އާންމުކޮށް ވައިރަލް ނުވަތަ ބެކްޓީރިއަލް އިންފެކްޝަންތަކުގެ ސަބަބުން ޖެހޭ ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާ އަކީ ރަނގަޅަށް މެނޭޖް ނުކުރެވިއްޖެނަމަ ނުރައްކާތެރި ހާލަތްތައްކުރިމަތިވާ ރޯގާއެކެވެ. މިރޯގާގެ އަލާމާތްތައް ކުރިމަތިވާއިރު، ރައްކާތެރިކަމާއެކު ހުރުމާއި، ޑީހައިޑްރޭޓްވުމުން ( ހަށިގަނޑުން ފެން މަދުވުން ) ރައްކާތެރިވުމާއި، އެހެން މީހުންނަށް އިންފެކްޝަން ފެތުރުމުން ދުރުހެލިވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޑީހައިޑްރޭޝަން އަކީ ބޭރަށްހިނގުން ތަޖުރިބާ ކުރުމާއި ހޮޑުލުން ފަދަ ކަންކަމުގައި ބޮޑު ކަންބޮޑުވުމެކެވެ. ގިނަގިނައިން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ސަބަބުން ހަށިގަނޑުން މުހިއްމު ފެންތަކާއި އިލެކްޓްރޯލައިޓްތައް ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ޑީހައިޑްރޭޓްވުމުން ރައްކާތެރި ވުމަށް މިކަންކަން ކުރިން މުހިއްމެވެ.
ގިނައިން ދިޔާތަކެތި ބޯށެވެ: މުޅި ދުވަހު ކުދިކުދި، ގިނައިން ބޯން ފެން، އޯރަލް ރީހައިޑްރޭޝަން ސޮލިއުޝަން (އޯއާރްއެސް)، ކުރުނބާފެން ނުވަތަ ބްރޯތް ބޭނުން ކުރާށެވެ.
ކެފެއިން އެކުލެވޭ ބުއިންތަކާއި ދުންފަތުގެ އިސްތިއުމާލްކުރުމުން ދުރުހެލިވުން: މިއީ ޑީހައިޑްރޭޝަން އިތުރަށް ގޯސްވެ، ބަނޑުގެ ފަށަލައިގައި ރިއްސުން ފަދަ ކަންކަންކުރިމަތިވާ ކަމެކެވެ.
ހަށިގަނޑަށް ބޭނުންވާ އިލެކްޓްރޯލައިޓްތައް ފޯރުކޮށްދިނުން: ޕޮޓޭސިއަމް، ސޯޑިއަމް، އަދި މެގްނީޒިއަމް ފަދަ ގެއްލިފައިވާ މަޢުދަންތަކުގެ ބަދަލުގައި ސްޕޯޓްސް ޑްރިންކްސް ނުވަތަ އިލެކްޓްރޯލައިޓް ގިނަ ބުއިންތައް ބޭނުންކުރުން.
އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމަށާއި އިތުރަށް ހާލަތުގޯސް ނުވުމަށްޓަކައި ރަނގަޅު ސާފުތާހިރުކަމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން މި ގައިޑްލައިންތަކަށް އަމަލުކުރުން ވަރަށް މުހިންމެވެ.:
އަތްދޮވުން: ފާޚާނާ ބޭނުން ކުރުމަށްފަހު، ކެއުމުގެ ކުރިން، އަދި ތަޣައްޔަރުވެދާނެ އެއްވެސް އެއްޗެއް ގެންގުޅުމަށްފަހު ރަނގަޅަށް ސައިބޯނި ބޭނުންކޮށްގެން އަތް ދޮވެލާށެވެ.
ތަންތަން ސާފުކުރުން: ޖަރާސީމު ފެތުރުން ކުޑަކުރުމަށްޓަކައި ގިނައިން އަތްލާ ތަންތަން ކަމަށްވާ ދޮރުފަތާއި ލައިޓް ސްވިޗް އަދި ފާޚާނާ ފިކްސްޗަރ ފަދަ ތަންތަން ޑިސްއިންފެކްޓް ކުރުން.
އެއްފަހަރު ބޭނުންކޮށްފައި ހުންނަ ތަކެތި ބޭނުންނުކުރުން: ކުރެވެން އޮތް ނަމަ އެއްފަހަރު ބޭނުންކޮށްފައި ހުންނަ ޕްލޭޓް، ތަށި، އަދި ސާމާނު ބޭނުންކޮށްގެން ކްރޮސް ކޮންޓެމިނޭޝަންގެ ނުރައްކާ ކުޑަކުރުން.
ގާތް ގުޅުމަކުން ދުރުހެލިވުން: ހާއްސަކޮށް ގައިންގަޔަށްއަރާ އިންފެކްޝަނެއް ކަމަށް ޝައްކު ކުރެވޭނަމަ އެހެން މީހުންނާ ގާތް ގުޅުމަކުން ދުރުހެލިވުމަށް މަސައްކަތް ކުރާށެވެ.
ބަނޑުގައި ރިއްސާ ވަގުތުތަކުގައި ބްލަންޑް ޑައިޓެއްގައި ހުރުމަކީ އުނދަގުލާއި ވޭން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ބްރެޓް ޑައިޓްގައި ހިމެނެނީ ދޮންކެޔޮ، ރައިސް، އާފަލު ސޯސް، އަދި ޓޯސްޓް އެވެ. މި ކާނާތަކަކީ ބަނޑަށް ދުޅަހެޔޮ ކާނާތަކެއް ކަމުން ގޮހޮރު ހަމަޖައްސާލަން އެހީތެރިވެދޭ ކާނާތަކެކެވެ.
އަރާމުކުރުމަކީ އަވަހަށް ރަނގަޅުވުމަށް ވަރަށް މުހިންމު ކަމެކެވެ. ގިނައިން ނިދުމާއި، ރަނގަޅު އިހުސާސެއް ކުރެވެންދެން ބުރަ ޖިސްމާނީ ހަރަކާތްތަކުން ދުރުހެލިވެ ހަށިގަނޑު ރަނގަޅުވުމަށް ފުރުސަތު ދޭށެވެ
ބޭރަށްހިންގުމާއި ހޮޑުލާ ފްލޫގެ ގިނަ ހާލަތްތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލައަށް ރަނގަޅުވާއިރު، ބައެއް ހާލަތްތަކުގައި ޑޮކްޓަރީ ފަރުވާ ހޯދަން ޖެހެ އެވެ:
ސީރިއަސް ޑީހައިޑްރޭޝަން: ފެން ހަށިގަނޑުގައި ހަރުނުލާނަމަ ނުވަތަ އިންތިހާއަށް ކަރުހިއްކުން، ބޯއެނބުރުން ނުވަތަ ވާނުވާއޮޅުން ނުފިލާ އިހުސާސް ކުރެވޭ ވަގުތު ޑޮކްޓަރުގެ އެހީތެރިކަން ހޯދާށެވެ.
ފާޚާނާ ނުވަތަ ހޮޑުލުން: ފާޚާނާއަށްދާއިރު ނުވަތަ ހޮޑުލާއިރު ލޭ ހުރިކަން ފާހަގަ ކުރެވިއްޖެނަމަ، އެއީ މެޑިކަލް އިވެލުއޭޝަން ކުރަންޖެހޭ ސީރިއަސް ހާލަތެއް ކަމަށް ވެދާނެ އެވެ.
ދިގުދެމިގެންދާ އަލާމާތްތައް: އަލާމާތްތައް މަދު ދުވަސްކޮޅަކަށްވުރެ ދިގުދެމިގެންދާނަމަ ނުވަތަ ގޯސްވެއްޖެނަމަ، ރަނގަޅު ޑައިގްނޯސިސް އާއި ފަރުވާގެ ޕްލޭނެއް ހޯދުމަށް ސިއްހީ ދާއިރާގެ ޕްރޮފެޝަނަލެއްގެ ލަފާ ހޯދާށެވެ.
އެހެން މީހުންނަށް މި އިންފެކްޝަން ފެތުރުން ހުއްޓުވުމަށްޓަކައި ގޭގައި މަޑުކޮށް އެކަހެރިވެ، ފުރިހަމައަށް ރަނގަޅުވެ، އަލާމާތްތައް ދެން ނުފެންނަންދެން އެކަހެރިކުރުން މުހިންމެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ފްލޫ ތަޖުރިބާ ކުރުމަކީ އުނދަގޫ އަދި ނާޒުކު ކަމެއް ނަމަވެސް މި ރައްކާތެރިކަމުގެ ގައިޑްލައިންތަކަށް އަމަލުކުރުމަކީ އަލާމާތްތައް މެނޭޖްކޮށް ރައްކާތެރިކަމާއެކު ރަނގަޅުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހައިޑްރޭޓް ވެފައި ހުރުމާއި، ރަނގަޅު ސާފުތާހިރުކަން ބެހެއްޓުމާއި، ބްލަންޑް ޑައިޓަކަށް ތަބާވުމާއި، އަރާމުކުރުމާއި، ބޭނުން ނަމަ ޑޮކްޓަރުގެ ލަފާ ހޯދުން ހަނދާން ކުރާށެވެ. މި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުން އިންފެކްޝަން ފެތުރުމުން އަމިއްލަ ނަފްސާއި އެހެން މީހުން ރައްކާތެރިވެ، އަވަހަށް އަދި ރައްކާތެރިކަމާއެކު ރަނގަޅުވުން ކަށަވަރު ކުރެވޭނެ އެވެ.
