ދަ ސަންޑޭ ޓައިމްސް އަށް ދިން އާ އިންޓަވިއުއެއްގައި ހޭލީ ބޯލްޑްވިން ބީބާ ދަނީ އޭނާ އާއި ފިރިމީހާ ޖަސްޓިން ބީބާގެ އާއިލާގެ މުސްތަގުބަލާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.
"އަހަރެން އަބަދުވެސް މިކަމާ މެދު ހުރިހާ ވަގުތެއްގައި ވެސް ރޮން" އުމުރުން 26 އަހަރުގެ ހޭލީ ބީބާ ހީލަމުން ބުންޏެވެ.
"އަހަރެން ބޭނުންވޭ ކުދިން އެކަމަކު މީޑިއާ ގޯސްކޮށް އެކަން ނަގާފާނެކަމަސް ބިރުގަނޭ. ފިރިމީހާއާ ބެހޭ ގޮތުން ނުވަތަ ރައްޓެހިންނާ ބެހޭ ގޮތުން މީހުން ވާހަކަ ދެއްކުމުން ކެތްކޮށްލެވޭ، އެކަމަކު ކުއްޖަކާ ބެހޭ ގޮތުން ވާހަކަ ދައްކާ މީހުންނާ ކުރިމަތިލާން ކެރޭނެ ކަމަކަށް އަހަރެން ތަސައްވަރު ނުކުރެވޭ."
"އަހަރެމެންނަށް ކުރެވޭނީ އެމީހުން ތަރުބިއްޔަތު ކުރުމަށް ކުރެވެން އޮތް އެންމެ ރަނގަޅު މަސައްކަތް،" ހޭލީ ކުރިއަށް ގެންދިޔަ އެވެ. "ކުދިންނަށް ލޯތްބާއި ރައްކާތެރިކަން އިހުސާސް ކުރުވައިދެވޭނެ." އެކަމަކު މިހާރުވެސް މީޑިއާގައި ފަތުރާ ވާހަކަތަކާއި ގޮސިޕް މަދެއްނޫން. ކުދިންނާއި ބެހޭގޮތުން މީޑިއާގައި ތަފާތު ވާހަކަތައް ފަތުރަފާނެތީ ބިރުގަނޭ. ހޭލީ ކިޔައިދިނެވެ.
"ކުދިން ހޯދުމަށް" ބަލާއިރު، ބީބަރސް އާއިލާއިން މީގެ ކުރިން ވަނީ އާއިލާ ފުޅާކުރުމާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ.
2020 ވަނަ އަހަރު ޖަސްޓިން ވަނީ ދަ އެލެން ޑިޖެނެރެސް ޝޯގެ އެޕިސޯޑެއްގައި ދަރިންހޯދަން ބޭނުންވާކަން ހާމަކޮށްފައެވެ.
2021 ވަނަ އަހަރު ޖީކިއުއަށް ދިން އިންޓަވިއުއެއްގައި ޖޭބީ ތަކުރާރުކޮށް ބުނީ މިހާރުކުދިން ނުހޯދިޔަސް މުސްތަގުބަލުގައި ކުދިން ހޯދާނެކަމަށެވެ.
