އެންމެންނަށް ވެސް ގަނެލެވޭ ފެންވަރުގެ ކޮލިޓީ ރަނގަޅު އަދި މީރުވަސް އެކުލެވޭ ކޮސްމެޓިކްސް އެއް ހުންނަށް ޖެހޭނެކަން ލަންޑަންގެ " ސޯ "ގެ އުފެއްދުންތެރިން ޤަބޫލްކުރެއެވެ. އުފަލަކީ މިހާރު ކައިލާން ޓްރެންޑްސް ގައި "ސޯ"ގެ ގިނަ އުފެއްދުންތައް ލިބެންހުރުމެވެ. ދިވެހީންނަށް ހިތްގައިމު ވަސްތަކެއް އެކުލެވޭ ކޮސްމެޓިކްސް ބްރޭންޑެއް ކައިލާންއިން މިވަނީ އަނެއްކާވެސް ތައާރަފް ކޮށްފައެވެ.

"ސޯ" ބްރޭންޑުގެ އެންމެ ފާހަގަކޮށްލެވެނީ މީރުވަސް ދުވާ އަދި ގިނަ އިރަށް ވަސްދެމިގެންދާ ސެންޓާއި މިސްޓެވެ. ފޮނިފޮނި މީރުވަސްތަކާއި ފްރުޓީ އަދި ފްލޯރަލް ވަސްތައް އެކުލެވޭހެން އެތައްގިނަ ވަސްތަކެއް ހިމެނެއެވެ. ކޮންމެ ސްޓައިލަކާއި މޫޑަކާއި މުނާސަބަތަކަށް ވެސް ފިޓްވާ ވަހެއް އިޚްތިޔާރުކޮށްލެވޭހާ ގިނަ ބާވަތްތައް ހިމެނެއެވެ. ކޮންމެ ވަހެއްގެ ފަހަތުގައި އެތައް ވަގުތެއްގެ މަސައްކަތާއި ދިރާސާތައް ވަނީ އެވަސްތައް ތަރައްގީކުރުމަށް ހޭދަކޮށްފައެވެ. ކޮލިޓީ އަދި އަގުހެޔޮ ޕްރޮޑަކްޓެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް "ސޯ" ގެ ލަންޑަން ބޭސްޑް އިން-ހައުސް ޑިޒައިން ޓީމުން އާ އުފެއްދުންތަކަށް އިންސްޕިރޭޝަން ނަގަނީ ޒަމާނީ ކެޓްވޯކް ޓްރެންޑްތަކާއި ހައި ސްޓްރީޓް ފެޝަން، ޓްރެވަލް، ބްލޮގް އަދި ސޯޝަލް މީޑިއާއިންނެވެ.
ސްޓްރޯބެރީ ކަޕްކޭކް ، ޕިންކް ލެމަނޭޑް، ވެނީލާ ، ފްރެޝް ފްލޯރަލްގެ އިތުރުން މާޝްމެލޯ ފަދަ ނަންނަމުގެ މިސްޓްތަކުގެ އެކި އުފެއްދުންތަކާއި ވަސްތައް މިވަނީ ހުރިހާ އުމުރުފުރާއަކަށްވެސް ޚާއްސަ ކުރެވިފައެވެ. "ސޯ"ގެ އިބީޒާ ޑްރީމްސް މިސްޓަށްވަނީ ސްޕަރޓްރަގްގެ ސްޓަރ އެވޯޑް 2023 ގަ ބެސްޓް މިސްޓުގެ އެވޯރޑް ލިބިފައެވެ.

ސޯގެ މިސްޓްތަކާ އެއްފަދައިން "ސޯ ޕަރފިއުމް" އަކީ ވެސް އެހާމެ ގިނަ އަދި މީރުވަސްތަކެއް އެކުލެވިފައިވާ ގިނައިރަށް ވަސްތައް ދެމިގެންދާ އުފެއްދުންތަކެކެވެ. ޓޮޕް ނޯޓްސްގެ ގޮތުގައި ބްލެކް ކަރަންޓް ، ޕެއަރ އަދި ރޯސް، ވައެލެޓް އަދި ޕިއޯނީ ފަދަ މީރު ވަސްދުވާ މަލާއި، މޭވާތަކުގެ ވަސް އެކުލެވޭ ، ވެނީލާ ، ޓޮންކާބީންސް އަދި މަސްކުން އިތުރު ފުރިހަމަ ނޯޓުތައް ގެނެސްދީފައިވާ ބައެއް ސެންޓުގެ އިތުރުން ކޮފީ އަދި ލިކަރިޝްގެ ވަސްތައް އެކުލެވޭ ސެންޓުވެސް ހިމެނޭ މިކަލެކްޝަންގެ ސެންޓު ފުޅިތަކުގެ ވަސް ވަރަސް ހިތްގައިމެވެ. ވީގަން ފްރެންޑްލީ ، 6 ގަޑިއިރަށް ވުރެން ގިނައިރު ވަސް ދެމިގެންދާ ، ރިސައިކަލް ކުރެވޭ ފަދަ ފުޅިތަކުގައި ތައްޔާރުކޮށްފައިވާ މިސެންޓުތަކަކި އަތްފޯރާ އަގެއްގައި ލިބެންހުރި ކޮލިޓީ ސެންޓުތަކެކެވެ.
"ސޯ" ގެ މިސްޓް އަދި ސެންޓުގެ އިތުރުން ހޭންޑް ޖެލް، ބާތް އެންޑް ބޮޑީ ޕްރޮޑަކްޓްތަކުގެ އިތުރުން ޚާއްސަ ފަރާތްތަކަށް ހަދިޔާ ދިނުމަށް ގިފްޓު ސެޓްތައްވެސް ހިމެނެއެވެ. މިއުފެއްދުމުގެ ގިނަބާވަތްތައް މިހާރު ކައިލާން ޓްރެންޑްޒް އިން ލިބެން ހުންނާނެއެވެ.
