މާގޮޓް ރޮބީ އާއި ރަޔަން ގޮސްލިންގް ލީޑް ރޯލުން ފެނިގެންދާ "ބާބީ" ފިލްމު ސިނަމާތަކުގައި ދައްކާއިރު، ބަލާލި ކޮންމެ ތަނެއްގައި "ބާބީ" ޕޯސްޓަރު ފެންނައިރު "ބާބީ" އަށްލޯބިކުރާކުޑަ ކުއްޖާ ވެސް  ބޮޑު ސްކްރީންއިން "ބާބީ" ބަލަން ދާހިތްވާނެކަން ޔަގީނެވެ. ޚާއްސަކޮށް ކުޑަ އަންހެން ކުދިންނަކީ "ބާބީ" ކުޅޭހިތްވާ އަދި "ބާބީ" ގެންގުޅޭ ކުދިންނަށް ވެފައި އެކުދިންގެ ފޭވަރިޓް ކެރެކްޓަރގެ ފިލްމެއް ވީމާ ބަލަންދާހިތްވާނެއެވެ.

"ބާބީ" އަކީ ކުޑަކުދިންގެ ފިލްމެއް ހެއްޔެވެ؟
ކުރު، ފޮނި ޖަވާބަކީ ނޫނެކޭ. އެއީ ކަނޑައެޅިގެން ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޖީ/ޕީޖީ ރޭޓިން ފިލްމުތަކުގެ ހައު ޓު ޓްރޭން ޔޯރ ޑްރެގަން/ޑެސްޕިކަބަލް މީ ކޭމްޕް ފަދަ ފިލްމެއް ނޫނެވެ.. ޕީޖީ-13 ރޭޓިން ލިބިފައިވާ މި ފިލްމަކީ ގާތްގަނޑަކަށް މުޅިން ވެސް ބޮޑެތި މީހުންގެ މަންޒަރު ފެންނަ ފިލްމެެކެވެ.. އެހެންވީމާ 6 އަހަރުގެ ދަރިފުޅު ފިލްމަށް  ގެންދަން އުޅޭނަމަ  އެކަމާމެދު ވިސްނާލަންވެސް ޖެހެއެވެ. 

"ބާބީ" އަށް ރޭޓިން ދީފައިވަނީ ޕީޖީ-13 އެވެ

ޕީޖީ 13 އަކީ ބެލެނިވެރިން ހާއްސަ ސަމާލުކަމެއްދޭން އަންގާ ރޭޓިންގއެކެވެ. ބައެއް މަންޒަރާއި އަޑު 13 އަހަރުން ދަށުގެ ކުދިންނަށް އެކަށީގެން ނުވެދާނެ ރޭޓް ކުރެވިފައިވާ ކަން އަންގައިދެއެވެ. 17 އަހަރުން ދަށުގެ ކުދިން ބެލެނިވެރިޔާއައި އެކުގައި ފިލްމު ބަލާއިރު ހުންނަންޖެހެއެވެ.  17 އަހަރުން ދަށުގެ ކުދިންނަށް ކަށީގެން ނުވާކަން އަނގައިދެއެވެ.

މޯޝަން ޕިކްޗާ އެސޯސިއޭޝަނުން "ބާބީ"އަށް ގްރޭޑް ކުރިއިރު އެމީހުން ވަނީ "ސަޖެސްޓިވް ރެފަރެންސް" އާއި "ކުރު ބަހުން" ޕީޖީ-13 ރޭޓިން ދީފަ އެވެ. ފިލްމުގެ މަންޒަރު ފެނިގެން އަޅުގަނޑަށް ބުނަން ޖެހޭނީ "ސަޖެސްޓިވް ރެފަރެންސް" އަކީ ނޭދެވޭ ބަސްތައް ބޭނުންކޮށްފައިވާ ފިލްމެއްކަން އަންގައިދޭން ބޭނުންކުރާ ރޭޓިންގ ތަކެވެ.

"ބާބީ" ފިލްމުގައި ގައި ޖިންސީ، ބަހުގެ ނުވަތަ އަނިޔާވެރިކަމުގެ ގޮތުން ބޮޑެތި މީހުންގެ ގިނަ ކޮންޓެންޓްތައް ނުހިމެނޭކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭގެ ތީމްތައް ތަންކޮޅެއް ބޮޑެތިމީހުންނާ ގުޅުވާފައި ހުރިކަން ޔަގީނެވެ. "ބާބީ"އަށް ކުރިމަތިލާން ޖެހޭނީ ދުނިޔޭގެ އުނދަގޫތަކާ ކަމަށާއި އޭގެ ތެރޭގައި ޑިޕްރެޝަން، އަމިއްލަ ނަފްސަށް ނަފްރަތު ކުރުމާއި،  ލޯބީގެ ގުޅުމުގެ މައްސަލަތައްފަދަ މައްސަލަހިމެނެއެވެ. އަޅުގަނޑަށް ހީވާގޮތުން މިއިން ގިނަ މައްސަލަތަކަކީ ކުޑަކުދިންނާއި ޒުވާން ބޮޑެތި މީހުންނަށް ވެސް ދިމާވާ މައްސަލަތަކެއް ކަމުގައި ވިޔަސް، ހަމަ ޔަގީނުންވެސް މިއީ ފިލްމުގައި މާ ބޮޑެތި މީހުންގެ ޑިމޮގްރަފިކް އަށް އަމާޒުކޮށްފައިވާ މައްސަލަތަކެކެވެ.

ކޮންމެ ބެލެނިވެރިއަކުވެސް އެމީހުންގެ އުސޫލުތަކާއި ދަރިންނަށް އެކަށީގެންވާ ކަމަށް ދެކޭ ކަންތައްތަކަށް ބަލައިގެން ނިންމުންނިންމާނީ އަމިއްލައަށެެެވެ. އަޅުގަނޑު ދަންނަވާނީ "ބާބީ" އަކީ ޓްވީންސް، ޓީންސް އަދި ބޮޑެތި މީހުންނަށް  އެކަށީގެންވާ ފިލްމެއްކަމަށެވެ.  މި އުމުރުފުރާއަށް އަމާޒުކޮށްގެން ގިނަ ފިލްމުތަކެއް ހުރިއިރު، ވަރުގަދަ އަންހެން ޕްރޮޓޮގޯނިސްޓުން ހިމެނޭ ފިލްމުތައް ނިސްބަތުން މަދު އެވެ. ފެމިނިޒަމްގެ މުހިންމުކަމާ ބެހޭގޮތުން ދަރިންނަށް (ކޮންމެ ޖިންސެއްގެ) ދަސްކޮށްދޭނެ   ބޭނުންނަމަ "ބާބީ" އަކީ މޮޅު ޗޮއިސްއަކަށް ވާނެއެވެ.