ބެކްޓީރިއަލް އިންފެކްޝަނެއްގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު “ދިރިހުރުމަކީ ނަސީބުވެރިކަމެއް” ކަމަށް މެޑޯނާ ބުނެފިއެވެ. އުމުރުން 64 އަހަރުގެ މެޑޯނާ، އޭނާގެ ދަރިފުޅު ޑޭވިޑް ބަންޑާ(17) އާއި އަންހެން ދަރިފުޅު ލޫރްޑެސް ލިއޮން (26) ބައްދާލާ ޖުލައި 30 ވީ ހުކުރު ދުވަހު ހިއްސާކުރި އާ ޕޯސްޓެއްގައި "އާއިލާ އާއި ރައްޓެހިންގެ ލޯތްބެއް" އެއީ "ބޭސް" ކަމަށް ބުނެފައިވެއެވެ.
އޭނަ އިތުރަށް ހާމަ ކުރި ގޮތުގައި އެކަންކަމަކީ އޭނާ ސިއްހީ ހާލަތު ރަނގަޅު ވުމަށް އެހީތެރިވި ކަމެއްކަމަށެވެ. “އެއް މަސް ދުވަހަށް ފަހު ހޮސްޕިޓަލުން ސަލާމަތް ވުމުން އަހަންނަށް ރިފްލެކްޓް ކުރެވޭނެ. މަންމައެއްގެ ގޮތުގައި ހަގީގަތުގައި ވެސް ދަރިންގެ ބޭނުންތަކާއި އަބުދުވެސް ދިނުމުގައި ހޭދަވާނީ” ޖަޒުބާތީ ޕޯސްޓުގައި އޭނާ ލިޔެފައިވެއެވެ.
"އެކަމަކު ކަންކަން ގޯސް ވީއިރު އަހަރެންގެ ދަރިން އަހަރެންނާއި އެންމެ ކައިރީގައި ތިބީ އަހަރެންނަށް ފެނުނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ މަންޒަރެއް. އެކަމުން ހުރިހާ ތަފާތެއް ގެނެސްދިނީ،” އޭނާގެ ކުދިންގެ ވާހަކަ ހިއްސާކުރިއިރު، ޑޭވިޑް އާއި ލޫރްޑެސްގެ އިތުރުން ދަރިފުޅު ރޮކޯ، (22) އަންހެން ދަރިފުޅު މާސީ(17) އަދި ޓްވިންސް ސްޓެލާ އާއި އެސްޓޭރޭ(10) ގެ ފްރޭމްކޮށްފައިވާ ޕޮލަރޮއިޑް އިމޭޖެއް މައްޗަށް ހިފައިގެން ހުރި ފޮޓޯ އެއް ވެސް ހިމަނާފައިވެ އެވެ. އެނގިފައިވާ ގޮތުގައި މައިކަލް ޖެކްސަންގެ މޫނު ފެންނަ ޖެކެޓެއް ލައިގެން ހުރި ކީތު ހެރިންގްގެ ފޮޓޯ،އަކީ މަރުހޫމް އެންޑީ ވާހޯލްނަގާ ފައިވާ ފޮޓޯއަކީ އޭނާގެ ގިނަ ދުވަސްވީ މެނޭޖަރު ގޭ އޯ’ސީރީގެ ހަދިޔާއެކެވެ.
"އެހެންމެ ރައްޓެހިންގެ ފަރާތުން ލިބުނު ލޯތްބާއި ސަޕޯޓް ވެސް އެއީ އެހާމެ މުހިންމު އެއްޗެއް. މި ފޮޓޯއަށް ޒޫމް ކޮށްފިނަމަ އަހަރެން ހިފަހައްޓާފައިވާ ފޮޓޯއެއް ފެންނާނީ މައިކަލް ޖެކްސަންގެ މޫނު ކުރަހާފައިވާ ޖެކެޓެއް ލައިގެން ކީތު ހެރިންގްގެ އެންޑީ ވާހޯލް ނަގާފައިވާ ޕޮލަރޮއިޑެކެވެ. ބްރިލިއަންސްގެ ފުރިހަމަ ޓްރައިއެންގަލްއެއް،” މެޓީރިއަލް ގާލްގެ ލަވަކިޔުންތެރިޔާ، ލިޔެފައިވެ އެވެ. “އަހަރެންގެ އަމިއްލަ ހިތް ހިމެނޭ ގޮތަށް އެތައް ބައެއްގެ ހިތް އަތުލި ފަންނާނުން. މި ހަދިޔާ ހުޅުވާލިއިރު އަހަރެން ގިސްލީމެވެ. އަދި އަހަރެން ދިރިހުރުމަކީ އަހަރެންގެ ކިހާ ބޮޑު ނަސީބެއްކަން ވިސްނުނެވެ. އަދި މި މީހުންނާއި އެތައް ބަޔަކު ވެސް ގެއްލިފައިވާ މީހުން ދަންނަން ލިބުމަކީ އަހަރެންނަށް ލިބުން ވަރަށްވެސް ބޮޑު ނަސީބެކެވެ” ލިބުނު ތަފާތު ހަދިޔާއަށް ޝުކުރު އަދާކުރަމުން އޭނާ ލިޔެފައިވެ އެވެ.
