެން ކަރުނައައިސް ހިތާމަ ކޮށްފައެވެ.
ޒަރްމީނާ ދިރިއުޅެނީ އަފްޣާނިސްތާނުގެ ދެކުނުގައި އޮންނަ ކަންދަހާރުގައި ކަމަށްވާއިރު، އެއީ ތާލިބާނުންގެ ކޮންޒަވޭޓިވް ސިޓަޑެލް ކަމަށްވާއިރު، އެ ސިޓާޑެލްގައި ސުޕްރީމް ލީޑަރު ދިރިއުޅެ އެވެ.
އޭނާ ބުނާ ގޮތުގައި އެތަނުގައި ފިރިހެނުން އަންހެން ދަރިން މޭކަޕް ކުރުން ނުވަތަ ރީތިވުމަށް މަނާ ކުރުމަކީ އާންމު ކަމެއްކަމަށެވެ.
"ގިނަ އަންހެނުން އެތަނުގައި އުޅެނީ ބުރުގާ ނުވަތަ ހިޖާބު ލައިގެން. އަޅުގަނޑުމެންގެ ސަގާފަތުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން އެކަން ގަބޫލުކުރަން" ޒަރްމީނާ ބުންޏެވެ.
ޒަރްމީނާ ކައިވެނި ކުރީ އުމުރުން 16 އަހަރުގައި ކަމަށާއި އޭނާ ބުނާ ގޮތުގައި ސެލޫންގައި އުޅޭވަގުތު ދިމާވާ އެކުވެރިންނާއި ވާހަކަ ދައްކާލަން ލިބޭ ފުރުސަތަކ އޭނާއަށް މަދުން ނޫނީ ނުލިބޭ ފުރުސަތެއްކަމަށާއި އެކަމުން އޭނާއަށް މިނިވަންކަމުގެ އިހުސާސެއް ގެނުވައިދޭކަމަށެވެ.
ތާލިބާނުން ނިންމި ނިންމުމާއިއެކު އެގައުމުގެ ގިނަ އަންހެން ކަނބަލުން ދަނީ މިކަމާއި ހިތާމަކުރަމުންނެވެ.
