ޓުވިޓާ ގެ ލޯގޯއަށް އާބަދަލުތަކަށް ގެނެސްފައިމިވަނީ ޓުވިޓާ މެދުވެރިކޮށް އިޝްތިހާރު ކުރާ މީހުން ދުރަށް ޖައްސާ، ޓުވިޓާ މާލީ ހާލަތުގައި ދައްވެ، ވާދަވެރިކަމުގެ ނާޒުކު ހާލަތަކަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އޭޕްރީލް މަހުގެ ކޯޓަށް ހުށަހެޅި މައްސަލައަކުން ހާމަވި ގޮތުގައި މާސްކް ވަނީ މީގެ ކުރިން ވެސް ޓުވިޓާގެ ކޯޕަރޭޓް ނަން އެކްސް ހޯލްޑިން ކޯޕަރޭޝަންގެ ސަބްސިޑަރީއެއް ކަމަށްވާ އެކްސް ކޯޕަރޭޓް އަށް ބަދަލުކޮށްފަ އެވެ.
މަސްކް ވަނީ އޭނާގެ ކުންފުނިތަކުގެ ތެރޭގައި ތަކުރާރުކޮށް އެކްސް އަކުރު ބޭނުންކޮށްފަ އެވެ. އޭނާ 1999 ވަނަ އަހަރު އޮންލައިން ބޭންކެއްގެ ގޮތުގައި އެކްސް ޑޮޓްކޮމް ގެ ކޯ ފައުންޑަރ އެއްގެގޮތުގައި ހުރިއިރު، ފަހުން އެ ބޭންކް ޕޭޕަލް އަށް ބަދަލުކުރިއެވެ. އޭނާ 2017 ވަނަ އަހަރު ޕޭޕަލް އިން އެ ޑޮމެއިން އަލުން ގަތީ، އެއީ "ސެންޓިމެންޓަލް ވެލިއު" އެއް ހުރި އެއްޗެއް ކަމަށް ބުނެ އެވެ. އެމެރިކާގައި ޑޮމެއިން x.com މިހާރު ރީޑައިރެކްޓް ކުރަނީ ޓުވިޓާއަށެވެ.
"އާ ލޯގޯއަށް ޔޫޒަރުންގެ ފަރާތުން ތަފާތު ރިއެކްޝަންތަކެއް ލިބިފައިވާއިރު، މިހާރު ޓުވީޓްއަށް ކިޔާނީ ކޮން ނަމެއްތޯ އޮޅުން ބޮޅުން ބޮޑުވިއިރު، މާކެޓިން އަދި ބްރޭންޑިންގެ ތަޖުރިބާކާރުން ބުނީ ރީބްރޭންޑްގެ ސަބަބުން ޓުވިޓާގެ ނަން ދެނެގަތުމަށް އަހަރުތަކެއް ވަންދެން ދަތިވުމުގެ ނުރައްކާ އޮތް ކަމަށް،" ރޮއިޓާސް އިން އިއްޔެ ލިޔެފައިވާ ލިޔުމެއްގައިވެ އެވެ.
“އެކްސް” ނިޝާނަކީ ޓުވިޓާގައި ހުރިހާ ކަމެއް ހިމެނޭ "އެވްރިތިންގް-އެޕް" އަކަށް ވުމުގެ ޝައުގުވެރިކަން ރަމްޒުކޮށްދޭ އެއްޗެކެވެ.
އެކްސް އަކީ މުސްތަގުބަލުގެ އަންލިމިޓެޑް އިންޓަރެކްޓިވިޓީގެ ހާލަތު ރަމްޒުކޮށްދޭން ބޭނުންކޮށްފައިވާ ލޯގޯއެކެވެ. އޯޑިއޯ، ވީޑިއޯ، މެސެޖިން، ޕޭމަންޓްސް/ބެންކިން މަރުކަޒުކޮށްގެން - ޚިޔާލުތަކާއި މުދަލާއި ހިދުމަތްތަކާއި ފުރުސަތުތަކުގެ ގްލޯބަލް މާކެޓްޕްލޭސްއެއް އުފެއްދުން ކަމަށް ވަނީ ހާމަކޮށްފައެވެ.
މާސްކްގެ އެހެން ހުރިހާ މަސައްކަތެއްގައި ވެސް އެކްސް އަކުރު ފެންނައިރު، އޭނާގެ ޖައްވީ ހޯދުންތަކާއި ގުޅޭ ވިޔަފާރި ވިޔަފާރި ސްޕޭސްއެކްސް އާއި އޭނާ ދާދި ފަހުން ތައާރަފްކުރި އާޓިފިޝަލް އިންޓެލިޖެންސް އެޕް އެކްސްއޭއައި އަދި އިލެކްޓްރިކް ކާރު ކުންފުނި ޓެސްލާގެ އެންމެ ކުރީގެ މޮޑެލްތަކުގެ ތެރެއިން އެއް މޮޑެލް، މޮޑެލް އެކްސް ހިމެނެ އެވެ. މަސްކް، ލަވަކިޔުންތެރިޔާ ގްރައިމްސް އާއެކު އޭނާގެ ދަރިފުޅަށް ވެސް އިޝާރާތް ކުރަނީ، އެކްސް ނަމަށެވެ.
"އެއީ ހަމައެކަނި އެކްސް، އެކްސް އަކުރު،" ދާދި ފަހުން ޖޯ ރޯގަން އެކްސްޕީރިއަންސްގައި އޭނާގެ ދަރިފުޅު އެކްސް Æ އޭ-XII ގެ ނަން ކިޔާނެ ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.
އެކްސް ޑޮޓްކޮމްގެ މިލްކުވެރިކަން މަސްކްއަށް އަލުން ލިބުނީ މީގެ ހަ އަހަރު ކުރިންނެވެ. އޭނާ ވަނީ އޭޕްރީލް މަހު ރަސްމީކޮށް ޓުވިޓާގެ ގާނޫނީ ނަން އެކްސް ކޯޕަރޭޝަނަށް ބަދަލުކޮށްފަ އެވެ. އެކްސް ޑޮޓްކޮމް ޓުވިޓާ ޑޮޓްކޮމް އަށް ރީޑައިރެކްޓްކޮށް، ހޯމަ ދުވަހު ކްރޭނަކުން ވަނީ ޓުވިޓާގެ އައިކޮނިކް ބާޑް ލޯގޯ އެ ކުންފުނީގެ ސެން ފްރެންސިސްކޯގެ މައި އޮފީހުން ނަގަން ފަށާފަ އެވެ. ނަމަވެސް އެ މަސައްކަތް ފެށިތާ މާގިނައިރުތަކެއް ނުވެ ފުލުހުން ވަނީ އެ މަސައްކަތް ހުއްޓުވާފައެވެ.
