ފިލްމު: ދި ލެޖެންޑް އޮފް މައިކަލް މިޝްރާ

ލަވަ ކިޔަފައިވަނީ: މީޓް ބްރޮސް އަދި ކަނިކާ ކަޕޫރު

ލަވައިގައި ފެނިގެންދަނީ: އަދިތީ ރާއޯ

މެރީ ނީންދޭން ހޭ ފަރާރް، ތެރޭ ސަންގް މެރެ ޔާރު، ތޫނޭ ކީ ޖޯ މޭރެ ސާތު ޝަރާރަތު ވޭ

ކަލާ އަހަރެންނާ ސަމާސާކޮށްލިފަހުން މަގޭ ނިދި، ކަލާޔާ އެކު ފިލައިގެން ހިގައްޖެއެވެ.

ކާޖަލްކެ ސިޔާހި ލޭކެ އާންކޯންކީ ޗިރާގްސޭ، ކެއިސޭ މޭނ ބަތާއޫން ތުޖްކޮ ސޯސޯ ރަތިޔާ ޖާގްކޭ، އަނކިޔޮނެ ލިކް ލަވް ލޭޓަރު ވޭ

އަހަރެންގެ ހުޅުކޮލެއް ފަދަ ލޮލުގައިވާ އަނދުނުން، އެތައް ސަތޭކަ ރެއެއް ހޭލާ ހުރެގެން އަހަރެން ލޯބީގެ ސިޓީތައް ލިޔުނު ވާހަކަ ކިޔާދޭނީ ކިހިނެތް ހެއްޔެވެ؟

ސަޖްނާ ތޫ ޗާންދޭ ބޭޓަރ ވޭ

ލޯބިވެރިޔާއެވެ. ކަލާ ހަނދަންވުރެވެސް ފުރިހަމައެވެ.

ކަރިޔޯ ނަ މުޖެސޭ ތޫ ޖޫތޭ މޫޓޭ ވާދޭ، ރެހެ ޖާއެނގޭ ހަމްތޯ ތެރެ ބިން އާދޭ އާދޭ

އަހަރެން އެއްވެސް ދޮގު ހުވައެއް ނުކުރާށެވެ. ކަލާޔާ ނުލާ އަހަރެން ފުރިހަމަ ނުވާނެއެވެ.

ތެރެ ލިޔޭ ހި ބަނީ ހޫން، މޭން ތެރި ޑެސްޓިނީ ހޫން، ލެ މެއިނޭ ކްލިއަރ ކަރްދިޔޭ ހޭ އަޕްނެ އިރާދޭ

އަހަރެން މިދުނިޔެއަށް އައީ ކަލާއަށް ޓަކައެވެ. އަހަރެންނަކީ ކަލާގެ މަންޒިލެވެ. އަހަރެން ގަސްތު ކުރާގޮތް އަހަރެން މި ސާފުކޮށްދިނީއެވެ.

ރާހޭން މައިނޭ ދޭކީ ތޭރީ ޖުގްނުއޮންކީ އާގް ޕޭ

އަލިފާން ކޮކާލުގެ އަލިކަމުގެ ތެރެއިން އަހަރެން ކަލާ އަންނަތަން ދެކެމުއެވެ.

ކެއިސޭ މޭނ ބަތާއޫން ތުޖްކޮ ސޯސޯ ރަތިޔާ ޖާގްކޭ، އަނކިޔޮނެ ލިކް ލަވް ލޭޓަރު ވޭ

އެތައް ސަތޭކަ ރެއެއް ހޭލާ ހުރެގެން އަހަރެން ލޯބީގެ ސިޓީތައް ލިޔުނު ވާހަކަ ކިޔާދޭނީ ކިހިނެތް ހެއްޔެވެ؟

ރަކް ލިޔަ އަޕްނޭ ލިޔެ ރަބް ސޭ ތުޖްކޯ މާންގެކޭ

އަހަރެންނަށްޓަކައި ކަލާ ލެހެއްޓެވުމަށް ހެއްދެވި ފަރާތަށް ދުޢާ ކުރީމެވެ.

ކެއިސޭ މޭނ ބަތާއޫން ތުޖްކޮ ސޯސޯ ރަތިޔާ ޖާގްކޭ، އަނކިޔޮނެ ލިކް ލަވް ލޭޓަރު ވޭ

އެތައް ސަތޭކަ ރެއެއް ހޭލާ ހުރެގެން އަހަރެން ލޯބީގެ ސިޓީތައް ލިޔުނު ވާހަކަ ކިޔާދޭނީ ކިހިނެތް ހެއްޔެވެ؟

ނޯޓް: ލަވަ މާނަ ކުރެވިފައިވަނީ ބަހުބަހުން ބަހަކަށް ނޫނެވެ. ދޭވަހާ ލަފްޒީ މާނައަށް ބަލައިގެންނެވެ. މީގައި ހިމެނިފައިވާ ބަސްތައް ނޫން އެހެން ބަސްތަކެއް ބޭނުންކޮށްގެންވެސް މި ލަވަ ތަރުޖަމާ ކުރެވިދާނެއެވެ.