މިހާތަނަށް ހެދިފައިވާ އެންމެ މަދުން ނޫނީ ނުފެންނަ، އެއް އާފަލުގެ ވާހަކަ އަޑުއެއްސެވިންތޯ؟ ބްލެކް ޑައިމަންޑް އާފަލު ގަހަކީ މަދުންނޫނީ ނުފެންނަ އާފަލު ގަހެކެވެ.
ބްލެކް ޑައިމަންޑް އާފަލުގެ ރަހަ ވެސް ބަލާލުމުގެ ފުރުސަތު މިހާތަނަށް ލިބިފައިވަނީ މަދު ބަޔަކަށެވެ. މި އާފަލަކީ އިންތިހާއަށް މަދުން ނޫނީ ނުފެންނަ އަދި ހަމައެކަނި ދުނިޔޭގެ އެކަހެރި ތަންތަނުގައި ހައްދާ އާފަލެކެވެ. ކޮންމެ ބްލެކް ޑައިމަންޑް އާފަލެއްގެ ރަހަ ތަފާތުވެފައި އެތައް ސިއްރެއް އެކުލެވިގެންވެއެވެ..

ދުނިޔޭގައި ހޯދަން އެންމެ އުނދަގޫ އެއް އާފަލުގެ އުފެދުން ތާރީހެއް މިހާތަނަށް އެއްވެސް މީހަކަށް އެނގިފައެވެ ނުވެއެވެ. ސަބަބަކީ މިއީ ވަރަށް އެކަހެރި ތަންތާގައި އެހާމެ މަދުން ހެދިފައިވާ އާފަލުގަހަކަށް ވުމެވެ.
މި އާފަލު ގަސް ހެދެނީ ހަމައެކަނި ޓިބެޓްގެ ނިންގްޗީ ސަރަހައްދުގައެވެ. އެގޮތުން ދަނޑުވެރިން މި ބާވަތުގެ އާފަލު ހެއްދުމަށް ފަސްޖެހެނީ އެ ގަސް އިންދާ ހެއްދުމަކީ އުނދަގޫކަމަކަށްވާތީއެވެ.
ބްލެކް ޑައިމަންޑް އާފަލެއްގެ ރަހަ ބެލުމުގެ ފުރުސަތު ލިބިފައިވަނީ ވަރަށް މަދު ބަޔަކަށެވެ. ރަހަބެލުމުގެ ނަސީބު ލިބުނު މީހުން ބުނާ ގޮތުގައި މި އާފަލަކީ އެހެން އާފަލާ ހިލާފަށް ރަހަގަދަ އަދި ފޮނި ރަހައެއް ލިބިފައިވާ އާފަލެކެވެ.
ބްލެކް ޑައިމަންޑް އާފަލެއް ކެއުމަކީ ރައްކާތެރި މޭވާއެއްތޯ ނުވަތަ ނޫންތޯ ބެލުމަށް އޮންލައިންކޮށް ގިނަ ލިޔުންތަކެއް ލިޔެފައިވެ އެވެ. ހަގީގަތުގައި މި އާފަލަކީ ވިހަ އެއްޗެއް ކަމަށް ވެސް އަޑުތައް ފެތުރިފައިވެ އެވެ. ނަމަވެސް ބްލެކް ޑައިމަންޑް އާފަލަކީ ހަމައެކަނި ރޯކޮށް ކެއުމަށް ރައްކާތެރި އާފަލެއް ނޫން ކަމަށާއި، މިއީ މީރު އެއްޗެކަމަށް ވަނީ ސާބިތުވެފައެވެ.

ގިނަ ގަސްގަހާގެހި ބްލެކް ޑައިމަންޑް އާފަލާ އެއްފަދަ ގަދަކަޅު ދަނބު ކުލައެއް ގެންގުޅެނީ އެއީ ވިހަ ގަސްގަހާގެހި ކަމަށް އިޝާރާތް ކުރުމަށެވެ. ނަމަވެސް މި އާފަލުގެ ތަފާތު ކުލަ ލިބެނީ އޭގެ މާހައުލުން ކަމަށާއި އެއްވެސް ބާވަތެއްގެ ވިހައަކުން ނޫން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.ބްލެކް ޑައިމަންޑް އާފަލަކީ ރޯކޮށް ކެއުމަށް ރައްކާތެރި އާފަލެކެވެ.
