ބޫޓަކީ އަބަދުވެސް ފެޝަންގެ މުހިންމު ބައެކެވެ. އެއީ އަންހެނެއްގެ ޝަޚުޞިއްޔަތާއި ސްޓައިލާއި މޫޑު ދައްކުވައިދޭ އެއްޗެކެވެ. ރީތިކަން ފާޅުވާ ކްލާސިކް ހީލްސް އިން ފެށިގެން ކުޅިވަރު ރޫހެއް އެކުލެވޭ އަރާމު ސްނީކަރސް އާއި ހަމައަށް ލޭޑީސް ބޫޓުގެ ދުނިޔެ ފުޅާވެ އެހާމެ ޝައުގުވެރިއެވެ. ރާއްޖެއިން ތަފާތު އެކި ބާވަތުގެ ފައިވާނާ ބޫޓު، ޒަމާނާ ގުޅޭގޮތަށް އެންމެ ހެޔޮއަގުގައި ލިބެން ހުންނަ އެއްފިހާރައަކީ ފިނެސް އެވެ. ފިނެސްގެފިހާރަ މާލެއާއި ހުލުމާލޭގައި ހުންނައިރު އޮންލައިންކޮށް އޯޑަރދެއްވުމުން ގެއަށާއި ބޯޓުތަކަށް ޑެލިވަރ ކޮށްދެއެވެ.

ސްޓިލެޓޯސް:
ސްޓިލެޓޯސް އަކީ އަންހެންވަންތަކަމާއި ގްލޭމަރ ދައްކުވައިދޭ ބާވަތެކެވެ. މިބާވަތުގެ ބޫޓުގެ ފުރިހަމަ ޑިޒައިންގެ ސަބަބުން ކޮންމެ ހެދުމަކާއެކުވެސް ބޭނުން ކުރުމުން ރީތި ފުރިހަމަ ލުކެއް ގެނެސްދެއެވެ. ރަސްމީ އިވެންޓަކަށް ސިމްޕަލް އެއްކުލައިގެ ހެދުމަކާއި އެކު ވިޔަސް ނުވަތަ ނައިޓް އައުޓަކަށް ޖީންސް އާއި ޓޮޕާއެކު ވިޔަސް ސްޓިލެޓޯ އަކީ ސްޓައިލް އަށް ފުރިހަމަކަމެއް ވުގުތުން ގެނެސްދޭ ބާވަތުގެ ބޫޓެކެވެ.

ބްލޮކް ހީލްސް:
ފަޔަށް އަރާމު އަދި ސްޓައިލްގެ ބެލެންސް ހޯދަން ބޭނުންވާ ފަރާތްތަކަށް ބްލޮކް ހީލްސް އަކީ އެންމެ ފުރިހަމަ ބާވަތެވެ. ޗަންކީ، ސްޓަޑީ ހީލް އިން، ސްޓިލެޓޯސް އާއި އަޅާބަލާއިރު ފަސޭހަކަމާއި ސަޕޯޓް ލިބެ އެވެ. ބްލޮކް ހީލްސް ތަފާތު އުސްމިނުގައި ހުންނައިރު، ފޯމަލް އަދި ކެޝުއަލް ހެދުމާއެކުވެސް ވެސް ލައިގެން އުޅެވޭއިރު، މިއީ ކޮންމެ ވޯޑްރޯބަކަށް ވެސް ބޭނުންކުރެވޭނެ ބާވަތެކެވެ. ގިނައިރު އަރައިގެން އުޅެން މިބާވަތުގެ ހީލްސް ފަޔަށް ފަސޭހައެވެ.

ވެޖްސް:
ހީލްސްގެ އުސްމިން ބޭނުންވާ ނަމަވެސް ގައިގެ ބަރުދަން އެއްވަރަކަށް ދެފަޔަށް ބަހާލުމަށް އިސްކަންދޭ މީހުންނަށް ވެޖްސް އަކީ އެންމެ އެކަށީގެންވާބާވަތެވެ. ވެޖް ޑިޒައިން އިން ރަނގަޅު ހިފެހެއްޓުމެއް ލިބިގެންދާއިރު، ބީޗްޕާޓީ ނުވަތަ ހޫނު މޫސުމުގެ ގެޓްޓުގެދަރ ފަދަ ބޭރުގައި ބާއްވާ އިވެންޓްތަކަށް މިއީ ފުރިހަމަ ބާވަތެކެވެ. މިއީ ސަންޑްރެސްތަކާއި ސްކާޓްތަކާއި އަދި ޝޯޓްސް އާއި ވަރަށް ގުޅޭ ބާވަތެކެވެ. ރާއްޖެފަދަ ޖަޒިރާ އަދި ބީޗްތަކާއި އިރުވައިމޫސުމާ ގުޅޭ ބާވަތެކެވެ.
ފްލެޓްސް:
އަރާމު އަދި އާންމުކޮށްއަރަން ބޭނުންކުރެވޭ ފްލެޓްތަކަކީ ކޮންމެ ދުވަހަކު ވެސް ކޮންމެ ވަގުތަކުވެސް އަރައިގެން އުޅެން ރަނގަޅު ޗޮއިސްއެކެވެ. ބެލެޓް ފްލެޓްސް، ލޯފަރސް، އަދި ސެންޑަލްސް ފަދަ ގިނަ ސްޓައިލްތަކެއްގައި ލިބެން ހުންނަ މި ތަކެތިން ފަޔަށް އަރާމުކަމާއި އެކު ގިނަ ހެދުންތަކާއެކު ބޭނުންކުރެވެއެވެ. ފްލެޓްތަކަކީ ފައިމައްޗަށް ތެދުވެ ގިނައިރު ހޭދަކުރުމަށް ރަނގަޅު ބާވަތެކެވެ. މިއީ ކެޝުއަލް އަދި ސެމީ ފޯމަލް އައުޓްފިޓްތައް ފުރިހަމަކޮށްދޭ އެއްޗެކެވެ.

ސްނީކަރސް:
ފެޝަން ސްޓޭޕްލް އަކަށް ވެފައިވާ ޓްރެންޑެއް ކަމަށްވާ ސްނީކަރސް އިން އަރާމު ކަމާއި އެޑްޖީ ލޫކެއް ގެނެސްދެއެވެ. ކްލާސިކް ހުދު ސްނީކަރސް ނުވަތަ ބޮލްޑް، ކުލަގަދަ ޑިޒައިންތައް ޚިޔާރު ކުރިޔަސް، ހެދުމާއި ސްކާޓާއި ޖީންސް ގެއިތުރުން އަބާޔާ ލާބޭފުޅުންނަށްވެސް މިއީ ކަމުދާ ބާވަތެކެވެ. ކެޝުއަލް ޑޭ އައުޓަކަށް ނުވަތަ ޑްރެސީ އިވެންޓަކަށް ނޫންނަމަ ދަތުރުމަތީ އަރައިގެން އުޅެން ސްޕޯޓީ ޓަޗެއް މިބާވަތުން ގެނެސްދެއެވެ.މިއީ ފައިގެ އެކި މައްސަލަތަކާ ކުރިމަތިލާ ފަރާތްތަކަށްވެސް ރަނގަޅު ޗޮއިސްއެކެވެ.
ސެންޑަލްސް:
ހޫނުމޫސުމުގައި ސެންޑަލް އަކީ ކޮންމެ އަންހެން ކަނބަލެއްގެ ކަލެކްޝަންގައި ވެސް ކޮންމެހެން ގެންގުޅެންޖެހޭ ބާވަތުގެ ފައިވާނެކެވެ. ސްޓްރެޕީ ގްލެޑިއޭޓަރސްއިން ފެށިގެން ސްލައިޑް އޮން މުލްސް އާއި ހަމައަށް ސެންޑަލްސް ތަފާތު ސްޓައިލްތަކެއްގައި ލިބެން ހުރެ އެވެ. މިއީ ބީޗްގައި ޗުއްޓީ ހޭދަކުރުމަށް، ހޫނު މޫސުމުގައި ބޭރަށް ނިކުތުމަށް ނުވަތަ ފައިގެ ރީތި ޕެޑިކިއުއާ ދައްކާލަން ބޭނުންވާ ވަގުތުތަކުގައި ވެސް ފުރިހަމަ ބާވަތެކެވެ.

މީގެ އިތުރުންވެސް ކައިވެނިޕާޓީ ތަކަށް ބޭނުންވާ ތަފާތު ރީތިއެކި ޑިޒައިންތަކުގެ ބޫޓު އަދި ފައިވާންވެސް ފިނެސްއިން ފޯރުކޮށްދެއެވެ.

މިހުރިހާ ބާވަތެއްގެ ބޫޓާއި ފައިވާން ހެޔޮއަގެއްގައި ކޮންމެ ހެދުމަކާ ގުޅޭ ކުލަތަކުން އެއްތާކުން ހޯދުމަސް ފިނެސް ހިޔާރުކުރައްވާށެވެ. އަތްފޯރާ އަގުތަކުގައި ކޮލިޓީ ރަނގަޅު ގިނަ ބޫޓަފައިވާން ފިނެސްއިން ލިބެން ހުރެއެވެ. އަންހެން ބޭފުޅުންގެ ބޫޓާއި ފައިވާނުގެ އިތުރުން ކުޑަކުދިންނާއި ފިރިހެން ބޭފުޅުންގެ ފައިވާނާ ބޫޓުވެސް ފިނެސްއިން ލިބެން ހުރެއެވެ. ފިނެސްގެ ޕްރޮމޯޝަންތަކާއި ގިވްއަވޭތަކުގެ މައުލޫމާތު ލަސްނުވެ ހޯދުމަށް ފިނެސްގެ އިންސްޓަރގްރާމް އަދި ފޭސްބުކް އެކައުންޓް ފޮލޯކުރައްވާށެވެ.
