ހޯމް މިނިސްޓްރީ އާއި އާބަންކޯއާ ގުޅިގެން ކުރިއަށް ގެންދާ މިނިވަން އުފާ ކާނިވަލު ގެ ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްއިން ކާނިވަލުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ލަކީ ޑްރޯ ގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި 7 ދުވަހުގެ ބާލީ ދަތުރެއް ދޭންވަނީ ނިންމާފައެވެ.
މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އޯގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހވީރު 4 ކުން 6 އަށް އަދި ރޭގަނޑު 8 ކުން 12 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ މިނިވަން އުފާ ކާނިވަލަކީ ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް ބައިވެރިވެވޭނެ ފަދަ ހަރަކާތަކަށް ވެގެންދާނެ އެވެ. ތަފާތު ހިތްގައިމު ހަރަކާތްތަކާއި ގިނަ ސްޓޯލްތަކަކާއެކު ބާއްވާ މި ކާނިވަލަކީ ކޮންމެ މީހަކަށް ވެސް އުފާވެރި ތަޖުރިބާއެއް ކަށަވަރުކޮށްދޭ ކާނިވަލެކެވެ.
މި ކާނިވަލް ކުރިއަށް ދާ ލަކީ ޑްރޯ ގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ދޭ 7 ދުވަހުގެ ބާލީ ދަތުރު ގެ ނަސީބުވެރި ފަރާތަކަށް ވުމަށް ކާނިވާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ކާނިވާގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށް ރެޖިސްޓަރކޮށްލުމުން އޮޓޮމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. ލަކީ ޑްރޯ ގެ ނަސީބުވެރި ފަރާތް ހޮވަން ހަމަ ޖެހިފައިވަނީ ކާނިވަލުގެ ފަހު ދުވަހު، 3 އޯގަސްޓް 2023 ގައެވެ.
މިނިވަން އުފާ ކާނިވަލުގެ އެންމެ ބޮޑު އިނާމުގެ ނަސީބުވެރި 1 ފަރާތަށް އުރީދޫއިން ދެ މީހުންގެ 7 ދުވަހުގެ ބާލީ ދަތުރުގައި ފްލައިޓް ޓިކެޓް 4 ތަރީގެ އެކޮމޮޑޭޝަން ގެ އިތުރުން ބާލީގެ މަޝްހޫރު ޓުއަރިސްޓް ސްޕޮޓްތައް ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އުބުދުގައި 2 ރޭ، ނޫސާ ޕެނިޑާގައި 2 ރޭ އަދި 2 ރޭ ސެމިނިއާކް ގައި ހިމެނެއިރު މިތަންތަނުގައި ގައިޑަކާ އެކު ޓުއާ ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ޓުއާ ގައި ހިމެނޭ ތަންތަނަށް ބަލާއިރު ކޮފީ ފާމް ޕްލާންޓޭޝަނަށް ޒިޔާރަތްކުރުމާއި، އަލޯހާ އުބުދު ސްވިންގް ބަލާލުމާއި، އުބުދު ސެންޓަރ އެކްސްޕްލޯކުރުމާއި، ހިތްގައިމު އެންޖަލް ބިލަބޮންގް އާއި ބްރޯކެން ބީޗް ބަލާލުމާއި، ހިތްގައިމު ކެލިންގްކިންގް ސީކްރެޓް ޕޮއިންޓާއި ކްރިސްޓަލް ބޭއަށް ހައިރާންވުމާއި، އަތުހު ބީޗަށް އަރާމުކުރުމާއި، ޓްރީ ހައުސްއަށް ޒިޔާރަތްކުރުމާއި، ސެރިބޫ އައިލެންޑް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ގްރޭންޑް ޕްރައިޒް ހޯދުމުގެ ފުރުސަތުގެ އިތުރުން، މިނިވާން އުފާ ކާނިވަލުގައި ހުންނަ އުރީދޫ ނޭޝަން ސްޓޯލަށް ޒިޔާރަތްކުރުމަށް އުރީދޫ މޯލްޑިވްސް އިން އެންމެހައިބޭފުޅުންނަށްވެސް ވަރަށް ހޫނު ދައުވަތެއް ދެއެވެ. އުރީދޫ ނޭޝަން ސްޓޯލްގައި ހިތްގައިމު ކުޅިވަރުތަކެއް ފެނިގެންދާނެ ކަމަށާއި ބައިވެރިންނަށް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ވިދާޅުވެއެވެ.
