ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފިއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް "މިނިވާ އުފާ އެޑް-އޮން" އެންމެ 99 ރުފިޔާއަށް  އެކްޓިވޭޓްކޮށްލައިގެން އަންލިމިޓެޑް މޮބައިލް ޑޭޓާ 24 ގަޑިއިރަށް ލިބޭނެއެވެ. 

މީގެ އިތުރުން ގޭގައި ތިބެގެން ސްޓްރީމްކޮށް މުނިފޫހިފިލުވުމުގައި މި ޗުއްޓީ ހޭދަކުރާ ކަސްޓަމަރުންނަށް ތިރީގައި ވާ ފައިބަރ ބްރޯޑްބޭންޑް ބޫސްޓާތައް އެކްޓިވޭޓްކޮށްލައިގެން ދެގުނަ ޑޭޓާ ލިބޭނެއެވެ.

·         ފައިބަރ ބްރޯޑްބޭންޑް ބޫސްޓާ 200 ޖީބީ – 200 ރުފިޔާ

·         ފައިބަރ ބްރޯޑްބޭންޑް ބޫސްޓާ 300 ޖީބީ – 300 ރުފިޔާ

މި ލިމިޓެޑް އޮފާތައް ކުރިއަށް ދާނީ 20 ޖުލައި އިން ފެށިގެން 31 ޖުލައި 2023 ގެ ނިޔަލަށެވެ. 

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް  https://bit.ly/Dhiraagu-App   ފަސޭހަކަމާއިއެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެއެވެ. ނުވަތަ 343 އަށް‘UNL’  ޖެއްސެވުމަށްފަހު އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެއެވެ. 

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.